ފަތުރުވެރިކަމަށް ދޫކޮށްފައިވާ 88 ރަށެއްގެ މަސައްކަތް ހުއްޓިފައި، އިގުތިސާދީ ގެއްލުން ބޮޑު

ފަތުރުވެރިކަމަށް ދޫކޮށް ތަރައްގީނުކުރެވި 22 އަހަރުވެފައިވާ ޅ. ހުދުފުށި -- ފޮޓޯ: ގޫގަލް އާތް

ފަތުރުވެރިކަމަށް ދޫކޮށް ތަރައްގީނުކުރެވި 22 އަހަރުވެފައިވާ ޅ. ހުދުފުށި -- ފޮޓޯ: ގޫގަލް އާތް

ރާއްޖޭގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން 88 ރަށެއް ތަރައްގީނުކުރެވި، މަސައްކތް ހުއްޓިފައި އޮތް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ "ފިސްކަލް ހިރާސްތަކުގެ ބަޔާން 2023" ގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައި ވާގޮތުން ރާއްޖޭގެ ޖުމުލަ 256 ރަށެއް ވަނީ ފަތުރުވެރިކަމަށް ދޫކޮށްފަ އެވެ. އޭގެ ތެރެއިން އޮޕަރޭޓް ކުރަމުން ދަނީ 168 ރަށެެކެވެ. ބާކީ 88 ރަށް ތަރައްގީކުރުމުގެ މަސައްކަތް އެއްބަސްވުމާއި އެއްގޮތައް ކުރިއަށް ނުދާކަން ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

މަސައްކަތް ހުއްޓިފައިވާ ރަށްތަކުގެ އަދަދު އެންމެ ގިނައީ ކ. އަތޮޅުގަ އެވެ. އެ އަތޮޅުގެ 29 ރަށެއް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށް، އޮޕަރޭޝަނަށް ނުގެނެވި އެބަ އޮތެވެ.

Advertisement

ގްރެފިކްސް-- ރައްޔާން މުހައްމަދު

މިހާ ގިނަ ރަށްތަކެއް ތަރައްގީ ނުކުރެވި އޮތުމަކީ ރާއްޖޭގެ އިގުތިސާދަށް އެ ރަށްތަކުން ލިބެންޖެހޭ ނަފާ ނުލިބި، ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީ ދަށްވުމަށް މެދުވެރިވާ އެއް ސަބަބެވެ.

އެގޮތުން މިހާރު މަސައްކަތް ހުއްޓިފައިވާ 88 ރަށަށް ބަލާނަމަ، މި ރަށްތަކުން ފަތުރުވެރިކަމަށް 21،000 އެނދު އިތުރު ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ. އަދި މި ރަށްތައް އޮޕަރޭޝަނަށް ގެނެވިއްޖެނަމަ، ރާއްޖޭގެ އިގުތިސާދަށް ސީދާ އަދި ނުސީދާ ގޮތުން 1.7 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާކުރެ އެވެ.

އޭގެ އިތުރުން، މަސައްކަތް ހުއްޓިފައިވާ ރަށްތައް އޮޕަރޭޝަނަށް އައުމާއެކު 16،000 އަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށް ފިސްކަލް ހިރާސްތަކުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ނުހެދި ހުރި ރަށްތައް މާކެޓަށް ނެރުމަށްޓަކައި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނާއި ގުޅިގެން އެ ރަށްތަކުގެ ސިޓުއޭޝަނަލް ޕްރިލިމިނަރީ އެސެސްމެންޓެއް ވަނީ ހަދާފަ އެވެ. އަދި, އެ އެސެސްމެންޓަށް ރިޔާއަތްކޮށް މަސައްކަތް ހުއްޓިފައިވާ ރަށްތައް އޮޕަރޭޝަނަށް ގެނައުމަށްޓަކައި ސަރުކާރަށް އެހީތެރިވެވޭނެ ދާއިރާތައް ކަނޑައެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox