އުރުދުން އިން ބައިޑެން އަށް މަރުހަބާ ކިޔަން ބޭނުން ނުވި، ދަތުރު ކެންސަލް!

އެމެރިކާގެ ރައީސް ޖޯ ބައިޑެން:

އެމެރިކާގެ ރައީސް ޖޯ ބައިޑެން:

އެމެރިކާގެ ރައީސް ޖޯ ބައިޑެން އަށް އުރުދުން އިން މަރުހަބާ ކިޔަން ބޭނުން ނުވުމުން މިއަދު އެ ގައުމަށް ކުރައްވަން ކުރިން ތާވަލުކޮށްފައިވާ ދަތުރު ކެންސަލްކޮށްފި އެވެ.

އެމެރިކާގެ ރައީސް އަށް އުރުދުން އިން މަރުހަބާ ކިޔަން ބޭނުން ނުވީ ގާޒާގެ، އަލް އަހްލީ އަރަބް ހޮސްޕިޓަލަށް އިޒްރޭލުން ރޭ ހަމަލާ ދީ 500 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލުމުންނެވެ. އެމެރިކާ އަކީ، އިޒްރޭލުގެ ޖަރީމާތަކުގެ އެންމެ ބޮޑު ވާގިވެރިޔާ އެެވެ.

އުރުދުންގެ ފޮރިން މިނިސްޓަރު އައިމަން ސަފާދީ ވިދާޅުވީ ބައިޑެންގެ ދަތުރު ކެންސަލް ކުރަން އެ ގައުމުން ނިންމީ އިޒްރޭލުގެ ލާއިންސާނީ އަމަޒުތައް އިތުރުވަމުން ދިއުމުން ކަމަށެވެ. ބައިޑެންއަށް މަރުހަބާ ކިޔާނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ގަތުލުއާންމު ހުއްޓައިލުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ބައިޑެންގެ ދަތުރު ފުރަތަމަ ރާވާފައި އޮތީ އިޒްރޭލަށް ވަޑައިގަތުމަށް ފަހު އުރުދުންއަށް ޒިޔާރަތްކުރައްވައި، މިސްރު އަދި ފަލަސްތީނުގެ ވެރިންނާ އެ ގައުމުގައި ބައްދަލު ކުރެއްވުމަށެވެ. ނަމަވެސް ރޭގެ ހަމަލާއަށް ފަހު ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ ބައިޑެންއާ ބައްދަލު ކުރައްވަން ދެކޮޅު ހައްދަވައިފަ އެވެ.

އެތައް ސަތޭކަ މީހުން ޝަހީދުކޮށްލި ހަމަލާއަށް ފަހު އުރުދުންގެ ރަސްގެފާނު އަބްދުﷲ ވެސް ވަނީ ބައިޑެންއާއެކު މިސްރު އަދި ފަލަސްތީނުގެ ވެރިން ބާއްވަން އޮތް މަޝްވަރާގެ މެދުވެރިޔަަކަށް ވުމަށް ދެކޮޅު ހައްދަވައިފަ އެވެ.

އިޒްރޭލުން ހޮސްޕިޓަލަށް ދިން ހަމަލާއަކީ މުޅި އިންސާނިއްޔަތަށް ދިން ހަމަލާއެއް ކަމަށް ވިދާޅުވެ، އަބްދުﷲ ރަސްގެފާނު ވަނީ އިޒްރޭލުގެ ހަމަލާތައް ވަގުތުން ހުއްޓައިލަން ގޮވާލައްވައިފަ އެވެ.

އަރަބި ގައުމުތަކުން ބައިޑެންއާ ބައްދަލުކުރަން ދެކޮޅު ހެދުން ވެގެންދާނީ އެމެރިކާގައި އަދި ބައިނަލްއަގުވާމީ ދުނިޔޭގައި ބައިޑެންއަށް ތާއީދު ގެއްލި، އެމެރިކާގެ ހާރިޖީ ސިޔާސަތައް ފާޑުކިޔުން ކުރިމަތިވާނެ ކަމެއް ކަމަށް އެ ގައުމުގެ އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިޒްރޭލާ ދެކޮޅަށް ހަމާސްއިން ދިން ހަމަލާތަކުގައި އިޒްރޭލުން 1،400 އަށްވުރެ ގިނަ މީހުން ވަނީ މަރާލައިފަ އެވެ. އަދި އިޒްރޭލުން ހިންގަމުން އަންނަ ގަތުލުއާންމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3،200 އަށްވުރެ މައްޗަށް އަރައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox