މުއިއްޒުގެ ކެމްޕޭނު ދަތުރުތައް ފަށައިފި، ޝެޑިއުލްގައި ހުރިހާ ރަށެއް ނެތް!

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަދި އެ ޕާޓީގެ ރައީސް އަބްދުރަހީމް އަބްދުﷲ މިއަދު ހދ. އަތޮޅަށް ވަޑައިގަތުމަށް މަތިންދާ ބޯޓުގައި. -- ފޮޓޯ: ޕީޕީއެމް

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަދި އެ ޕާޓީގެ ރައީސް އަބްދުރަހީމް އަބްދުﷲ މިއަދު ހދ. އަތޮޅަށް ވަޑައިގަތުމަށް މަތިންދާ ބޯޓުގައި. -- ފޮޓޯ: ޕީޕީއެމް

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނު ދަތުރުތައް މިއަދު ފަށައިފި އެވެ. ނަމަވެސް އޭނާގެ ޝެޑިއުލްގައި ރާއްޖޭގެ ހުރިހާ ރަށެއް ނެތެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލު "އަދަދު" ނޫހަށް ވިދާޅުވީ ކެމްޕޭނު ދަތުރުތައް ފަށަނީ ހދ. އަތޮޅުން ކަމަށެވެ.

"މިއަދު ހެނދުނު ހަނިމާދޫ އަށް ވަޑައިގަންނަވާނެ. މިއަދު ވަޑައިގަންނަވާނީ އެ އަތޮޅުގެ ތިން ރަށަކަށް. ކޮންމެ ރަށެއްގައި ވެސް ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ހިޔާލު ހޯއްދަވައި، އެ ރަށަށަށް [މުއިއްޒުގެ ވެރިކަމެއްގައި] ކޮށްދެއްވާނެ ކަންކަން ހިއްސާ ކުރައްވާނެ،" ތޮލާލު ވިދާޅުވި އެވެ.

މިއަދު ވަޑައިގަންނަވާ ރަށްތައް

  • ހަނިމާދޫ
  • ނޮޅިވަރަމް
  • ކުޅުދުއްފުށި

މިރޭ ކުޅުދުއްފުށީގައި ބޮޑު ޖަލްސާއެއް ބާއްވާނެ އެވެ.

ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒުގެ ފުރަތަމަ ކެމްޕޭނު ދަތުރުގައި ރަނިންމޭޓު ހުސައިން މުހައްމަދު ލަތީފުގެ އޮތުރުން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވާ. -- ފޮޓޯ: ޕީޕީއެމް
ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒުގެ ފުރަތަމަ ކެމްޕޭނު ދަތުރުގައި ރަނިންމޭޓު ހުސައިން މުހައްމަދު ލަތީފުގެ އޮތުރުން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވާ. -- ފޮޓޯ: ޕީޕީއެމް

ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒުގެ ފުރަތަމަ ކެމްޕޭނު ދަތުރުގައި ރަނިންމޭޓު ހުސައިން މުހައްމަދު ލަތީފުގެ އޮތުރުން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވާ. -- ފޮޓޯ: ޕީޕީއެމް

މުއިއްޒުގެ ކެމްޕޭނު ދަތުރުގައި ރަނިންމޭޓު ހުސައިން މުހައްމަދު ލަތީފު އާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އިތުރުން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.

ތިން ދުވަހުގެ ކެމްޕޭނު ދަތުރުގައި ހއ. އަދި ހދ. އަތޮޅުގެ ޖުމުލަ 11 ރަށަކަށް މުއިއްޒު ވަޑައިގަތުމަށް ވަނީ ނިންމަވާފަ އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް 27 ދުވަހަށް ވެފައިވާއިރު، ހުރިހާ ރަށަކަށް މުއިއްޒު ވަޑައެއް ނުގަންނަވާނެ އެވެ.

"މި އޮތް ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ވީހާ ވެސް ގިނަ ރަށަކަށް ކެންޑިޑޭޓު ވަޑައިގަތުމަށް. ކެންޑިޑޭޓަށް ވަޑައިނުގެންނެވޭ ރަށްރަށަށް ރަނިންމޭޓު ވަޑައިގަންނަވާނެ. އެ ދެބޭފުޅުންނަށް ވަޑައިނުގެންނެވޭ ރަށްތަކަށް ލީޑަޝިޕްގެ ބޭފުޅުން ވަޑައިގަންނަވާނެ،" ތޮލާލު ވިދާޅުވި އެވެ.

މުއިއްޒުގެ ދަތުރުތައް ހއ. އަދި ހދ. އަތޮޅަށް ފެއްޓެވިއިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަޑައިގަންނަވާނީ ނ. އަތޮޅަށެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox