ޕީއެސްއެމްއަށް ސެކިއުރިޓީ ފޯރުކޮށްދިން ކުންފުންޏަށް ހަ ލައްކަ ރުފިޔާ ދައްކަން ދެ ހަފުތާ

ޕީއެސްއެމް ޓީވީ ހިންގާ އިމާރާތް: މާލީ މައްސަލަތަކެއްގެ ތެރޭގައި އޮތް ޕީއެސްއެމްއިން އެހެން ކުންފުނިތަކަށް ވެސް ފައިސާ ދައްކަން ޖެހޭ -- ފޮޓޯ/އަބްދުﷲ އިޔާން

ޕީއެސްއެމް ޓީވީ ހިންގާ އިމާރާތް: މާލީ މައްސަލަތަކެއްގެ ތެރޭގައި އޮތް ޕީއެސްއެމްއިން އެހެން ކުންފުނިތަކަށް ވެސް ފައިސާ ދައްކަން ޖެހޭ -- ފޮޓޯ/އަބްދުﷲ އިޔާން

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޓީވީ އަދި ރޭޑިއޯ އިމާރާތުގެ ސެކުއިރިޓީ ބަލަހައްޓައިދިން ކުުންފުންޏަށް ނުދައްކައިވާ ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ 14 ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ޕީއެސްއެމްއާ ދެކޮޅަށް މި މައްސަލަ ކޯޓަށް ހުށަހެޅީ ގުޑް ވޯކްސް ޕްރައިވެޓް ލިިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނިން ހުށަހެޅި މައްސަލައިގައި ވަނީ ދައްކަން ޖެހި ނުދައްކައިވާ 629،375ރ. ފައިސާ އާއި ގާނޫނީ ހަރަދުގެ ގޮތުގައި ހިނގި 25،000ރ. ނަގައިދިނުމަށެވެ.

ގުޑް ވޯކްސްއިން ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައިވާ ގޮތުގައި:

  • އެއްބަސްވުމުގެ މުއްދަތަށް ދައްކަން ޖެހޭ ފައިސާ - 604،200ރ.
  • އެއްބަސްވުމުގެ މުއްދަތުގެ އިތުރަށް ދައްކަން ޖެހޭ ފައިސާ - 730.075ރ.
  • ޕޭމަންޓް ޕްލޭންގެ ދަށުން ދެއްކި ފައިސާ - 100،700ރ.

މައްސަލައިގެ ރައްދުގައި ޕީއެސްއެމްއިން ވަނީ ދައުވާގެ ބަޔަކަށް އެއްބަސްވާ ކަމަށް ބުނެ ފޯމު ހުށަހަޅާފަ އެވެ. ޕީއެސްއެމްއިން އެއްބަސްވީ މަސައްކަތް ހަވާލުކުރި ކަމަށާއި ގުޑް ވޯކްސްއިން ހިދުމަތް ކޮށްފައިވާ މިންވަރަށް ބަލާ ހިދުމަތަށް އެކަށީގެންވާ މިންވަރެއްގެ ފައިސާ ދައްކަން ޖެހޭ ކަމަށެވެ.

ޕީއެސްއެމްއިން ދެބަސްވީ ގުޑް ވޯކްސް އެދިފައިވާ އަދަދާ މެދުގަ އެވެ. އެގޮތުން އެއީ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ފައިސާއެއް ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް ފާފޯމަންސް ރިޕޯޓު ހުށަހަޅާފައި ނުވާތި އެ ފައިސާ ދޫކުރަން ނުޖެހޭ ކަމަށެވެ. ހަމައެހެންމެ އެއްބަސްވި ގޮތަށް ގަވާއިދުން ސެކިއުރިޓީ ހިދުމަތް ފޯރުކޮށްދީފައި ނުވާ ކަމަށް ވެސް އެ ކުންފުނިން ކޯޓުގައި ބުންޏެވެ.

ރައްދުގައި ގުޑް ވޯކްސްއިން ކޯޓުގައި އެދުނީ ޕީއެސްއެމްގެ ގައިރު ހާޒިރުގައި ހުކުމްކޮށް ދިނުމަށެވެ. ސަބަބެއް ކަމަށް ބުނީ ދިފާއު ހުށަހެޅުމުގެ މުއްދަތުގައި ޕީއެސްއެމްއިން ދިފާއު ހުށަހަޅާފައި ނުވުމެވެ.

އޭގެ އިތުރުން ގުޑް ވޯކްސްއިން ވަނީ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމެއް ނެތި ހުކުމްކޮށްދިނުމަށް ވެސް އެދިފަ އެވެ. މިއީ މިހާރު އަމަލުކުރަމުން އަންނަ މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މައްސަލަ ހުށަހަޅާ ފަރާތަށް ލިބިދޭ ބާރެކެވެ.

އަޑުއެހުމެއް ބޭއްވުމެއް ނެތި ހުކުމް ކޮށްދޭން ގުޑް ވޯކްސްއިން އެދުނު ސަބަބުތަކަކީ ނުދައްކައިވާ ފައިސާގެ ތެރެއިން ދައްކަން ޖެހޭ އަދަދެއް ބަޔާންކުރުމެއް ނެތި ފައިސާ ބަހާލައިގެން ދެއްކުމަށް އެދިފައިވާތީ އާއި ގުޑްވޯކްސްއިން ބުނެފައިވާ އެއްވެސް ކަމަކަށް ޕީއެސްއެމްއިން އިންކާރުކޮށްފައި ނުވާތީ އެވެ.

އަނެއް ކަމަކަށް ގުޑްވޯކްސް އިން ފާހަގަކުރީ ތިން ފަހަރެއްގެ މަތިން އެއްބަސްވުމުގެ މުއްދަތު އިތުރު ކުރި މައްސަލަ އާއި ނުދައްކައިވާ ފައިސާ ދައްކަން އެއްބަސްވެ ޕީއެސްއެމްއިން ހުށަހެޅި ޕޭމަންޓް ޕްލޭނެވެ. އަދި މިހާރު ޕީއެސްއެމްއިން ކޯޓުގައި ދައްކާ ވާހަކަތަކަކީ ފައިސާ ނުދައްކައި ދިގު ދެންމުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ.

ޕީއެސްއެމްއިން މި މައްސަލައިގައި ދިފާއު ރައްދު ފޯމު ހުށަހަޅާފައި ވަނީ ދައުވާއާ ހަވާލުވިތާ ދެ މަސް ދުވަސް ފާއިތުވީ ފަހުންނެވެ.

ކޯޓުން ވަނީ ގުޑްވޯކްސްއިން އެދުނު ގޮތަށް އަޑުއެހުމެއް ބޭއްވުމެއް ނެތި މައްސަލައިގައި ހުކުމްކޮށްފަ އެވެ. އެގޮތުން މި މައްސަލަ ބެއްލެވި ގާޒީ އަބްދުﷲ އިހްސާންގެ ހުކުމުގައި ލިޔުއްވި ގޮތުގައި މަސައްކަތް ހަވާލުކުރި ކަމަށް ޕީއެސްއެމްއިން އެއްބަސްވެފައި ވާތީ އާއި އެއްބަސްވުމާ ހިލާފުވީ ކަމަށް ބުނި ނަމަވެސް، އެއްބަސްވުން ބާތިލުކުރުމުގެ ފުރުސަތު އޮވެމެ އެއްބަސްވުން ބާތިލުކޮށްފައި ނުވާތީ އެވެ.

ސިވިލް ކޯޓުން ހުކުމްކުރީ ގުޑް ވޯކްސްއިން ނަގައިދެން އެދުނު ފައިސާގެ ތެރެއިން ސެކިއުރިޓީ ހިދުމަތަށް ދައްކަން ޖެހޭ 629،375ރ. އިއްޔެއިން ފެށިގެން ދެ ހަފުތާގެ ތެރޭގައި ދެއްކުމަށެވެ. މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ކަންކަން ފުރިހަމަ ނުވާތީ ގާނޫނީ ހަރަދުގެ ގޮތުގައި ހިނގި ފައިސާ ނަގައި ދޭނެ ތަނެއް ނެތް ކަަމަށް ހުކުމުގައި ވެ އެވެ.

ޕީއެސްއެމްގެ މާލީ މައްސަލަތައް

މީގެ ކުރިން ވެސް ސިވިލް ކޯޓުން ވަނީ ޕީއެސްއެމްއާ ގުޅޭ ފައިސާގެ މައްސަލަތަކެއްގައި އެ ކުންފުންޏާ ދެކޮޅަށް ހުކުމްކޮށްފަ އެވެ.

އޭގެން އެއް މައްސަލައަކީ ސައުންޑް އިކުއިޕްމެންޓްތަކެއް ސަޕްލައިކޮށްދިން އަމިއްލަ ކުންފުންޏަކަށް ޕީއެސްއެމްއިން ނުދައްކައި އޮތް 752،000ރ. މައްސަލައެކެވެ. އަނެއް މައްސަލައަކީ މީޑިއާނެޓުން ފޯރުކޮށްދިން ހިދުމަތްތަކަށް ނުދައްކައިވާ 9.3 މިލިއަން ރުފިޔާ މައްސަލައެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox