ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޓަކައި ހަމަލާތައް ހުއްޓައިލަން ގޮވައިލި ގަރާރު އެމެރިކާއިން ވީޓޯކޮށްފި

އެމެރިކާގެ ރައީސް ޖޯ ބައިޑަން : ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އދ. އަށް ހުށަހެޅުމުން އެމެރިކާއިން ވީޓޯ ކޮށްފި -

އެމެރިކާގެ ރައީސް ޖޯ ބައިޑަން : ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އދ. އަށް ހުށަހެޅުމުން އެމެރިކާއިން ވީޓޯ ކޮށްފި -

އިޒްރޭލުން ހިންގަމުންދާ ގަތުލުއާމު މެދުކަނޑާލާ ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަގު ފަހިކުރުމަށް އދ. ގެ ސަލާމަތީ ކައުންސިލަށް ހުށަހެޅި ހުށަހެޅުން އެމެރިކާއިން ވީޓޯ ކޮށްފި އެވެ.

ބްރެޒިލުން ހުށަހެޅި މި ހުށަހެޅުމުގައި ބުނެފައިވަނީ، އިޒްރޭލުން އަދި ހަމާސްއިން ހަމަލާބަދަލުކުރުން ހުއްޓާލާ، ވެރިވެގަނެފައިވާ ހުޅަނގު އައްސޭރިން އަދި މިސްރު މަގުން ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ.

މިއަދުގެ ސަލާމަތީ ކައުންސިލަށް ހާޒިރު 15 މެންބަރުންގެ ތެރެއިން 12 މެންބަރަކު ބްރެޒިލްގެ ހުށަހެޅުމަށް ތާއީދުކުރިއިރު ވަކި ކޮޅަކަށް ވޯޓު ނުދޭން ދެ ގައުމަކުން ނިންމި އެވެ. ހުށަހެޅުމާ ދެކޮޅަށް ވޯޓު ދީފައިވަނީ އެމެރިކާއިން އެކަންޏެވެ. އދ. ގެ ސަލާމަތީ ކޮމިޓީއިން މައްސަލައެއް ފާސްކުރުމަށް ނުވަ ވޯޓާއި ވީޓޯ ކުރުމުގެ ބާރު ލިބޭ އެމެރިކާ، ރަޝިއާ، ޗައިނާ، ފްރާންސް އަދި އިނގިރޭސިވިލާތުގެ ތާއީދު ބޭނުންވާނެ އެވެ.

އެމެރިކާއިން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު ބުނި ގޮތުގައި އެ ގައުމުން މިއަދުގެ ހުށަހެޅުމަށް ވޯޓު ނުދިނީ، ލިޔުމުގައި އިޒްރޭލަށް އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ބާރު އޮންނާނެ ކަމުގެ ވާހަކަ ނެތުމުން ކަމަށެވެ.

އިއްޔެވެސް އދ. ގެ ސަލާމަތީ ކައުންސިލަށް ހަމަލާތައް ބަދަލުކުރުން ހުއްޓުވުމަށް ރަޝިއާއިން ހުށަހެޅި އެވެ. ނަމަވެސް އެ ހުށަހެޅުންވެސް އެމެރިކާއިން ބޭރުކުރީ ހަމާސްގެ ހަމަލާތައް ކުށްވެރިކޮށްފާ ނުވާ ކަމަށް ބުނެ އެވެ.

މި މަހު ހަތްވަނަ ދުވަހު އިޒްރޭލުން ދޭން ފެށި ހަމަލާތަކުގެ ތިންވަނަ ދުވަހު އިޒްރޭލުން ވަނީ ގާޒާއިން ފެނާއި ކަރަންޓު ކަނޑާލާ، އެހީއާއި ކާބޯތަކެތި އެތެރެކުރެވެންހުރި ބޯޑަރުތައް ބަންދުކޮށްފަ އެވެ. ގާޒާ އާއި މިސްރާ ދެމެދު އޮންނަ ރަފާހު ބޯޑަރުގައި އެތައް ސަތޭކަ އުޅަނދެއް އެހީ ހިފައިގެން ޖަމާވެފައިވީ ނަމަވެސް އިޒްރޭލުން ވަނީ ބޯޑަރު ހުރަސްކޮށްފި ނަމަ ހަމަލާދޭނެ ކަމަށް ބުނެފަ އެވެ.

އިޒްރޭލުގެ މި އަމަލުތައް ކުށްވެރިކޮށް ދުނިޔޭގެ ގިނަ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ދަނީ ގާޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވާލުމަށް ގޮވާލާފަ އެވެ.

އިޒްރޭލުން ހިންގަމުން އަންނަ ގަތުލުއާންމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3،200 އަށްވުރެ މައްޗަށް އަރައިފަ އެވެ. މީގެ ތެރެއިން ދިން އެންމެ ނުރައްކާތެރި ހަމަލާގައި ރޭ އިޒްރޭލުން ވަނީ ގާޒާގެ އަލް އަހްލީ ހޮސްޕިޓަލަށް ހަމަލާދީ 500 އަށްވުރެ ގިނަ މީހުން މަރާލާފަ އެވެ. އިޒްރޭލާ ދެކޮޅަށް ހަމާސްއިން ދިން ހަމަލާތަކުގައި އިޒްރޭލުން 1،400 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އިޒްރޭލުން ބުނެ އެވެ.

މި ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާއަށް އެމެރިކާގެ ރައީސް މިހާރު ހުންނެވީ އިޒްރޭލުގަ އެވެ. ނަމަވެސް، އެމެރިކާގެ ފަންޑިން ލިބޭ އިޒްރޭލުން ރޭ ދިން ލާއިންސާނީ ހަމަލާއަށްފަހު އުރުދުންއިން ވަނީ ބައިޑެން އެ ގައުމަށް ކުރައްވަން އޮތް ދަތުރު ކެންސަލް ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox