ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުލެޓުތަކުގެ މައްސަލަ އެޗްއާރުސީއެމުން ބަލަނީ

ފުލެޓުތަކުގެ މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރުމަށް އިއްޔެ އެ ކޮމިޝަނަށް ދިޔަ މެންބަރުންނާ ބައްދަލު ކުރަނީ -- ފޮޓޯ: އެޗްއާރުސީއެމް

ފުލެޓުތަކުގެ މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރުމަށް އިއްޔެ އެ ކޮމިޝަނަށް ދިޔަ މެންބަރުންނާ ބައްދަލު ކުރަނީ -- ފޮޓޯ: އެޗްއާރުސީއެމް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީ ސަރުކާރުގައި ފުލެޓް ދިނުމަށް އިއުލާނު ކުރި ދާއިމީ ލިސްޓު މި ސަރުކާރުން ބާތިލު ކޮށްފާނެ ފަދަ މޭރުމަކުން ހައުސިން މިނިސްޓަރު، ޑރ. އަލީ ހައިދަރު އަހުމަދު ވާހަކަ ދައްކަވާފައިވާތީ އާއި ފުލެޓު ލިބޭނެ ކަމަށް ލިޔުން ލިބިފައިވާ ފަރާތްތަކުން އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންދާތީ އަމިއްލަ އިސްނެގުމުގެ މަތިން އެކަން ހިނގާފައިވާ ގޮތް ހިއުމަން ރައިޓްސް ކޮމިޝަނުން ބަލަން ފަށައިފި އެވެ.

އެ ކޮމިޝަނުން މިއަދު ބުނީ ފުލެޓުގެ ކަންކަން ހިނގާފައިވާ ގޮތް ބެލުމަށް ނިންމީ ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފުލެޓު ލިބޭނެ ކަމަށް ލިޔުން ދީފައިވާ ބައެއް ފަރާތްތަކުން އެ ކޮމިޝަނުގެ މެންބަރުންނާ އިއްޔެ ބައްދަލުކޮށް މި ސަރުކާރުން ފުލެޓު ލިސްޓު ބާތިލު ކޮށްފާނެތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރުމުން ކަމަށެވެ.

"އެ މައްސަލަ ކޮމިޝަނުގެ ސަމާލުކަމަށް އައުމާ ގުޅިގެންނާއި ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާތީ މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބެލުމަށްފަހު މި މައްސަލަ މި ކޮމިޝަނުން ދަނީ އިސްނަގައިގެން ބަލަމުން. އަދި ވަކި ވަކި ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާތައް ވެސް މި ކޮމިޝަނުން ދަނީ ބަލަމުން،" އެ ކޮމިޝަނުގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

ފުލެޓު ލިސްޓުގެ މައްސަލަ ބޮޑުވީ، ވަގުތީ ލިސްޓެއް ނުނެރި، ފުރަތަމަ ފުލެޓު ލިބޭ 4000 މީހުންގެ ދާއިމީ ލިސްޓެއް ކުރީ ސަރުކާރުން އިއުލާނު ކުރި ހިސާބުންނެވެ. އެ ލިސްޓު ގެޒެޓު ކުރުމާއެކު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލުމަށް އޭސީސީން އޭރު އެންގި އެވެ. އެ އެންގުމާ އެއްގޮތަށް ޝަކުވާ ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އަލުން ދާއިމީ ލިސްޓު އިއުލާނު ކުރީ ވެރިކަން ބަދަލުވުމުގެ އެއް ދުވަސް ކުރިންނެވެ.

އެ ލިސްޓު ނެރުމާއެކު ފުލެޓުތަކުގެ ގުރުއަތު ނެގުން ވެސް ފަށައިގެން ކުރިއަށް ގެންދަން ފެށި އެވެ. ފުލެޓު ލިބުނު ބައެއް ފަރާތްތަކުން އެގުރީމެންޓުގައި ސޮއި ވެސް ކުރި އެވެ. އެ މަސައްކަތް ހުއްޓާލީ ފުލެޓާ ގުޅޭ ހުރިހާ ކަމެއް ހުއްޓާލުމަށް އޭސީސީން އޭގެ އަނެއް ދުވަހު އެންގުމުންނެވެ.

ކުރީ ސަރުކާރުން ދީފައި ހުރި ފުލެޓެއް ވިޔަސް ގޯއްޗެއް ވިޔަސް މި ސަރުކާރުން އަތުނުލާނެ ކަމަށް ބުނެ ކެމްޕޭނު ދުވަސްވަރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުވެވަޑައިގެންނެވި އެވެ. ނަމަވެސް ފުލެޓު ލިބޭ މީހުންގެ ކަންބޮޑުވުން އުފެދުނީ މިހާރުގެ ހައުސިން މިނިސްޓަރު ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

މިނިސްޓަރު ވިދާޅުވެފައި ވަނީ ފްލެޓު ދޫކުރުމުގެ ކަންތައް ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔައީ އިންސާފުން ނޫން ކަމަށެވެ. އަދި ގޯތި ލިބުނު ކަމަށް ބުނެ ދޫކޮށްފައިވާ ރަޖިސްޓްރީގެ ސައްހަކަމާމެދު ވެސް އޭނާ ސުވާލު އުފެއްދި އެވެ.

ފުލެޓު ލިބޭނެ ކަމަށް ލިޔުން ލިބިފައިވާ ފަރާތްތަކުން އެޗްއާރުސީއެމްއަށް އިއްޔެ ގޮސް ބައްދަލު ކުރީ އެކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމަށެވެ. އެ ބަައްދަލުވުމުގައި އެޗްއާރުސީއެމަށް އެކަމާ ގުޅޭ ޝަކުވާތައް ވެސް އާންމުންގެ ފަރާތުން ހުށަހެޅި އެވެ.

"އެ ފަރާތްތަކަށް ފުލެޓު ނުލިބި، އަމިއްލަ ބޯހިޔާވަހިކަން ލިބުމަށް ލިބިގެންދިޔަ ފުރުސަތު ގެއްލި، އެފަރާތްތަކާއި އަދި އެފަރާތްތަކުގެ އާއިލާތަކުގެ ހައްގުތައް ގެއްލިގެންދާ ކަމަށް ބުނެ، އެކަމުގައި ސަރުކާރުން ކަނޑައަޅާގޮތެއް ނޭނގޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ޝަކުވާ ހުށަހެޅި،" އެ ބައްދަލުވުމުގެ ތަފުސީލު ދެއްވަމުން އެ ކޮމިޝަނުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުގައި އިއުލާނު ކުރި ފުލެޓު ލިސްޓުގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ސަބަބުން މިނިސްޓަރު ހައިދަރު މިއަދު ވަނީ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ވެސް ކޮށްފަ އެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ފުލެޓުތައް ދޫކުރުމުގެ މަސައްކަތް މި ސަރުކާރުން ފަށާނީ އޭސީސީން ބަލަމުންދާ މައްސަލަ ނިމުމުން ކަމަށެވެ. އެ ޖަވާބާ މެދު ކޮމެޓީގެ ބައެއް މެންބަރުން ނުރުހުން ފާޅު ކުރި އެވެ. އޭގެތެރެއިން ބައެއް މެންބަރުން ވިދާޅުވީ ފުލެޓުތައް އަތުލުމުގެ ގާނޫނީ ބާރު އޭސީސީއަށް ލިބިފައި ނޯންނާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox