ކުޓީނިއޯގެ ގޯލުން އެސްޓަން ވިލާ އިން ފަހަތުން އަރައި ޔުނައިޓެޑާ އެއްވަރުކޮށްފި

Jan 15, 2022, 7:56 PM
ކުޓީނިއޯގެ ގޯލުން އެސްޓަން ވިލާ އިން ފަހަތުން އަރައި ޔުނައިޓެޑާ އެއްވަރުކޮށްފި

ބާމިންހަމް (ޖެނުއަރީ 16) - ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ފިލިއްޕޭ ކުޓީނިއޯ ޖެހި ގޯލުން އެސްޓަން ވިލާ އިން މިރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ފަހަތުން އަރައި 2-2 އިން މެންޗެސްޓާ ޔުނައިޓެޑާ އެއްވަރުކޮށްފި އެވެ.

ބާސެލޯނާގެ ލޯން އެއްބަސްވުމެއްގެ ދަށުން އެސްޓަން ވިލާ އަށް ކުޅެން އެެއްބަސްވި ކުޓީނިއޯ މިރޭ ފުރަތަމަ ފަހަރަށް އެ ޓީމުގެ ޖޯޒީގައި ކުޅެން ނުކުތީ މެޗުގެ 68 ވަނަ މިނިޓްގަ އެވެ. އޭރު ލީޑުގައި އޮތީ 2-0 އިން ޔުނައިޓެޑް އެވެ. އެސްޓަން ވިލާ އިން މެޗުގެ 77 ވަަނަ މިނިޓްގައި ޖޭކަބް ރާމްސީ ގޯލު ޖެހީ ކުޓީނިއޯ ތަނަވަސްކުރި އެޓޭކެއްގަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ރާމްސީ ދިން ބޯޅައަކުން ކުޓީނިއޯ ވަނީ ގޯލެއް ޖަހައި އެސްޓަން ވިލާ އަށް އެއްވަރުކޮށްދީފަ އެވެ.

ކުޓީނިއޯ މި ވަނީ ތިން ޓީމަކަށް ކުޅެމުން ޔުނައިޓެޑް ކޮޅަށް ގޯލު ޖަހައިފަ އެވެ. މީގެ ކުރިން ލިވަޕޫލަށް ކުޅެމުންނާއި ބާސެލޯނާ ޖޯޒީގައި ޔުނައިޓެޑް ކޮޅަށް ގޯލު ޖެހި އެވެ.

ޔުނައިޓެޑުން މިރޭގެ މެޗަށް ނުކުތީ އަނިޔާގެ ސަބަބުން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މާކަސް ރެޝްފޯޑް ނެތި އެވެ. ޔުނައިޓެޑްގެ ދެ ގޯލު ޖެހީ ވެސް މިރޭ ކެޕްޓަން ބޭންޑް އަޅައިގެން ކުުޅުނު ބްރޫނޯ ފެނާންޑޭސް އެވެ. މެޗުގެ ހަ ވަނަ މިނިޓްގައި އޭރިއާބޭރުން ފެނާންޑޭސް ޖެހި ބޯޅަ ހިފަން އުޅުމުގެ ތެރޭގައި އެސްޓަން ވިލާ ކީޕަރު އެމިލިއާނޯ މާޓީނޭޒް އަތުގައި ޖެހިފައި ވަނީ ގޯލަށެވެ.

އެސްޓަން ވިލާ އިން ނަތީޖާ ހަމަހަމަކުރަން ފޮނުވާލި ގިނަ ބޯޅަތަކެއް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ. އެމީ ބުއެންޑީއާ އާއި ލޫކަ ޑީނިއާ އަދި ރަމްސީ ޖެހި ބޯޅަތައް ޑެހެއާ ހުއްޓުވިފަހުން މެޗުގެ 67 ވަނަ މިނިޓްގައި ފެނާންޑޭސް ވަނީ ޔުނައިޓެޑަށް ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ.

އެކަމަކު، އެސްޓަން ވިލާގެ ކޯޗު ސްޓީވެން ޖެރާޑް ވަނީ ކުޓީނިއޯ އާއި ޒުވާން ކުޅުންތެރިޔާ ކާނީ ޗުކުމޭކާ ކުޅެން އަރުވައި މެޗުގެ އޮއެވަރު ބަދަލުކޮށްލައިފަ އެވެ. ކުޓީނިއޯ އާއި ޗުކުމޭކާ ގުޅިގެން އުފެއްދި އެޓޭކެއްގައި ރަމްސީ އެސްޓަން ވިލާގެ ފުރަތަމަ ގޯލު ޖަހައި، އޭގެ ފަހުން ރަމްސީ ވަނީ ކުޓީނިއޯ އަށް ނަތީޖާ ހަމަހަމަ ކުރި ގޯލަށް ފުރުސަތު ތަނަވަސްކޮށްދީފަ އެެވެ.

މިރޭގެ މެޗުން މޮޅުވެގެން ޔުނައިޓެޑަށް ހަ ވަނަ އަށް އެރުމުގެ ފުރުސަތު އޮތް ނަމަވެސް އެއްވަރުވުމުން އޮތީ ހަތް ވަނައިގަ އެވެ. އެއީ 20 މެޗުން 32 ޕޮއިންޓާ އެކު އެވެ. ހަ ވަނައިގައި އޮތީ 18 މެޗުން 33 ޕޮއިންޓް ހޯދާފައިވާ ޓޮޓެންހަމް ހޮޓްސްޕާސް އެވެ. ފަސް ވަނައިގައި 20 މެޗުން 35 ޕޮއިންޓާ އެކު އާސެނަލް އޮތްއިރު،. މާދަމާރޭ އާސެނަލާއި ޓޮޓެންހަމް ކުޅެން އޮތް މެޗު ވަނީ އާސެނަލުން އެދިގެން ފަސްކޮށްފަ އެވެ. އެއީ އާސެނަލްގައި ކޮވިޑް-19ގެ ހާލަތު ގޯސްވުމުންނެވެ.

ހަތަރު ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް 21 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، މާދަމާރޭ ލީޑްސް ޔުނައިޓެޑް ބަލިކޮށް އެ މަގާމުގައި ލީޑެއް ނެގުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox