ދަ ޑިމޮކްރެޓްސް ދޫކޮށްލުމުން ރިޝްވަތުގެ ތުހުމަތުކޮށް މައްސަލަ ބަލަށް ނަޝީދު ޕޮލިހަށް ހުށަހަޅައިފި

ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބޭރުގައި. އެމަނިކުފާނު އިސްވެ އުފެއްދެވި ޕާޓީގެ ބައެއް މެމްބަރުން އަލުން އެނބުރި އެމްޑީޕީއަށް ދަނީ ސޮއިކުރަމުން. --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބޭރުގައި. އެމަނިކުފާނު އިސްވެ އުފެއްދެވި ޕާޓީގެ ބައެއް މެމްބަރުން އަލުން އެނބުރި އެމްޑީޕީއަށް ދަނީ ސޮއިކުރަމުން. --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދަ ޑިމޮކްރެޓްސް ދޫކޮށް ދިޔަ މެމްބަރުންނަށް އެ ޕާޓީގެ ބާނީ މުހައްމަދު ނަޝީދު ރިޝްވަތުގެ ތުހުމަތުކޮށް، މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެ މައްސަލަ ބަލައި ދިނުމަށް އެދި ޕޮލިހަށް މިއަދު ހުށަހަޅުއްވައިފި އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ދެ ހަފުތާއަށް ވެފައިވާއިރު އަދި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކު ވާދަ ކުރައްވަނިކޮށް އެ ޕާޓީ ދޫކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވައި އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައި ވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އެވެ. އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވަނީ އެމްޑީޕީ ދޫކޮށް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒަށް ތާއިދު ކުރައްވައިފަ އެވެ.

ނަޝީދު ތުހުމަތު ކުރެއްވީ ހަމައެކަނި ރައީސް ސޯލިހަށެވެ.

ނަޝީދު ވަނީ ޔާސިރު އާއި ޝިޔާން އަލުން އަނބުރާ އެމްޑީޕީއަށް ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައުލަތުގެ ފައިސާ ބޭނުންކުރައްވައިގެން ރިޝްވަތު ދީފައިވާ ކަމަށް ވަރަށް ފާޅުގައި މިއަދު ވިދާޅުވެފަ އެވެ.

އެފަދަ ތުހުމަތެއް އެމަނިކުފާނު ކުރައްވާފައި ވާއިރު ރިޝްވަތުގެ އަމަލު އެ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމަށް ބުނެ އެކަން ބަލައިދިނުމަށް އެދި ނަޝީދު ހުށަހެޅުއްވި ކަމަށް ރައްޔިތުންގެ މަޖިލީހުން "އަދަދު" އަށް ވަނީ ޔަގީންކޮށްދީފަ އެވެ.

"ރިޔާސީ އިންތިހާބާ ދިމާކޮށް މަޖިލީސް މެންބަރުން ސިޔާސީ ޕާޓީ ބަދަލުކުރުމުގައި ރިޝްވަތުގެ އަމަލު ހިމެނޭ ކަމަށް ތުހުމަތު ކުރެވޭތީ މަޖިލީހުގެ ރައީސް ވަނީ އެކަން ބައްލަވާ ދެއްވުން އެދިވަޑައިގެން ފުލުހަށް ހުށަހަޅުއްވާފަ،" މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ފޮނުއްވި މެސެޖެއްގައި ވެ އެވެ.

މި ތުހުމަތުތަކަށް ބާރު ލިބޭ އެއްވެސް ލިޔެކިޔުމެއް ނުވަތަ އެހެންވެސް ހެއްކެއް ނަޝީދަށް ލިބިވަޑައިގެންފައިވޭތޯ، އަދި އެފަދަ ހެއްކެއް ޕޮލިހަށް ހުށަހެޅުއްވިތޯ ސުވާލުކުރުމުން، އެ މެސެޖު ބެއްލެވުމަށް ފަހު ޒިޔާއު ޖަވާބެއް ނުދެއްވި އެވެ.

މިކަމާ ގުޅިގެން އަދި ފުލުހުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވެ އެވެ.

ޔާސިރު އާއި ޝިޔާން އާ ދެ ބޭފުޅުން ވެސް ޕާޓީ ބަދަލުކުރުމުގައި ފައިސާ ހިމެނޭ ކަމަށް ބުނެ ނަޝީދު ކުރާ ތުހުމަތު ދޮގުކުރައްވަ އެވެ.

ޝިޔާން ވިދާޅުވީ "[ތޮއްޑޫ] ދާއިރާ އާއި މުޅި ރާއްޖޭގެ ގިނަ ރައްޔިތުންގެ ވިންދާ އެއްގޮތަށް ވިސްނުން ބަދަލުކޮށް އެމްޑީޕީއާ އަލުން ގުޅިއްޖައިން" ކަމަށެވެ.

މެމްބަރުންނާ ގުޅޭ ރިޝްވަތުގެ މައްސަލައެއް ނަޝީދު ޕޮލިހަށް ހުށަހެޅުއްވިއިރު، މަޖިލީހަށް ހުށަހަޅާފައިވާ އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިޔުން ވަނީ ހުއްޓުވައިފަ އެވެ.

މަޖިލީހުގައި މެމްބަރުން ޕާޓީތައް ތަމްސީލުކުރާ ގޮތަށް އައި ބަދަލާ ގުޅިގެން އަލުން ކޮމިޓީތައް އެކުލަވާލެވިފައި ނުވާތީ އަދިވެސް މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދެ އެވެ.

ދަ ޑިމޮކްރެޓްސްއާ ގުޅުނު ދެ މެމްބަރަކު އެ ޕާޓީ ދޫކޮށްލާފައިވާއިރު، އެ ޕާޓީ އުފެއްދުމަށް އެމްޑީޕީން އެއް ފަހަރާ 13 މެމްބަރަކު ވަކިވެވަޑައިގަތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox