ޔުނައިޓެޑް ވިކްޓަރީ ކޮޅަށް މާޒިޔާ އިން 11 ގޯލު ޖަހައިފި

Nov 20, 2023, 3:49 AM
ޔުނައިޓެޑް ވިކްޓަރީ ކޮޅަށް މާޒިޔާ އިން 11 ގޯލު ޖަހައިފި

ދެ ވަނަ ހާފުގައި ކުޅެން އަރައި ހަމްޒާ މުހައްމަދު (ހަމްޕު) ހަތަރު ގޯލު ޖެހި މެޗުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ކޮޅަށް 11 ގޯލު ޖަހައިފި އެވެ.

ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓްރީ އަތުން ހޯދި މޮޅާ އެކު އެ ޓީމަށް ވަނީ 25 ޕޮއިންޓް ލިބިފަ އެވެ. ދެ މެޗު މަދުން ކުޅެ މާޒިޔާ ދެ ވަނައިގައި އޮތްއިރު، އެއް ވަނައިގައި އޮތީ 29 ޕޮއިންޓް ހޯދާފައިވާ ކުލަބު އީގަލްސް އެވެ.

މެޗު ފަށައިގެން ފުރަތަމަ ރަނގަޅު ހަމަލާއެއް ފޮނުވާލީ ޔޫވީ އިންނެވެ. ޔޫޝައު ބިން އަލީ ނަޝީދު ނަގައިދިން ހުރަހުން ޝަނާން ރަޝާދު ފޮނުވާލި ބޯޅަ އުނދަގޫކަމެއް ނެތި ކީޕަރު ހުސައިން ޝަރީފް ހޯދި އެވެ.

މާޒިޔާއިން އުފެއްދި ފުރަތަމަ ނުރައްކާތެރި ހަމަލާއިން އެޓީމް ގޯލު ޖެހި އެވެ. ނާއިޒް ހަސަން (ދާދު) ނައިދިން ހުރަސް އެއްފަހަރުން ޖަހާ ޓޮމާކީ ވަޑާ ވަނީ ގޯޅުގެ ތިރީކަނަށް ވައްދާލާފަ އެވެ. މާޒިޔާގެ ދެވަނަ ގޯލަކީ ހަަސަން ރާއިފް އަހުމަދު (ހަންނަ) އޭރިއާ ތެރެއަށް ނަގައިދިން ހުރަހަކުން ވޮޖިސްލާވް ބަލަބަނޮވިޗް ޖަހައިދިން ގޯލެކެވެ. ހަންނަ ނަގައިދިން ހުރަސް ޔޫވީގެ ހުސައިން މައިޝާންގެ ފައިގައި ޖެހިފައި ލިބުނީ ހުސްކޮށްހުރި ބަލަބަނޮވިޗް އަށެވެ. އޭނާ ވަނީ ގޯލުގެ އަރިމަތީ ކަނަށް ބޯޅަ ވައްދާލާފަ އެވެ.

މާޒިޔާގެ ތިންވަނަ ގޯލު ބަލަބަނޮވިޗް ޖެހީ ބޮލުންނެވެ. މިއީ ޚަލީލް ގަމާލް ނަގައިދިން ހުރަހުން ހުސްކޮށް ހުރެ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިގެން އޭނާ ޖެހި ގޯލެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާއިން އިތުރު ތިން ގޯލު ޖެހި އެވެ. މި ގޯލިގެ ތެރެއިން އެއް ގޯލަކީ އައިސަމް ދިން ޕާހަކުން ހަންނަ ޖެހި ގޯލެކެވެ. އަނެއް ގޯލު ޖަހީ ބަލަބަނޮވިޗް އެވެ. މިއީވެސް ހަލީލް ނަގައިދިން ހުރަހަކުން އޭނާ ޖެހި ގޯލެކެވެ. މާޒިޔާގެ ހަވަނަ ގޯލު ޖަހައިދިނީ ދާދު އެވެ. މިއީ ޔޫވީގެ ޑިފެންޑަރުންނަށް ހެދި މިސްޓޭކެއްގެ ފައިދާ ނަގައި ރެގާން އޮބެންގެ ދިން ބޯޅައަކުން ދާދު ޖެހި ގޯލެކެވެ.

ދެވަނަ ހާފު ފަށައިގެން މާ ގިނައިރުތަކެއްނުވެ މާޒިޔާއިން ހަތްވަނަ ގޯލު ޖެހި އެވެ. މިއީ ހަންނަ ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ކީޕަރު އިބްރަހިމް ފައިރޫޝް ފައިސަލް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ޔޫވީއަށް މެޗުގައި އިތުރު މައްސަލަތައް ދިމާވީ ކީޕަރު ފައިރޫޝް އަށް އަނިޔާވެ އޭނާ ބަދަލުކުރަން ޖެހުމުންނެވެ. އެޓީމްގެ ބެންޗުގައި އިތުރު ކީޕަރެއް ނެތުމުން މެޗުގެ ފަހު 30އަކަށް މިނެޓު ގޯލު ބެލެހެއްޓީ ޑިފެންސަށް ކުޅުނު މުހައްމަދު ފާރިޝް އެވެ.

ގޯލަށް އަރައި ފުރަތަމަވެސް ފާރިސް ކުރީ މޮޅު ސޭވް އެކެވެ. ބެންޗުން ކުޅެން އެރި ހަމްޒާ މުހައްމަދު (ހަމްޕު) އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލުގެ މަތީ ކަނަށް ވަންނަން ދަނިކޮށް އޭނާ ވަނީ ދިފާއުކޮށްފަ އެވެ.

ނަމަވެސް އޭގެ ފަހުން ލިބުނު ބޯޅަ އޭނާއަށް ރަނގަޅަށް ލިބިގަނެވޭ ގޮތެއް ނުވި އެވެ. އޭނާ އަތަށް ނަގަން އުޅުނު ބޯޅަ، އަތުން ދޫވެގެން ލިބުނީ ހުސްކޮށްހުރި ހަމްޒާއަށެވެ. ހަމްޒާ ވަނީ އެ ބޯޅަ ހޯދައި ހުސް ގޯލަކަށް ބޯޅަ ވައްދާލާފަ އެވެ.

މެޗުގެ 82 ވަނަ މިނެޓުގައި މާޒިޔާގެ ނުވަވަނަ ގޯލު ހަމްޕު ޖެހީ ހަންނަ ނަގަިއިދން ހުރަހަކުންނެވެ. އޭރިއާ ރޮނގުމަތީގައި ހުރެފައި ބޯޅަ ގޯލަށް ވައްދާލީ ހިތްގައިމު ގޮތަކަށެވެ. މެޗުގެ އިތުރު ވަގުތުގައި މާޒިޔާގެ ފަހު ދެ ގޯލު ޖެހީވެސް ހަމްޒާ އެވެ. މިގޮތުން ހަމްޒާ ހެޓްރިކް ހެދި ގޯލަކީ ހަންނަ ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު ކައިރީގައި ހުރި ޑިފެންޑަރު ކައިރިން ނައްޓާފައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ޖެހި ގޯލެކެވެ.

މާޒިޔާގެ ފަހު ގޯލަކީ މުހައްމަދު އިރުފާން އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ކީޕަރު ފާރިޝްގެ އަތުގައި ޖެހިފައި ނުކުތް ވަގުތު އެ ބޯޅަ ގޯލަށް ވައްދާލައިގެން ހަމްޒާ ޖެހި ގޯލެކެވެ.

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ވާދަކުރަން ހަމަޖެހިފައި އޮތީ ބުރު ސްޕޯޓްސް ކުލަބާއި ކުލަބު ގްރީން ސްޓްރީޓްސް އެވެ. ނަމަވެސް މާލީ މައްސަލަތަކުގެ ސަބަބުން ލީގުގެ ބާކީ ބައި ކުޅެން ބޭނުން ނުވާތީ މި މެޗު ނުކުޅޭނެކަމަށް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox