އެސްޓަން ވިލާގައި ވެސް ފްލޮޕްވި ކުޓީނިއޯ ގަތަރުގެ އަލް ދުހެއިލް އަށް

Aug 28, 2023, 3:31 AM
އެސްޓަން ވިލާގައި ވެސް ފްލޮޕްވި ކުޓީނިއޯ ގަތަރުގެ އަލް ދުހެއިލް އަށް

ލަންޑަން، (އޮގަސްޓް 28) - އިނގިރޭސި ކުލަބު އެސްޓަން ވިލާގައި އެދެވޭ ކުޅުމެއް ނުދެއްކި ޓީމުން ބާކީވަމުން އަންނަ މިޑްފިލްޑަރު، ބްރެޒިލްގެ ފިލިއްޕޭ ކުޓީނިއޯ ގަތަރުގެ އަލް ދުހެއިލްއަށް ބަދަލުވާން ނިންމައިފި އެވެ.

ކުޓީނިއޯ 31، އެސްޓަން ވިލާއަށް ބަދަލުވީ ސްޕެއިންގެ ބާސެލޯނާއިން 20 މިލިއަން ޔޫރޯގެ ފީއަކަށެވެ. ހަ މަސް ދުވަހު ލޯން އެއްބަސްވުމެއްގެ ދަށުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެޓީމަށް ކުޅުމަށްފަކހު ވިލާއިން އޭނާއަށް ދާއިމީ ކޮންޓްރެކްޓެއް ދޭން ނިންމީ އެވެ.

ނަމަވެސް މިދިޔަ ސީޒަންގައި އެދެވޭ ކުޅުމެއް ނުދެއްކި ކޯޗު އުނާއީ އެމެރީގެ އެގާރައިން އޭނާއަށް ފުރުސަތު ގެއްލުނެވެ. އާ ސީޒަނަށް ތައްޔާރުވުމަށް އެސްޓަން ވިލާއިން ލެސްޓާ ސިޓީއަށް ކުޅެމުން އައި ޔޫރީ ޓީލަމަންސްގެ ސޮއި ހޯދި ހިސާބުން ކުޓީނީއޯގެ ކުރިމަގާމެދު ސުވާލު އުފެދެން ފެށި އެވެ.

ޕްރިމިއާ ލީގުގައި މި ސީޒަންގައި އެސްޓަން ވިލާ ކުޅުނު ދެ މެޗުގައިވެސް ކުޓީނިއޯ ކުޅެން ނިކުމެފައިވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ދެވަނަ މެޗުގައި ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާއަށް މިދިޔަ ހަފްތާ ބަންދުގައި އެސްޓަން ވިލާ ކުޅުނު މެޗުގައި ނުކުޅެވެ އެވެ.

އެންމެ ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ގަތަރުގެ އަލް ދުހެއިލްއިން ކުޓީނިއޯއާއިއެކު އެއްބަސްވުމަކަށް އައިސްފަ އެވެ. ނަމަވެސް ކުޓީނިއޯ ވިއްކާލުމާ ގުޅޭގޮތުން އެސްޓަން ވިލާއިން އަދި ރަސްމީ ޖަވާބެއް ނުދެ އެވެ.

ބެލެވޭ ގޮތުގައި އެސްޓަން ވިލާއިން ކުޓީނިއޯ ވިއްކާލަން ބޭނުންވެ އެވެ. ނަމަވެސް މި ސީޒަންގައި ވިލާއިން ޔުއެފާ ޔޫރޮޕާ ކޮންފެރެންސް ލީގުގައި ވާދަކުރާތީ ކޯޗު އެމެރީ ބޭނުންވަނީ ކުޓީނިއޯ ޓީމްގައި ބަހައްޓާށެވެ. ސަބަބަކީ ކުޓީނިއޯއަކީ ތަޖުރިބާކާރު ކުޅުންތެރިއަކަށްވެފައި ޔޫރަޕްގެ ބޮޑު މުބާރާތްތަކުގައި އޭނާ ކުޅެފައިވުމެވެ.

އެސްޓަން ވިލާއަށް މިދިޔަ ސީޒަންގައި ކުޓީނިއޯ ކުޅުނު 22 މެޗުގައި ޖެހިފައިވަނީ އެންމެ ގޯލެކެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލުން ވިދާލި ކުޓީނިއޯގެ ފޯމުދަށްވެސް އޭނާގެ ވިދުން ފަނޑުވީ 120 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއަކަށް އޭނާ ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވި ހިސާބުންނެވެ. އެ ކުލަބުގައި އެދެވޭ ކުޅުމެއް ނުދެއްކި ޖަރުމަންގެ ބަޔާނުގައިވެސް ލޯން އެއްބަސްވުމެއްގެ ދަށުން ކުޓީނިއޯ އެއް ސީޒަންގައި ކުޅުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox