މެމްބަރުންނަށް ރިޝްވަތުދިން ކަމަށް ބުނެ މަޖިލީހުން ހުށަހެޅި މައްސަލަ ފުލުހުން ބަލައެއް ނުގަތް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

ދަ ޑިމޮކްރެޓްސް ދޫކޮށް ދިޔަ މެމްބަރުންނަށް އެ ޕާޓީގެ ބާނީ މުހައްމަދު ނަޝީދު ރިޝްވަތުގެ ތުހުމަތުކުރައްވައި، އެ މައްސަލަ ބަލައި ދިނުމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ހުށަހެޅުއްވި މައްސަލަ "ރަޖިސްޓްރީ ކުރެވެން ނެތް" ކަމަށް ފުލުހުން މަޖިލީހަށް އަންގައިފި އެެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދޭކަމަށް ތުހުމަތު ކޮށް، މަޖިލީހުގެ އިދާރާއިން ފޮނުވި ސިޓީގައި، ޖިނާއީ ތަހުގީގެއް ފަށަން ބޭނުންވާ އަސާސީ މައުލޫމާތު ފޯރުކޮށްދީފައި ނުވާ ކަމަށެވެ. އެހެންވެ، ޖިނާއީ މައްސަލައެއްގެ ގޮތުގައި ރަޖިސްޓްރީކުރެވިދާނެކަމަށް ނުފެންނަ ކަމަށް ސިޓީއަކުން މަޖިލީހަށް އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަދި އެފަދަ މައުލޫމާތު ހުރިނަމަ، ރިޝްވަތުގެ މައްސަލަ ތަހުގީގުކުރުމުގެ މައި އިހްތިސާސް އޮންނަ ފަރާތަކީ އެންޓިކޮރަޕްޝަން ކޮމިޝަން ކަަމަށްވާތީ ރައްޔިތުންގެ މަޖިލީހުން ހުށަހަޅާ އެފަދަ މައްސަލަ ހުށަހަޅަންވާނީ އޭސީސީއަށް ކަމަށް، ދިވެހި ފުލުހުންގެ ޚިދުަމަތުން ދެކޭ ވާހަކަ ދަންނަވާފައިވާނެ. އޭސީސީއިން އެފަދަ ތަހުގީގަކަށް އެހީތެރިކަމަށް އެދެފިނަމަ ފުލުހުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ،" ފުލުުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

Advertisement

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކު ވާދަ ކުރައްވަނިކޮށް އެ ޕާޓީ ދޫކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވައި އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައި ވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އެވެ. އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވަނީ އެމްޑީޕީ ދޫކޮށް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒަށް ތާއިދު ކުރައްވައިފަ އެވެ.

ނަޝީދު ތުހުމަތު ކުރެއްވީ ހަމައެކަނި ރައީސް ސޯލިހަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox