ޕީއެންސީގެ މެޖޯރިޓީ އޮތް ބ. ގޮއިދޫ ކައުންސިލުންވެސް ގޮވާލީ ބިން އަތުލެވޭ އިސްލާހު އަނބުރާ ގެންދަން

ބ. ގޮއިދޫ ކައުންސިލް

ބ. ގޮއިދޫ ކައުންސިލް

 ރަށްތަކާއި ސިޓީ ކައުންސިލުތަކުގެ އިހުތިސާސުން ބިންތަކާއި ތަންތަން މައި ސަރުކާރުން ބޭނުން އިރެއްގައި ވަކިކޮށް، އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހު އަނބުރާ ގެންދަން ޕީއެންސީގެ މެޖޯރިޓީ އޮތް ބ. ގޮއިދޫ ކައުންސިލުން އިއްޔެ ގޮވާލައިފި އެވެ. 

ބިން އަތުލެވޭ އިސްލާހު އަނބުރާ ގެންދަން ގޮވާލައި ގޮއިދޫ ކައުންސިލުން ނެރުނު ގަރާރުގައި ޕީއެންސީއަށް ނިސްބަތްވާ ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝާނީޒް އާއި ޕީއެންސީއަށް ނިސްބަތްވާ ކައުންސިލްގެ ނައިބުރައީސް ރިޒްވާނާ އަބޫބަކުރު އަދި އެމްޑީޕީއަށް ނިސްބަތްވާާ ކައުންސިލްގެ މެންބަރު މުހައްމަދު ނާފިޒު ސޮއިކުރެއްވި އެވެ. 

ގޮއިދޫ ކައުންސިލުން ބުނީ ލާމަރުކަޒީ ގާނޫނަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ އިސްލާހުތަކަކީ ގާނޫނުއަސާސީގެ ރައްޔިތުންގެ ބާރާއި، ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ މަގްސަދާއި ބޭނުމާއި، ރާއްޖެ ހޯދާފައިވާ ޑިމޮކްރެޓިކް ހުރިހާ ކުރިއެރުންތަކަކާ ކަނޑއެޅިގެން ހިލާފު އިސްލާހުތަކެއް ކަމަށެވެ. 

މި އިސްލާހުތައް މަޖިލީހުން ފާސްވެއްޖެނަމަ، ރަށްރަށުގެ އިހްތިސާސް ތެރެއިން ބޭނުން ތަނެއް، ބޭނުން އިރަކު، ބޭނުން ގޮތަކަށް، މާލޭގައި ތިއްބަވާ މަރުކަޒީ ވެރިންނަށް އަތުލައިގަނެވުމުގެ ޖާގަ ފަހިވާކަން ފާހަގަކޮށް ގޮއިދޫ ކައުންސިލުން ބުނީ އެ ހިސާބުން ރައްޔިތުން އަތުން އިހްތިސާސްގެ މިލްކުވެރިކަން ބީވެދިޔައީ ކަމަށެވެ. 

"މި ބިލުގައިވާގޮތުން މިއިންކަމަކާ ދެކޮޅަށް ރައްޔިތުންގެ ފަރާތުން ބަހެއް ބުނެ ދެކޮޅު ހެދުމަކީވެސް، ކުށްވެރިވާ މަނާ ކަމަކަށް ބަދަލުވީ. ރައްޔިތުން އިންތިހާބުކުރާ މަންދޫބުންނަށް ފިޔަވަޅު އަޅައި ސަސްޕެންޑުކޮށް ވަކިކުރުމުގެ ބާރުވެސް މަރުކަޒީ އިދާރާތަކަށް މާސާފުކޮށް ލިބިދެވުނީ. މިއީ ސީދާކޮށް ލާމަރުކަޒީ ނިޒާމު ރޫޅާލައި، ރައްޔިތުންގެ ރަށުބާރުވެރިކަން އުވާލުމުގެ އިސްލާހެއް،" ކައުންސިލުން ބުންޏެވެ. 

ގޮއިދޫ ކައުންސިލުގެ އިތުރުން ބ. ފެހެންދޫ އަދި ބ. ތުޅާދޫ ކައުންސިލުންވެސް ވަނީ މި އިސްލާހު ބޭރުކުރަން ގޮވާލައި ގަރާރެއް ނެރެފަ އެވެ. 

އެ ބިލުގައި ބުނެފައިވާ ގޮތުގައި ރަށްރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓު ޕްލޭން ފާސްކުރުމުގެ ކުރިން ވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއުއެއް ހިންގަން ބިމެއް ހޯދަން އެދޭ ހާލަތްތަކުގައި އެ ބިން ސަރުކާރާ ހަވާލުކުރަން ޖެހެ އެވެ. 

މިފަދަ ބިލެއް މަޖިލީހަށް ހުށަހަޅާފައި މިވަނީ ސަރުކާރުން ބޭނުންވާ ބިންތައް ދިނުމަށް ބައެއް ކައުންސިލްތަކުން ދެކޮޅު ހަދަމުންދާ ދަނޑިވަޅެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox