ކުޓީނިއޯ، އެސްޓަން ވިލާއާ ގުޅުނު ސަބަބަކީ ޖެރާޑް!

Jan 8, 2022, 9:49 AM
ިލިވަޕޫލްގެ މެޗެއްގެ ތެެރެއިން ކުޓީނިއޯ (ކ) އާއި ޖެރާޑް: ކުޓީނިއޯ ވަނީ ޖެރާޑްގެ ކޯޗުކަމުގައި އެސްޓަން ވިލާ އަށް ކުޅެން އެއްބަސްވެފައި.

ިލިވަޕޫލްގެ މެޗެއްގެ ތެެރެއިން ކުޓީނިއޯ (ކ) އާއި ޖެރާޑް: ކުޓީނިއޯ ވަނީ ޖެރާޑްގެ ކޯޗުކަމުގައި އެސްޓަން ވިލާ އަށް ކުޅެން އެއްބަސްވެފައި.

ބާމިންހަމް، އިންގްލެންޑް (ޖެނުއަރީ 8) - ބާސެލޯނާ އަށް ކުޅޭ ބްރެޒިލްގެ މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ، ހަ މަސް ދުވަހުގެ ލޯން އެއްބަސްވުމެއްގައި އިނގިރޭސި ޕްރިމިއާ ލީގުގެ އެސްޓަން ވިލާ އަށް ބަދަލުވީ އެ ޓީމުގެ ކޯޗު ސްޓީވެން ޖެރާޑްގެ އެދުމަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އިނގިރޭސި ފަސް ކްލަބެއްގެ ހުށަހެޅުން ލިބިފައިވަނިކޮށް، ކުޓީނިއޯ، 29، ވަނީ ޖެރާޑާ އެކު މަސައްކަތް ކުރަން ބޭނުންވާތީ އެސްޓަން ވިލާ އަށް އިއްޔެ ބަދަލުވެފަ އެވެ.

ކުޓީނިއޯގެ ޓްރާންސްފާ ކަންތައްތަކުގައި ބާސެލޯނާ އާއި އެސްޓަން ވިލާ އިން މަޝްވަރާ ކުރިިއިރު، ކުޓީނިއޯގެ މުސާރަ އިން އެސްޓަން ވިލާ ދޭން ބޭނުންވީ 65 ޕަސެންޓް އެވެ. ބާކީ 35 ޕަސެންޓް ބާސެލޯނާ އިން ދައްކަން ޖެހޭ ގޮތަށް މަޝްވަރާ ކުރެވުނު ނަމަވެސް، ފަހު ވަގުުތު ބާސެލޯނާ އަށް އެ ވަރު ދެވެން ނެތް ކަމަށް ބުނުމުން ކުޓީނިއޯ މިހާރު އެސްޓަން ވިލާގައި އެ ހުރީ ކުރިން އޭނާ އަށް ލިބެމުން އައި މުސާރަ އަށް ވުރެ، 35 ޕަސެންޓް މަދުކޮށެވެ.

ޖެރާޑާއި ކުޓީނިއޯ ވަނީ އެކުގައި ލިވަޕޫލަށް ކުޅެފަ އެވެ. ކުޓީނިއޯ ގެންނަން އެސްޓަން ވިލާގެ މެނޭޖްމަންޓަށް އެންމެ ބޮޑަށް ބާރު އެޅީ ޖެރާޑް ކަމަށް ސްޕެއިނުގެ ކަޓަލޫނިއާ ރޭޑިއޯ އިން ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި ކުޓީނިއޯ އަލުން އިނގިރޭސި ޕްރިމިއާ ލީގަށް އަންނަ ކަމަށް ވާނަމަ އެސްޓަން ވިލާ އަކީ އެންމެ ރަނގަޅު ޓީމުކަން ޔަގީންކޮށްދޭން ޖެރާޑް ވަނީ ކުޓީނިއޯ އާއި އޭނާގެ އޭޖެންޓް ކިއާ ޖޫރަބްޗިއާން އަށް ގިނަ ފޯނުކޯލުތަކެއް ކޮށްފަ އެވެ.

ލިވަޕޫލަށް 201 މެޗުން 54 ގޯލު ޖެހި ކުޓީނިއޯ، އެ ޓީމު ދޫކޮށް 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ބާސެލޯނާ އަށް ބަދަލުވީ 142 މިިލިއަން ޔޫރޯ (160 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީ އަކަށެވެ. މިއީ ދުނިޔޭގެ ފުޓްބޯޅައިގައި ތިން ވަނަ އަށް އެންމެ އަގުބޮޑު ޓްރާންސްފާ އެވެ.

ބާސެލޯނާގެ ކޮންޓްރެކްޓްގައި ހުރެ، ކުޓީނިއޯ ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ބަޔާން މިއުނިކަށް ކުޅެމުން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އެ ފަހަރު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބާސެލޯނާ ކޮޅަށް ކުޓީނިއޯ ވަނީ ގޯލު ވެސް ޖަހައިފަ އެެވެ. ބާސެލޯނާ ޖޯޒީގައި ކުޓީނިއޯގެ އަސްލު ކުޅުން އަދި ދެއްކިފައިނުވެ އެވެ. އެކަމަކު، އެ ޓީމަށް ކުޅެދިން 106 މެޗުން ވަނީ 23 ގޯލު ޖެހި އެވެ.

ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އެސްޓަން ވިލާގައި ކުޓީނިއޯ ރަނގަޅު ކުޅުމެއް ދައްކައިފިނަމަ އެ ކްލަބުން 38 މިލިއަން ޑޮލަރު ދީފައި ކުޓީނިއޯގެ އެއްބަސްވުން ދާއިމީ ކުރުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox