އައިޓީސީގެ ދަރަންޏެއް އޮތްކަން ސާބިތުނުވާތީ ޖާބިރުގެ ފަޅު ވިއްކުން ހުއްޓުވަން ކޯޓުން އަމުރެއް ނުދިން

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިިރު: ޖާބިރު ވިއްކާލީ އޭނާއަށް މަތިވެރީފިނޮޅުގެ ބަދަލުގައި ދޫކުރި ފަޅު --- ފޮޓޯ/ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިިރު: ޖާބިރު ވިއްކާލީ އޭނާއަށް މަތިވެރީފިނޮޅުގެ ބަދަލުގައި ދޫކުރި ފަޅު --- ފޮޓޯ/ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހިއްސާވާ އިންޓަނޭޝަނަލް ޓްރެވަލް ކޮންސަލްޓަންޓްސް (އައިޓީސީ) ޕްރައިވެޓް ލިމިޓެޑަށް މިފަހުން ގާފަރު ކައިރިން ދޫކުރި ފަޅު ވިއްކުން ހުއްޓުވަން ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

އައިޓީސީގެ ފަޅު ވިއްކުން ހުއްޓުވަން ކޯޓަށް މައްސަލައެއް ހުށަހެޅީ އާދަމްމަނިކް ކިޔާ މީހެކެވެ. އާދަމް މަނިކާއި ޖާބިރަކީ ކުރިން ގާތް ދެ ވިޔަފާރިވެރިންނެވެ. އޭނާ ކޯޓަށް ދިޔައީ އެ ގުޅުމުގެ ތެރެއިން އެކި ފަހަރު މަތިން ޖާބިރަށާއި އައިޓީސީއަށް ދޫކުރީ 1.3 މިލިއަން ޑޮލަރު ނުލިބިގެން ކަމަށް ބުނެ އެވެ.

ވަގުތީ އަމުރާ މެދު ކޯޓުން ނިންމި ނިންމުމުގައިވާ ގޮތުގައި އައިޓީސީން މަސައްކަތް ކުރަމުން އަންނަނީ މި ފަޅު ޑާރްގްލޯބަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ވިއްކާލުމަށެވެ. ނަމަވެސް އޭނާއަށް ދައްކަން ޖެހޭ ފައިސާ ނުލިބި ވަނިކޮށް އެ މުއާމަލާތް އެގޮތަށް ނުހިންގޭނެ ކަމަށް ބުނެ އާދަމްމަނިކު ވަނީ އެކަން ހުއްޓުވަން ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިފަ އެވެ.

Advertisement

އުސޫލެއްގެ ގޮތުން ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ހައްގުތައް އެހެން ފަރާތްތަކަށް ބަދަލު ކުރެވެނީ ދަރަންޏެއް ނުވަތަ މައްސަލައެއް ވޭތޯ ބެލުމަށް ފަހުގަ އެވެ. މިފަދަ މައްސަލައެއް އޮތް ނަމަ ހައްގުތައް ބަދަލުކުރެވޭނީ އެ މައްސަލަތައް ހައްލުކުރުމުންނެވެ.

މި މައްސަލައިގައި ދައުލަތުން ކޯޓުގައި ބުނީ މިނިސްޓްރީގެ ޒިންމާއަކީ ވިއްކާލާ ފަޅު ނުވަތަ ބިމާ ގުޅޭ ސީދާ ދަރަންޏެއް ވޭތޯ ބެލުމެވެ. އެ ރަށް ނުވަތަ ބިމާ ސީދާ ގުޅުމެއް ނެތް ކަމެއްގައި މިނިސްޓްރީން ބަލަން ނުޖެހޭނެ ކަމަށް ވެސް ދައުލަތުން ކޯޓުގައި ފާހަގަކުރި އެވެ. އަދި މި މައްސަލައިގައި ހިމެނޭ، ފަޅު ވިއްކާލުމުގެ ހުއްދަ ދިނީ ރަނގަޅަށް ކަމަށް ވެސް ބުންޏެވެ.

ކޯޓުން ވެސް މި މައްސަލައިގައި ބުރަވީ މި ނުކުތާގެ މައްޗަށެވެ. އެގޮތުން އާދަމްމަނިކު ހުށަހަޅައިގެން އުޅޭ ދަރަނި މައްސަލައިގެ އެއްވެސް ހިސާބެއްގައި އައިސީޓީގެ ނަން ނެތުމުން މިއީ އައިސީޓީން ޒިންމާވާން ޖެހޭނެ ދަރަންޏެއް ކަމަށް ނުބެލޭނެ ކަމަށް ކޯޓުގެ ނިންމުމުގައި ވެ އެވެ.

މި ފަޅަކީ އއ. މަތިވެރީފިނޮޅުގެ ބަދަލުގައި ސަރުކާރުން އައިޓީސީއަށް ދިން ފަޅެކެވެ. މަތިވެރީފިނޮޅު އަތުލުމަށް ފަހު ސަރުކާރުން ވަނީ އެ ރަށް މަތިވެރީގެ އިހުތިސާސްގެ ތެރޭގައި ހިމަނާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox