ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅީ ގާނޫނީ ހަމަތަކާ ހިލާފަށް: އާޒިމް

މަޖިލީހުގެ މައިނޯރިޓީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މަޖިލީހުގެ މައިނޯރިޓީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ދައުލަތުގެ މި އަހަރުގެ ބަޖެޓަށް ބޭނުންވާ ފައިސާ އިތުރުކުރަން ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅީ ގާނޫނުގައި ބަޔާންކުރާ ހަމަތަކާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އާޒިމް ފޮނުއްވި ސިޓީގައި ވިދާޅުވި ގޮތުގައި، މާލިއްޔަތު ގާނޫނުގައި އޮންނަނީ ސަޕްލިމެންޓަރީ ބަޖެޓު ތައްޔާރުކުރަން ޖެހެނީ ވޭތުވެ ދިޔަ މާލީ އަހަރުގައި ދައުލަތުގެ ހަރަދާއި އާމްދަނީގެ ހިސާބާއި، ދައުލަތުގެ އޮފީސްތަކުގެ ޕްރޮގްރާމް ބަޖެޓު ހިމެނޭ ގޮތަށެވެ.

އެކަމަކު ފިނޭންސް މިނިސްޓްރީން މިދިޔަ ހަފުތާގައި މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓުގައި މިކަންކަން ހިމަނާފައި ނުވާ ކަމަށް އާޒިމްގެ ސިޓީގައި ލިޔުއްވާފައިވެ އެވެ. އެގޮތުން ބަޖެޓުގެ ބޮޑު ބަޔެއް ހަރަދުކުރާ ދެ މިނިސްޓްރީ ކަމުގައިވާ، ޕްލޭނިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގެ ދަށުން ބަލަހައްޓާ ބަޖެޓުން ހަރަދުކުރާނެ ޕްރޮގްރާމްތައް ވަކިވަކިން އެނގެން ނެތް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

އޭގެ އިތުރުން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ބަޔާންކުރާ ކަންކަން ސަޕްލިމެންޓަރި ބަޖެޓުން އެނގެން ނެތް މައްސަލަ ވެސް އާޒިމްގެ ސިޓީގައި ފާހަގަކުރެއްވި އެވެ. މި މައްސަލައިގެ ތެރެއިން އޭނާ އަލިއަޅުވާލީ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން ހުށަހަޅަން ޖެހޭ ބަޖެޓު ޕޮޒިޝަން ރިޕޯޓަށެވެ.

މިއީ ދައުލަތުގެ މާލީ ހާލަތަށް ބަދަލު އަންނަ ކޮންމެ ފަހަރަކު މުރާޖައާކޮށް، މަޖިލީހާ ހިއްސާކުރަން ޖެހޭ ރިޕޯޓެއް ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި ސަޕްލިމެންޓަރިީ ބަޖެޓާ އެކީ ދައުލަތުގެ މެދުރާސްތާގެ ބަޖެޓުގައި ކުރިއަށް އޮތް ދެ އަހަރުގެ ބަޖެޓު އަންދާޒާތަކަށް ބަދަލު އަންނާނެތީ، ބަޖެޓު ހުށަހަޅާއިރު ބަޖެޓު ޕޮޒިޝަނަށް އައި ބަދަލު ބަޔާންކޮށް ރިޕޯޓެއް ހުށަހަޅަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ އޭނާ ވިދާޅުވި އެވެ.

މިކަންކަމުގެ މައްޗަށް ރިއާޔަތްކޮށް، އާޒިމް ވިދާޅުވީ ގާނޫނުތަކުގައި ބަޔާންކުރާ ހަމަތަކާ އެއްގޮތަށް ތައްޔަރުކޮށްފައި މެނުވީ މަޖިލީހުގެ ތަޅުމަށް ސަޕްލިމެންޓަރީ ބަޖެޓު ހުށަނޭޅެ ކަމަށް އާޒިމު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox