ކުޓީނިއޯ އަށް އިނގިރޭސި ފަސް ކްލަބެއްގެ އޮފާ ލިބިއްޖެ

Jan 7, 2022, 5:14 AM
ކުޓީނިއޯ އަށް އިނގިރޭސި ފަސް ކްލަބެއްގެ އޮފާ ލިބިއްޖެ

ބާސެލޯނާ (ޖެނުއަރީ 7) - ބާސެލޯނާގެ ބްރެޒިލް މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ އަށް އިނގިރޭސި ޕްރިމިއާ ލީގުގެ ފަސް ކްލަބެއްގެ ހުށަހެޅުން ލިބިފައިވާ ކަމަށް ބްރެޒިލްގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބްރެޒިލްގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ކުޓީނިއޯ, 29, ގެންނަން އޭނާގެ ކުރީގެ ކްލަބް ލިވަޕޫލްގެ އިތުރުން ދެން ހުށަހަޅާފައި އޮތީ އެސްޓަން ވިލާ، އެވަޓަން، ޓޮޓެންހަމް އަދި އާސެނަލް އެވެ.

ލިވަޕޫލް ދޫކޮށް 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ކުޓީނިއޯ ބާސެލޯނާ އަށް ބަދަލުވީ 142 މިިލިއަން ޔޫރޯ (160 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީ އަކަށެވެ. މިއީ ދުނިޔޭގެ ފުޓްބޯޅައިގައި ތިން ވަނަ އަށް އެންމެ އަގުބޮޑު ޓްރާންސްފާ އެވެ. އޭގެ ފަހުން އެކި ފަހަރު މަތިން ކުޓީނިއޯ އަލުން ލިވަޕޫލަށް ބަދަލުވާނެ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް މިހާތަނަށް އޭގެ އެއްވެސް ކަމެއް ނުފެނެ އެވެ.

އެކަމަކު، ބްރެޒިލްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް ލިވަޕޫލްގެ މުހައްމަދު ސަލާހާއި ސަޑިއޯ މާނޭ ގޮސްފައިވާތީ ލޯން ޑީލެ އްގައި ކުޓީނިއޯ ގެނައުމުގެ ވިސްނުމެއް ލިވަޕޫލުން ގެންގުޅެ އެވެ.

ކުޓީނިއޯއާ އެކު ލިވަޕޫލަށް 81 މެޗު ކުޅުނު އެ ޓީމުގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑް މިހާރު ހުރީ އެސްޓަން ވިލާގެ ކޯޗުކަމާ ހަވާލުވެ އެވެ. އެސްޓަން ވިލާ އިން ޖެނުއަރީ ޓްރާންސްފާގައި ކުޓީނިއޯ ގެންނަން އެންމެ ބޮޑަށް ބާރުއަޅަނީ ޖެރާޑް އެވެ. ދާދި ފަހުން އިންޓަވިއުއެއްގައި ޖެރާޑް ވަނީ ކުޓީނިއޯ އަށް ތައުރީފުކޮށް ވާހަކަ ދައްކައިފަ އެވެ. އެކަމަކު، ޖެރާޑް ވަނީ އެސްޓަން ވިލާ އިން ކުޓީނިއޯ ގެންނަން މަސައްކަތް ކުރޭތޯ ކުރި ސުވާލަށް ޖަވާބު ދޭން ދެކޮޅު ހަދައިފަ އެވެ.

އެވަޓަން އިން ކުޓީނިއޯ ގެންނަން މަސައްކަތް ކުރާއިރު، އެ ޓީމާ ހަވާލުވެ ހުރީ ކުޓީނިއޯ އަށް އިންޓަ މިލާނުގައި ކޯޗުކޮށްދިން ރަފައެލް ބެނިޓޭޒް އެވެ. ކުޓީނިއޯ އެވަޓަން އަށް ބަދަލުވެއްޖެނަމަ ލިވަޕޫލްގެ ގިނަ ސަޕޯޓަރުންގެ ހިތްހަމަނުޖެހުންތައް އަމާޒުވާނެތީ، އޭނާ އެވަޓަންއާ ގުޅުމުގެ ފުރުސަތު ކުޑަ އެވެ.

ކުޓީނިއޯ އަލުން އިންގްލެންޑަށް ބަދަލުވާނަމަ ދެން ކުޅޭނީ ލަންޑަންގެ ކްލަބަކަށް ކަމަށް މީގެ ކުރިން ސްޕެއިނުގެ ނޫހަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ކުޓީނިއޯ އަށް މި ވަގުތު ހުށަހެޅުމެއް ލިބިފައި އޮތް ލަންޑަންގެ ދެ ކްލަބަކީ ޓޮޓެންހަމް އާއި އާސެނަލް އެވެ.

އާސެނަލްގެ ޓެކްނިކަލް ޑިރެކްޓަރު އެޑޫ އާއި ކުޓީނިއޯގެ އޭޖެންޓް ކިއާ ޖޫރަބްޗިއާންއާ ގާތްގުޅުމެއް އޮވެ އެވެ. އެ ގުޅުމުގެ ތެރެއިން ކުޓީނިއޯ އާސެނަލަށް ދިއުމުގެ ކޮންމެވެސް ފުރުސަތެއް އެބައޮތް ކަމަށް މީގެ ކުރިން ބްރެޒިލްގެ ޓީވީ އަކުން ރިޕޯޓްކޮށްފައިވެ އެވެ.

މި މަހުގެ ޓްރާންސްފާ މާކެޓް ތެރޭގައި ކުޓީނިއޯ ބާސެލޯނާ ދޫކޮށްލާނެކަން ޔަގީންވެފައިވާއިރު، އޭނާ ދެން ގުޅޭނެ ކްލަބެއް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox