އަންނަ އަހަރު ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓުން 8.6 ބިލިއަން ރުފިޔާ ހަރަދުކުރަނީ

އައްޑޫ ސިޓީގެ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް. އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުން ޕީއެސްއައިޕީ ތަކަށް 8.6 ބިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ހިމަނާފަ ---- ފޮޓޯ:މިރާޝް ނިޝާމް/އަދަދު

އައްޑޫ ސިޓީގެ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް. އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުން ޕީއެސްއައިޕީ ތަކަށް 8.6 ބިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ހިމަނާފަ ---- ފޮޓޯ:މިރާޝް ނިޝާމް/އަދަދު

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުން ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮޖެކްޓު (ޕީއެސްއައިޕީ) ތަކަށް 8.6 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ހިމަނައިފި އެވެ.

ބަޖެޓު ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީން ވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. ފިނޭންސް އިން ހުށަހަޅާފައިވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓު ލުއިފޮތުގައި ލަފާކޮށްފައިވާ ގޮތުން އަންނަ އަހަރު ދައުލަތުގެ އާމްދަނީ އަށް ލިބޭނީ 33.5 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން ތަރައްގީގެ އެކި އެކި މަޝްރޫއުތަކަށް 8.6 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މިއީ މިއަހަރަށް ފާސްކުރި ބަޖެޓުން ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ހަރަދުކުރަން ފާސްކުރި އަދަދާ ދާދި އެެއްވަރުގެ އަދަދެކެވެ. މި އަހަރަށް ފާސްކުރީ 8.5 ބިލިއަނެވެ. ނަމަވެސް އޮކްޓޯބަރު 19 ގެ ނިޔަލަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް 9.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުން ވަނީ ހަަރަދުކޮށްފަ އެވެ.

އަންނަ އަހަރުގެ ބަޖެޓުން ޕީއެސްއައިޕީ މަޝްރޫއުތަކަށް ހަރަދުކުރަން ރާވާފައިވާ ގޮތް

  • ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް (ބަނދަރާއި އެއާޕޯޓުތައް ތަރައްގީކުރުމަށް) 3.2 ބިލިއަން ރުފިޔާ
  • ބިން ހިއްކުމާއި މަގު ހެދުމަށް 1.69 ބިލިއަން ރުފިޔާ
  • ތިމާވެށި ރައްކާތެރިކުރަން 1.12 ބިލިއަން ރުފިޔާ
  • ފެނާއި ނަރުދަމާ ގާއިމުކުރަން 645 މިލިއަން ރުފިޔާ
  • ސިއްހީ ދާއިރާ ތަރައްގީކުރަން 439 މިލިއަން ރުފިޔާ
  • ބޯހިޔާވަހިކަން ފޯރުކޮށްދޭން 404 މިލިއަން ރުފިޔާ

އޭގެ އިތުރުން އިޖުތިމާއީ އަދި ދީނީ ހިދުމަތްތަކަށް 310 މިލިއަން ރުފިޔާ އާއި، ގައުމީ ސަލާމަތާއި ސުލްހަ މަސަލަސްކަން ގާއިމުކުރަން 246 މިލިއަން ރުފިޔާ އާއި ތައުލީމާއި ގުޅޭ ވަސީލަތްތަށް ގާއިމުކުރަން 238 މިލިއަން ރުފިޔާގެ އިތުރުން ތަރައްގީގެ އެހެނިހެން ކަންތައްތަކަށް 282 މިލިއަން ރުފިޔާ ހަރަދުކުރުމަށް ބަޖެޓުގައި ވަނީ ހިމަނާފަ އެވެ.

އަންނަ އަހަރަށް ދައުލަތުގެ ހަރަދުގެ ގޮތުގައި ލަފާކޮށްފައިވަނީ 47.3 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އަންނަ އަހަރަށް ލަފާކޮށް ފިނޭންސް އިން މިހާރު ހުށަހަޅާފައިވާ ބަޖެޓަކީ 13.7 ބިލިއަން ރުފިޔާ ޑެފިސިޓް ބަޖެޓެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox