157 މިިލިއަން ޑޮލަރުގެ ވެއްޓުމެއް: ބާސެލޯނާ އިން ކުޓީނިއޯ އެސްޓަން ވިލާ އަށް ވިއްކާލައިފި!

May 12, 2022, 7:54 PM
157 މިިލިއަން ޑޮލަރުގެ ވެއްޓުމެއް: ބާސެލޯނާ އިން ކުޓީނިއޯ އެސްޓަން ވިލާ އަށް ވިއްކާލައިފި!

ބާމިންހަމް (މެއި 12) - ބާސެލޯނާ އިން ފިލިއްޕޭ ކުޓީނިއޯ، 21 މިލިއަން ޑޮލަރަށް އެސްޓަން ވިލާ އަށް ވިއްކާލައިފި އެވެ.

ކުޓީނިއޯ، 29، 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ބާސެލޯނާ އަށް ގެންދިޔައީ 178 މިލިއަން ޑޮލަރަށެވެ. ކުޓީނިއޯ ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ބަޔާން މިއުނިކަށް އެއް ސީޒަނުގައި ކުޅެފަ އެވެ. މިދިޔަ ޖެނުއަރީ މަހު ލޯން އެއްބަސްވުމެއްގެ ދަށުން ވިލާ އިން ކުޓީނިއޯ ގެނައިރު، އެ ކޮންޓްރެކްޓް ދާއިމީ ކުރީ 21 މިލިއަން ޑޮލަރަށެވެ. މިއީ އަގަށް ބަލާއިރު، 157 މިލިއަން ޑޮލަރުގެ ވެއްޓުމެކެވެ.

ވިލާއާ އެކު ކުޓީނިއޯ ކޮންޓްރެކްޓް ހެދީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެ މުއްދަތުގެ ކުރިން ވިލާ އިން ކުޓީނިއޯ އެހެން ކްލަބަަކަށް ވިއްކާލަނަމަ ލިބޭ ފީގެ 50 ޕަސެންޓް ބާސެލޯނާ އަށް ދައްކަން ޖެހޭނެ އެވެ.

ބާސެލޯނާއާ އެކު ދެ ފަަހަރު ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ) ކާމިޔާބުކުރި ނަމަވެސް ކުޓީނިއޯ އަށް އެ ޓީމުގައި އޭނާގެ އެންމެ މޮޅު ކުޅުން ނުދެއްކެ އެވެ. ބާސެލޯނާ އަށް ކުޅެދިން 106 މެޗުން ކުޓީނިއޯ ވަނީ 26 ގޯލު ޖަހައިފަ އެވެ. ކުޓީނިއޯ ވަނީ ލޯނަކަށް ބަޔާނަށް ކުޅުނުއިރު، ޖަރުމަނު ލީގާއި ޖަރުމަނު ކަޕް އަދި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު، ކުޓީނިއޯ ވަނީ ބަޔާނުން 8-2 އިން ބާސެލޯނާ ބަލިކުރި މެޗުގައި ދެ ގޯލު ޖަހައިފަ އެވެ.

ވިލާ އަށް ބަދަލުވި ފަހުން ކުޅުނު 16 މެޗުގައި ކުޓީނިއޯ ވަނީ ހަތަރު ގޯލު ޖަހައި، ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ކުޓީނިއޯ، ވިލާއާ ގުޅުނީ އެ ޓީމުގެ ކޯޗަކަށް ހުރި ސްޓީވެން ޖެރާޑާ އެކު މަސައްކަތްކުރުމުގެ ޝައުގުވެރިކަން ހުރުމުންނެވެ. ޖެރާޑް ވަނީ ކުޓީނިއޯ ކޮންޓްރެކްޓް ދާއިމީ ކުރުމަކީ ވިލާ އަށް ވަރަށް އުފާވެރި ހަބަރެއް ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox