ހަމަލާތައް ހުއްޓާލުމަށް ގޮވާލައި ރަޝިއާއިން ހުށަހެޅި މައްސަލަ އދ. އިން ބޭރުކޮށްލައިފި

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން : ފަލަސްތީނު ހަނގުރާމައިގެ ހަމަލާތައް ހުއްޓާލުމަށް އެދި ރަޝިއާއިން ހުށަހެޅި މައްސަލަ އދ. އިން ބޭރުކޮށްލައިފި -

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން : ފަލަސްތީނު ހަނގުރާމައިގެ ހަމަލާތައް ހުއްޓާލުމަށް އެދި ރަޝިއާއިން ހުށަހެޅި މައްސަލަ އދ. އިން ބޭރުކޮށްލައިފި -

ފަލަސްތީނު ހަނގުރާމާގައި އިޒްރޭލާ ހަމާސްއާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތައް ހުއްޓާލުމަށް އެދި ރަޝިއާއިން އދ. ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

ރަޝިއާގެ އިތުރުން މި މައްސަލައަށް ތާއީދުކޮށްފައިވަނީ ޗައިނާ، ޔޫއޭއީ، ގަބޯން އަދި މޮޒަންބީކުންނެވެ. ނަމަވެސް އދ. ގެ ސަލާމަތީ ކޮމިޓީއިން މައްސަލައެއް ފާސްކުރުމަށް ނުވަ ވޯޓާއި ވީޓޯ ކުރުމުގެ ބާރު ލިބޭ އެމެރިކާ، ރަޝިއާ، ޗައިނާ، ފްރާންސް އަދި އިނގިރޭސިވިލާތުގެ ތާއީދު ބޭނުންވާނެ އެވެ.

ރަޝިއާއިން ބުނި ގޮތުގައި އެ ހަމަލާތައް ހުއްޓާލުމަށް ހުށަހެޅި މައްސަލަ ބޭރުކޮށްލަން ނިންމުމަކީ އިންސާނިއްޔަތަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށެވެ.

"މިއީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދުނިޔޭގައި ހިނގި އެންމެ ލާއިންސާނީ ހަމަލާތަކުގެ ވާހަކަ، މިއަދު މުޅި ދުނިޔެ ތިބީ މި ސަލާމަތީ ކައުންސިލުން ނިންމާނެ ގޮތަކާމެދު ކެތްމަދުވެފަ، ނަމަވެސް ހުޅަނގުގެ ގައުމުތަކުން މި ވަނީ ލޭއޮހުރުވުން ހުއްޓޭނެ ކަމަށް ދުނިޔެ ކުރި އުންމީދުތައް ފެނަށް ދުއްވާލާފަ" ރަޝިއާއިން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު ވިދާޅުވި އެވެ.

ރަޝިއާގެ މައްސަލައާ ދެކޮޅަށް ވޯޓުދީފައިވަނީ އެމެރިކާ، އިނގިރޭސިވިލާތް، ޖަޕާނު އަދި ފްރާންސުންނެވެ. އެމެރިކާއިން ބުނީ އެ ގައުމުން މައްސަލައާ ދެކޮޅު ހެދީ ރަޝިއާއިން ހުށަހެޅި މައްސަލާގައި ހަމާސްގެ ހަމަލާތަައް ކުށްވެރިކޮށްފައިނުވާތީ ކަމަށެވެ.

"ރަޝިއާގެ ހުށަހެޅުމުގައި ހަމާސްއިން އިޒްރޭލުގެ އާންމުންނަށް ދެމުންދާ ހަމަލާތަކުގެ އެއްވެސް ވާހަކައެއް ނެތުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން" އެމެރިކާއިން ބުންޏެވެ.

މި މަހުގެ ހަތްވަނަ ދުވަހު ފެށި ހަނގުރާމާގައި އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު 2750 އަށް ވަނީ އަރާފަ އެވެ. ހަމާސްގެ ހަމަލާތަކުގައި އިޒްރޭލުން މަރާލި މީހުންގެ އަދަދު ވަނީ 1400 އަށްވުރެ މައްޗަށް އަރާފަ އެވެ.

ހަނގުރާމާގައި ފުރަތަމަ ހަމަލާދިނީ ހަމާސްއިންނެވެ. އެގޮތުން ރޮކެޓާއި އެއްގަމު އަދި ވައިގެ މަގުން ޕެރެގްލައިޑާ ބޭނުންކޮށްގެން އިޒްރޭލަށް ދިން ހަމަލާތަކާއެކު އިޒްރޭލުން ހަނގުރާމަ އިއުލާނުކޮށް ވޭތުވެދިޔަ 10 ދުވަހު ވަނީ މެދުނުކެނޑި ގާޒާއަށް ހަމަލާދީފަ އެވެ. ހަމާސްއިންވެސް ހުއްޓުމެއްނެތި ހަމަލާދެމުން އަންނައިރު، ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ އިންވެސް ދަނީ އިޒްރޭލަށް ހަމަލާދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox