ބާޒާރުގައި ވިއްކާ ރޯ ފޯކުގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފި ކަމަށް މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ސްޓެޓިސްޓިކްސް ބިއުރޯގެ އެންމެ ފަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސްއިން ދައްކާ ގޮތުގައި ފޯކުގެ އަގު ވަނީ މިދިޔަ މަހުގެ ތެރޭގައި 2.64 ޕަސެންޓު ދަށްވެފަ އެވެ.
މި ފަހުން ފޯއް ކިލޯއެއްގެ އަގު 200ރ. އަށް އުފުލިފައި ހުރުމަށް ފަހު، ސަޕްލައިގެ ތާށިކަން ނެތި ދިއުމާ އެކީ މިހާރު ކިލޯއެއްގެ އަގު ހުރީ 80ރ. އަށެވެ.
ދިވެހިން ދުފުމުގައި ބޭނުންކުރާ ބާވަތެއް ކަމުގައިވާ ފޯކުގެ އަގު ދޭތެރެދޭތެރެއިން އުފުލެ އެވެ. މިހެން ވަނީ ރާއްޖެއަށް އެންމެ ގިނައިން ފޯއް އެތެރެކުރާ އިންޑިއާގެ އެކްސްޕޯޓުތަކަށް އަންނަ ތާށިކަމާ ގުޅިގެންނެވެ.









