އައިޔޫއެމްގެ ކެމްޕަހެއް ހިންގަން ތިނަދޫ އިސްލާމީ މަރުކަޒު ހަވާލުކޮށްފި

ތިނަދޫ އިސްލާމީ މަރުކަޒު: އެތަނުގައި އައިޔޫއެމްގެ ކޯސްތައް ހިންގުމަށް ދީފައި ވަނީ 10 އަހަރުގެ މުއްދަތަށް -- ފޮޓޯ: ޝަހުޒާން/އަދަދު

ތިނަދޫ އިސްލާމީ މަރުކަޒު: އެތަނުގައި އައިޔޫއެމްގެ ކޯސްތައް ހިންގުމަށް ދީފައި ވަނީ 10 އަހަރުގެ މުއްދަތަށް -- ފޮޓޯ: ޝަހުޒާން/އަދަދު

ތިނަދޫ ސިޓީގައި ހުންނަ އިސްލާމީ މަރުކަޒުގައި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ކެމްޕަހެއް ހިންގަން ހަވާލުކޮށްފި އެވެ.

މިއަދު އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ތިނަދޫ އިސްލާމީ މަރުކަޒުގައި އެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. އަލީ ޒާހިރު ބިން ސައީދު އެވެ.

އިސްލާމިކް ޔުނިވާސިޓީ ކޯސްތައް ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް މުހިންމު ކަމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިޒުގެ ބޮޑު ތަސައްވަރެއް އައިޔޫއެމްއާ މެދު އޮތް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ރައީސް ވަނީ އިރުޝާދު ދެއްވާފައި މި ޔުނިވާސިޓީގެ ގޮތްޕެއް ނުވަތަ މި ޔުނިވާސިޓީގެ ކޯސްތައް ރާއްޖޭގެ ދެކުނު އަތޮޅުތަކަށް ފަށައިގެން ކުރިއަށް ގެންދިއުމަށް. ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން މި މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދިޔައީ" ޝަހީމް ވިދާޅުވި އެވެ.

ތިނަދޫއަކީ ހުވަދު އަތޮޅުގެ މަރުކަޒީ ރަށެއްކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ އެރަށުގައި އައިޔޫއެމްގެ ކެމްޕަހެއް ހިންގުމަކީ ދެކުނުގެ ގިނަ ރައްތަކުގައި ތިބި ދަރިވަރުންނަށް ފަސޭހައެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިޔޫއެމްގެ ވައިސް ޗާންސެލާ އަލީ ޒާހިރު ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ގިނަ ފައިދާތަކެއް ޔުނިވާސިޓިއަށް ކުރާނެ ކަމަށެވެ.

"މިހާރުވެސް އަޅުގަނޑުމެން ތިނަދޫގައި ކިޔަވައިިދިނުމުގެ މަސައްކަތްތަކެއް އެބަ ކުރަން. އަޅުގަނޑުމެންނަށް މިކަން ކުރުމުގައި މިހާރު ދިމާވާ ދަތިތައް ﷲ އިރާދަފުޅުކުރެއްވިއްޔާ މިއަދުގެ މި އެއްބަސްވުމުގެ ދަށުން ފިލައިގެން ދާނެ" އަލީ ޒާހިރު ވިދާޅުވި އެވެ.

ތިނަދޫ އިސްލާމީ މަރުކަޒުގައި އައިޔޫއެމްގެ ކޯސްތައް ހިންގުމަށް ދީފައި ވަނީ 10 އަހަރުގެ މުއްދަތަށެވެ. މި އެއްބަސްވުމުގެ ދަށުން އައިޔޫއެމްގެ ކޯސްތައް ހިންގުމަށް އިދާރީ މަސައްކަތަށް ބޭނުންވާ އޮފީހާއި ކުލާސްތަކެއް ލިބިގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox