ދިވެހިން އެންމެ ގިނައިން ފައިސާ ފޮނުވަނީ އިންޑިއާއަށް، ބިދޭސީން ބަންގްލަދޭޝްއަށް: އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ): އެމްއެމްއޭގެ ރިޕޯޓުން ދައްކާ ގޮތުގައި ރެމިޓަންސް ހިދުމަތްތައް ބޭނުންކޮށް ރާއްޖޭން ބޭރަށް ފޮނުވާ ފައިސާގެ އަދަދު ވަރަށް ބޮޑަށް މަދުވެއްޖެ -- އަދަދު ފައިލް ފޮޓޯ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ): އެމްއެމްއޭގެ ރިޕޯޓުން ދައްކާ ގޮތުގައި ރެމިޓަންސް ހިދުމަތްތައް ބޭނުންކޮށް ރާއްޖޭން ބޭރަށް ފޮނުވާ ފައިސާގެ އަދަދު ވަރަށް ބޮޑަށް މަދުވެއްޖެ -- އަދަދު ފައިލް ފޮޓޯ

ބޭރު ގައުމުތަކަށް ފައިސާ ފޮނުވާ ރެމިޓަންސް ހިދުމަތްތައް މެދުވެރިކޮށް ދިވެހިން އެންމެ ގިނައިން ފައިސާ ފޮނުވަނީ އިންޑިއާއަށް ކަމަށާއި ބިދޭސީން އެންމެ ގިނައިން ފައިސާ ފޮނުވަނީ ބަންގްލަދޭޝްއަށް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފި އެވެ.

ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ހިންގާ ގޮތުގެ މައްޗަށް އަލިއަޅުވާލައި އެމްއެމްއޭން އާންމުކުރި ފުރަތަމަ ޕޭމަންޓް ބުލެޓިންގައިވާ ގޮތުގައި، މިދިޔަ އަހަރު 49 މިލިއަން ޑޮލަރު (754 މިލިއަން ރުފިޔާ) ބޭރު ގައުމުތަކަށް ފޮނުވި އެވެ.

މީގެ ތެރެއިން 94 ޕަސެންޓު (ގާތްގަނޑަކަށް 46 މިލިއަން ޑޮލަރު ނުވަތަ 709 މިލިއަން ރުފިޔާ) ފޮނުވީ ބިދޭސީންނެވެ. ބިދޭސީން ފައިސާ ފޮނުވި ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި ވަނީ، ރާއްޖޭގައި މަސައްކަތް ކުރާ އެންމެ ގިނަ ބިދޭސީން ނިސްބަތްވާ ބަންގްލަދޭޝްއަށެވެ. ދެން އެންމެ ގިނަ ފައިސާ ފޮނުވީ ނޭޕާލް އާއި ފިލިޕީންސްއަށެވެ.

ބިދޭސީން އެންމެ ގިނައިން ފައިސާ ފޮނުވި ގައުމުތައް

  1. ބަންގްލަދޭޝް - 47.1 އިންސައްތަ (ގާތްގަނޑަކަށް 23 މިލިއަން ޑޮލަރު)
  2. ފިލިޕީންސް - 11.2 އިންސައްތަ (ގާތްގަނޑަކަށް 5.6 މިލިއަން ޑޮލަރު)
  3. ނޭޕާލް - 9.6 އިންސައްތަ (ގާތްގަނޑަކަށް 4.7 މިލިއަން ޑޮލަރު)

ރެމިޓަންސް ހިދުމަތްތައް ބޭނުންކޮށްގެން ދިވެހިން ބޭރު ގައުމުތަކަށް ފޮނުވީ 3 މިލިއަން ޑޮލަރެވެ. މި ލިސްޓުގެ އެންމެ ކުރީގައި އޮތީ، ދިވެހިން އާންމުކޮށް ބޭސްފަރުވާއަށް ދަތުރުކުރާ އަދި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އިންޑިއާގެ އިތުރުން ތައިލެންޑާއި ފިލިޕީންސް އެވެ.

ދިވެހިން އެންމެ ގިނައިން ފައިސާ ފޮނުވި ގައުމުތައް

  1. އިންޑިއާ - 18.1 އިންސައްތަ (ގާތްގަނޑަކަށް 543،000 ޑޮލަރު)
  2. ފިލިޕީންސް - 9.8 އިންސައްތަ (ގާތްގަނޑަކަށް 294،000 ޑޮލަރު)
  3. ތައިލޭންޑް - 8.5 އިންސައްތަ (ގާތްގަނޑަކަށް 255،000 ޑޮލަރު)

ރެމިޓަންސް ހިދުމަތްތަކުން ފައިސާ ފޮނުވި ގޮތާއި ލިބުނު ގޮތް -- ޗާޓު/އެމްއެމްއޭ
ރެމިޓަންސް ހިދުމަތްތަކުން ފައިސާ ފޮނުވި ގޮތާއި ލިބުނު ގޮތް -- ޗާޓު/އެމްއެމްއޭ

ރެމިޓަންސް ހިދުމަތްތަކުން ފައިސާ ފޮނުވި ގޮތާއި ލިބުނު ގޮތް -- ޗާޓު/އެމްއެމްއޭ

ރާއްޖެއަށް އެންމެ ގިނަ ފައިސާ އަންނަނީ ޔޫއޭއީން

ބޭރު ގައުމުތަކުން އެންމެ ގިނަ ފައިސާ ރާއްޖެއަށް ވަދެފައި ވަނީ ޔޫއޭއީންނެވެ. ދެން އެންމެ ގިނަ ފައިސާ އައީ ތުރުކީ އާއި މެލޭޝީއާއިންނެވެ. އެގޮތުން ރާއްޖެއަށް މިދިޔަ އަހަރު ވަތް 2.3 މިލިއަން ޑޮލަރުގެ ތެރެއިން ރާއްޖެއަށް ވަންނަ ރެމިޓަންސް ފައިސާގެ ތެރެއިން ގިނަ ފައިސާ އަންނަނީ ދިވެހިންނަށެވެ.

ރާއްޖެއަށް އެންމެ ގިނައިން ފައިސާ ފޮނުވާ ގައުމުތައް

  1. ޔޫއޭއީ - 23.1 އިންސައްތަ (ގާތްގަނޑަކަށް 531،300 ޑޮލަރު)
  2. ތުރުކީ - 7.6 އިންސައްތަ (ގާތްގަނޑަކަށް 174،800 ޑޮލަރު)
  3. މެލޭޝިއާ - 7.4 އިންސައްތަ (ގާތްގަނޑަކަށް 170،200 ޑޮލަރު)

އެމްއެމްއޭގެ ރިޕޯޓުގައި ހިމަނާފައި ވަނީ ރާއްޖޭގައި ހުއްދަ ދެވިފައިވާ ދެ ރެމިޓަންސް ހިދުމަތް ކަމުގައިވާ އައިލެންޑް ފައިނޭންޝަލް ސާވިސަސް (ވެސްޓަން ޔޫނިއަން) އާއި އެންބީއެލް މަނީ ޓްރާންސްފާ ހިދުމަތް މެދުވެރިކޮށް ފޮނުވި ފައިސާ އެވެ.

މި ރިޕޯޓުން ފާހަގަވީ އެއް ކަމަކީ ހަތަރު އަހަރުގެ ތެރޭގައި ރެމިޓަންސް ހިދުމަތްތައް ބޭރަށް ފޮނުވާ ފައިސާގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމެވެ. އެގޮތުން 2019ގައި ރެމިޓަންސް ހިދުމަތްތައް ބޭނުންކޮށްގެން ފޮނުވި ފައިސާ އާއި ލިބުނު ފައިސާގެ އަދަދު 80 މިލިއަން ޑޮލަރުގައި ހުރި އިރު، މިދޔަ އަހަރު އެ އަދަދު ވަނީ 52 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox