އެއްވެސް ކަމެއް ނުފޮރުވާނަން، ޓީމުގައި ތިބޭނީ ޖަވާބުދާރީވެވޭ މީހުން: މުއިއްޒު

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރ. އަތޮޅަށް ވަޑައިގަތުމުން ސަޕޯޓަރުން މަރުހަބާ ކިޔަނީ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރ. އަތޮޅަށް ވަޑައިގަތުމުން ސަޕޯޓަރުން މަރުހަބާ ކިޔަނީ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ގާއިމް ކުރަން މަސައްކަތް ކުރައްވާނީ އެއްވެސް ކަމެއް ނުފޮރުވާ، ސާފު ސަރުކާރެއް ކަމަށާއި އެކުލަވާލާ ޓީމުގައި ވެސް ތިއްބަވާނީ ރައްޔިތުންނަށް ޖަވާބުދާރީވެވޭ ވަރުގެ މީހުން ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދެކުނުގެ އަތޮޅުތަކަށް އިއްޔެ ފެއްޓެވި ކެމްޕެއިންގެ ދަތުރުފުޅުގެ ތެރެއިން ރޭ ލ. ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އޭނާ އެކުލަވާލާ ސަރުކާރުގައި ތިއްބަވާނީ، ފަސްބައި ސާފު، ހިދުމަތް ކުރެވޭ، އޭނާ އެދިވަޑައިގަންނަވާ ސްޕީޑުގައި މަސައްކަތް ކުރަން ކެރޭ ހީވާގި ތައުލީމީ ބޭފުޅުން ކަމަށެވެ.

"ކެބިނެޓަށް ނަގާ ބޭފުޅުން ވާނީ އިރާދަކުރެއްވިއްޔާ ރައްޔިތުން ފަހުރުވެރިވާ ފަދަ ބޭފުޅުންނަށޭ. ފަސްބައި ސާފު، ހިދުމަތް ކުރެވޭ، އަޅުގަނޑު އެދޭ ސްޕީޑުގައި ރެއާ ދުވާލު މަސައްކަތް ކުރަން ކެރޭ ހީވާގި ތައުލީމު ލިބިފައިވާ މީހުން އަޅުގަނޑުގެ ޓީމަށް ނަގާނީ،" އޭނާ ވިދާޅުވި އެވެ.

Advertisement

ކެބިނެޓުގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކާއި އެހެނިހެން އިދާރާތައް ކަމަށް ވިޔަސް އެހެން ހަމަޖައްސާނީ އެފަދަ މީހުން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އަދި "ސާފު" ސަރުކާރެއް ގާއިމް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މަސައްކަތް ކުރައްވަމުން ގެންދަވަނީ ހިދުމަތް ކުރުމުގައި ކެރޭ، ދެފުށް ފެންނަ، ހާމަކަން ބޮޑު ސަރުކާރެއް ގާއިމްކުރަން ކަމަށެވެ. ސަރުކާރުގެ އެއްވެސް އޮފީހެއްގައި ރައްޔިތުންނަށް ފޮރުވާނެ ކަމެއް ނުބާއްވާނެ ކަމަށާއި ފޮރުވައިގެން ކަމެއް ކުރަންވެއްޖެ ނަމަ ގައުމަށް ހަމަޖެހުން ނާންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ އެއްވެސް އޮފީހެއްގައި ފޮރުވާނެ ކަމެއް ނުބާއްވާނަން. ރައްޔިތުންނަށް ނޫސްވެރިންނަށް ކަމެއް ނޭނގިގެން އުޅެން ޖެހުނަކަ ނުދޭނަން. ރައްޔިތުންނަށް ފޮރުވައިގެން ކަމެއް ކުރަން ވެއްޖެއްޔާ ގައުމަކަށް ހަމަޖެހުމެއް ނާންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

އޭގެ އިތުރުން، މުއިއްޒު ވިދާޅުވީ، އޭނާގެ ސަރުކާރެއްގައި ޖަވާބުދާރީވާން ނެނގޭ އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި އޭނާގެ ޓީމުގައި ވެސް ތިއްބަވާނީ ޖަވާބުދާރީވެވޭ މީހުން ކަމަށެވެ.

"އަޅުގަނޑު ގާއިމް ކުރާ ސަރުކާރެއްގައި ފޮރުވާނެ އެއްކަމެއް ވެސް ނޯންނާނެ. ރައްޔިތުންނަށް ފެންނާނެ، ދެފުށް ފެންނާނެ، ޖަވާބުދާރީ ވާން ނޭނގޭ، ޖަވާބުދާރީ ނުވެވޭ އެއްކަމެއް ވެސް ނުކުރާނެ، އަޅުގަނޑު ވެސް ނުހުންނާނެ ޖަވާބުދާރީ ނުވެވޭ ކަމެއް، ކުރާނެ ކަމެއް ނޯންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

"އަދި އެކުލަވާލާ ޓީމުގައި ތިއްބަވާ އެއްވެސް ބޭފުޅަކީ އެ ބޭފުޅަކު ކުރައްވާ ކަންކަމުގައި ޖަވާބުދާރީނުވެވޭ ވަރުގެ ބޭފުޅުންނަކަށް ނުވާނެ. ޗެކް އެންޑް ބެލެންސް ފުރިހަމައަށް ގާއިމްކުރާނަން،"

ދެކުނަށް ކުރައްވާ ދަތުރުފުޅުގައި މުއިއްޒު ދެން ވަޑައިގަންނަވާނީ ހުވަދު އަތޮޅާއި ފުވައްމުލަށް އަދި އައްޑުއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox