ހަނގުރާމަ މެދުކަނޑައިލުމާއެކު އެހީގެ ގާފިލާތައް ގާޒާއަށް ވަންނަން ފަށައިފި

ހަނގުރާމަ މެދުކަނޑައިލުމާއެކު އެހީގެ ގާފިލާތައް ގާޒާއަށް ވަންނަން ފަށައިފި

ހުއްޓުމެއް ނެތި ފާއިތުވި ހަތް ހަފުތާގައި އިޒްރޭލުން ފަލަސްތީނާ ކުރަމުންދިޔަ ހަނގުރާ މެދުކަނޑައިލުމާއެކު ގާޒާއާއި މިސްރާ ގުޅޭ، ރަފާހު ބޯޑަރުގައި ފުނިޖެހިފައި ތިބި އެހީގެ ގާފިލާތައް ގާޒާއަށް ވަންނަން ފަށައިފި އެވެ.

އިޒްރޭލާއި ހަމާސްއާ ދެމެދު ކުރަމުންދިޔަ ހަނގުރާމަތައް ހުއްޓާލައިފައި ވަނީ މިއަދު ރާއްޖެ ގަޑިން ހެނދުނު 10:00 ގަ އެވެ. ގާޒާއަށް ބޭނުންވާ ތެލާއި ގޭސް ހިމެނޭހެން ކާބޯތަކެއްޗާއި ބޭސް ހިފައިގެން އެހީގެ ފުރަތަމަ ގާފިލާ ގާޒާއަށް ވަދެފައި ވަނީ ހަނގުރާމަ ހުއްޓާލިތާ ގަޑިއެއްގެއިރު ފަހުންނެވެ. އޭގެފަހުން ހުއްޓުމެއް ނެތި ގާޒާއަށް މިއަދު އެހީގެ ޓުރަކުތައް ވަންނަމުން ދާނެ ކަމަށް ރަފާހު ކުރޮސިން އެޑްމިނިސްޓުރޭޝަނުން ބުނެ އެވެ.

ގާޒާއަށް މިއަދު ޖުމުލަ 230 އެހީގެ ޓުރަކު ވަންނާނެ ކަމަށް އެ އެޑްމިނިސްޓުރޭޝަންގެ ތަރުޖަމާނާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެ އެވެ.

ފަލަސްތީނާއި އިޒްރޭލުގެ ހަނގުރާމަ މެދުކަނޑާލައިފައި މިވަނީ ހުއްޓުމެއް ނެތި 48 ދުވަސް ވަންދެން ހަމަލާތައް ބަދަލު ކުރުމަށްފަހު އެވެ. ފާއިތުވި ހަތް ހަފުތާގެ ތެރޭގައި އިޒްރޭލުން ވަނީ ވައިގެ މަގުންނާއި އެއްގަމު މަގުން އަދި ކަނޑުގެ މަގުން ވެސް ގާޒާއަށް ހަމަލާތައް ދީ 14،532 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެ އެވެ. އޭގެތެރެއިން 6000 އަކީ ކުޑަކުދިންނެވެ. އިޒްރޭލުގެ ހަމަލާތަކުގައި ގާޒާގެ އެތައް ހާސް ރައްޔިތުންގެ ގެދޮރު ގެއްލި ވަނީ ހާލުގައި ޖެހިިފަ އެވެ.

48 ދުވަހަށްފަހު ގާޒާއަށް ހަަޖެހުމުގެ ނޭވާއެއް

ރާއްޖެ ގަޑިން މިއަދު ހެނދުނު 10:00 ގައި އިޒްރޭލާއި ހަމާސްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ދެފަރާތުން ވެސް ހަނގުރާމަ މެދުކަނޑައިލުމާއެކު ގާޒާގެ އެތައް ހާސް ރައްޔިތުން ވަނީ އުފާ ފާޅުކޮށްފަ އެވެ.

ގަތަރު މެދުވެރިކޮށް ކުރަމުންދިޔަ މަޝްވަރާތަކާ އެއްގޮތަށް ހަތަރު ދުވަހަށް ހަނގުރާމަ މެދުކަނޑައިލުމާއެކު ގާޒާގެ ޖައްވު ވަނީ ހަތް ހަފުތާއަށްފަހު އިޒްރޭލުގެ ޑުރޯންތަކާއި ބޮން އަޅާ ބޯޓުތަކުން މިނިވަންވެފަ އެވެ. ގާޒާގެ އެތެރޭގައި ހަރަކާތްތެރިވަމުންދާ ނޫސްވެރިންނާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައި ވާގޮތުގައި މިއީ ހަނގުރާމަ ފެށުނީއްސުރެއް މިއަދާ ހަމައަށް އިޒްރޭލުގެ ބޮން އަޅާ ބޯޓުތަކުގެ އަޑު ގާޒާއިން މެދުކެނޑުނު ފުރަތަމަ ފަހަރެވެ.

ހަނގުރާމަ މެދުކަނޑައިލުމާއެކު ގާޒާގެ ދެކުނުގެ ބައެއް ސަރަހައްދުތަކުގެ ފަލަސްތީނީން ދަނީ އެމީހުންގެ ސުންނާފަތިވެފައިވާ ގެދޮރުތަކަށް ޒިޔާރަތް ކުރަމުންނެވެ. ނަމަވެސް ގާޒާގެ އުތުރުގެ އެއްވެސް ސަރަހައްދަކަށް ހަނގުރާމަ ހުއްޓާލައިފައި އޮންނަ މުއްދަތުގައި ފަލަސްތީނުގެ އެއްވެސް ރައްޔިތަކަށް ނުވަދެވޭނެ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ދަނީ ގާޒާގެ އުތުރުގައި އޮންނަ ސަލާހުއްދީން ރޯޑާއި ބީޗު ރޯޑުގައި ފޯރި މަރަމުންނެވެ. ހައްދުފަހަނައެޅި އިޒްރޭލުގެ ސިފައިން ވަނީ ގާޒާގެ އުތުރަށް ފަލަސްތީނީން ހުރަސްކޮށްފާނެ ހާލަތަކަށް އެމީހުން ފުރިހަމައަށް ތައްޔާރުވެގެން ތިބި ކަމަށް ބުނެފަ އެވެ.

އެއްބަސްވުމުގެ ދަށުން މިނިވަން ކުރާ އަސީރުންގެ ފުރަތަމަ ބެޗު ރާއްޖެ ގަޑިން މިރޭ 7:00 ގައި އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑް ކުރޮސް މެދުވެރިކޮށް މިނިވަން ކުރާނެ އެވެ. އެ ވަގުތު އިޒްރޭލުގެ ބެލުމުގެ ދަށުގައި ތިބި ފަލަސްތީނުގެ 24 އަންހެނުންނާއި 15 ކުޑަކުދިން މިނިވަން ކުރާނެ އެވެ. ހަމަ އެވަގުތު ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ އަސީރުން ވެސް މިނިވަން ކުރާނެ އެވެ.

ހަނގުރާމަ ހުއްޓައިލުމަށް އިޒްރޭލުން އެއްބަސްވުމަކަށް އައިސްފައި މިވަނީ ގާޒާގެ ކުށެއް ނެތް އާންމުންނަށް އަމާޒުކޮށް ވެސް އެތައް ހަމަލާއެއް ދެމުންދާތާ އެތައް ދޮޅު މަސްދުވަސް ފަހުންނެވެ. މިއަދު ހެނދުނު ހަނގުރާމަ މެދުކަނޑައިލުމާ ހަމައަށް ވެސް އިޒްރޭލުން ވަނީ ގާޒާއަށް ވަރުގަދަ ހަމަލާތަކެއްދީ އެތައް ބަޔަކު ޝަހީދު ކޮށްލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox