އީގަލްސް އިން އެދުނު ގޮތަށް މެޗު ފަސްކޮށްދީފި

Aug 9, 2023, 8:13 AM
ލީގުގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު އީގަލްސް ކުޅުންތެރިން އުފާފާޅުކުރަނީ.---- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ލީގުގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު އީގަލްސް ކުޅުންތެރިން އުފާފާޅުކުރަނީ.---- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކްލަބް އީގަލްސް އިން ކުޅެން ހަމަޖެހިފައި އޮތް މެޗު އެ ކްލަބުން އެދުނު ގޮތަށް ފަސްކޮށްދޭން އެފްއޭއެމް އިން ނިންމައިފި އެވެ.

އޭއެފްސީ ޕްރިލިމިނަރީ ބުރުގައި މި މަހު 16 ވަނަ ދުވަހު ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް އީގަލްސް އިން ކުޅެން އޮތް މެޗަށް އެ ޓީމުން ދިގު ދަތުރެއް ކުރަން ޖެހޭތީ އާއި އެ މެޗަށް ތައްޔާރުވާން ވަގުުތު ބޭނުންވާތީ، މިރޭ ލީގުގައި މާޒިޔާއާ ކުޅެން އޮތް މެޗު ފަސްކޮށްދޭން އީގަލްސް އިން ވަނީ ހުށަހަޅައިފަ އެވެ.

އެފްއޭއެމް އިން މިއަދު ބުނީ މިރޭގެ މެޗު ފަސްކުރަން ނިންމާފައިވާ ކަމަށާއި އެ މެޗު ދެން ތާވަލުކުރެވޭނެ ތާރީހެއް ފަހުން އަންގާނެ ކަމަށެވެ.

ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި މާޒިޔާ އިން ނުކުތީ އީގަލްސްއާ ދެކޮޅަށެވެ. އެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މިއީ ކްލަބް އީގަލްސް އިން އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވާދަކުރާ ދެ ވަނަ ފަހަރެވެ. އެ ޓީމުން އެންމެ ފަހުން ކޮލިފައިންގައި ވާދަކުރި ފަަހަރު ޕްލޭއޮފްގައި ބަލިވީ ބެންގަލޫރު އަތުންނެވެ. އެ ގޮތުން، 2021 ގައި އީގަލްސް އިން ޓީމުން ޕްރިލިމިނަރީ ފުރަތަމަ ބުރުގައި މާލޭގައި ބޫޓާންގެ ތިމްޕޫ ސިޓީ އަތުން މޮޅުވި އެވެ. ޕްރިލިމިނަރީ ދެ ވަނަ ބުރުގައި އީގަލްސް އިން ކުޅެން ޖެހުނީ ބަންގްލަދޭޝްގެ އަބަހާނީއާ އެވެ. އެ ފަހަރު، އަބަހާނީ އަށް އެ ގައުމުގައި މެޗު ކުޅެވޭގޮތް ނުވެ، ދަތުރުކުރުމުގައި ވެސް ދަތިވެފައިވާތީވެ، އެ މެޗު އީގަލްސް އަށް ލިބި ޕްލޭއޮފަށް ދަތުރުކުރީ އެެވެ.

ޕްލޭއޮފް ބުރުގައި 2021 ވަނަ އަހަރުގެ މެއި މަހު މާލޭގައި ކުޅެން އޮތް މެޗަށް އައިސް އިންޑިއާގެ ބެންގަލޫރުން ކޮވިޑް ޕްރޮޓޮކޯލާ ހިލާފުވުމުން، އޭއެފްސީން އެ ވަގުތު ވަނީ މެޗު ފަސްކޮށްފަ އެެވެ. ފަހުން އޮގަސްޓް މަހު އެ މެޗު އަލުން ކުޅުނުއިރު، އީގަލްސް ވަނީ ބެންގަލޫރު އަތުން ބަލިވެފަ އެވެ.

އަބަހާނީ ބަލިކޮށްގެން، މި ފަހަރުގެ ޕްލޭއޮފް ބުރަށް އީގަލްސް ދަތުރުކޮށްފިނަމަ އެ ބުރުގައި ކުޅެން ޖެހޭނީ އިންޑިއާގެ މޯހަން ބަގާން އާއި ނޭޕާލުގެ މަޗިންދުރަ އެފްސީ ކުޅެގެން މޮޅުވާ ޓީމަކާ އެވެ. ޕްލޭއޮފުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕުން ފުރުސަތު ލިބޭނެ އެވެ. އެ ގްރޫޕްގައި މި ވަގުތު ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox