ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާނަށް ތިން އަހަރުގެ ޖަލު ހުކުމެއް

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާން. -- ފޮޓޯ: އޭއެފްޕީ

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާން. -- ފޮޓޯ: އޭއެފްޕީ

އިސްލާމްއާބާދް، ޕާކިސްތާން (އޯގަސްޓް 5) - ކޮރަޕްޝަންގެ ކުށް ސާބިތުވެ، ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާންގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

ލާހޯރްގައި ގެކޮޅުގައި ހުންނަވަނިކޮށް، ފުލުހުން އައިސް އިމްރާން ހައްޔަރުކޮށްގެން ވަނީ ޖަލަށް ގެންގޮސްފަ އެވެ. އެއާ އެކު ގައުމުގެ އެކި ހިސާބުތަކުގައި ކުދި އެއްވުންތައް ބޭއްވި އެވެ.

ޕާކިސްތާނުގައި ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ އެއްވެސް އިންތިހާބެއްގައި ވާދަނުކުރެވޭނެ އެވެ. ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ޕާލަމެންޓް އުވާލައި، ނޮވެމްބަރުގެ ކުރިން އިންތިހާބެއް ބާއްވާނެ ކަމަށް ބެލެވެ އެވެ.

ކޯޓުން ކުރި ހުކުމުގައި ބުނީ ބޮޑު ވަޒީރުގެ މަގާމުގައި ހުންނަވަނިކޮށް ލިބުނު ހަދިޔާތަކާ ގުޅޭ ސާފު މައުލޫމާތު ހާމަކުރުމުގައި ފެއިލްވެފައި ވާތީ އެއްވެސް ޝައްކެއް ނެތް މިންވަރަށް އިމްރާން ހާންގެ ހީލަތްތެރިކަން ޔަގީންވާ ކަމަށެވެ.

ހަމަ އެ މައްސަލައިގައި މިދިޔަ މޭ މަހު އިމްރާން ހާން ހައްޔަރު ކުރުމުން ޕާކިސްތާނުގެ މަޝްރަހު ހޫނުވެ، ބޮޑެތި މުޒާހަރާތައް ކުރި އެވެ.

އޭގެ ފަހުން ދޫކޮށްލުމާ އެކު އެމަނިކުފާނުގެ ޕާޓީއާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފެށި އެވެ. އެތައް ހާސް ބަޔަކު ހައްޔަރުކޮށް، ނޫސްތަކުން ވެސް އިމްރާން ހާންގެ ވާހަކަތައް ގެނައުން މަނާކުރި އެވެ.

އެހެން ނަމަވެސް، އެމަނިކުފާނަކީ އަދިވެސް ޕާކިސްތާނުގެ އެންމެ މަގްބޫލު އެއް ލީޑަރެވެ. އެގޮތުން މިދިޔަ މަހު ޓިކްޓިކް ޗެނަލަށް ދޫކޮށްލެއްވި ފުރަތަމަ ވީޑިއޯ 135 މިލިއަން މީހުން ބަލައި، 36 ގަޑިއިރުގެ ތެރޭގައި 4.5 މިލިއަން ލައިކްސް ލިބުނެވެ.

ހޮނިހިރު ދުވަހު ހުކުމް އިއްވައި، އަލުން ހައްޔަރު ކުރުމާ އެކު، ރިކޯޑުކޮށްފަައިވާ މެސެޖެއް އެކްސް އެކައުންޓެއްގައި އާއްމުކުރި އެވެ. އެ މެސެޖުގައި ގޮވާލެއްވީ ސަޕޯޓަރުން މަގުތަކަށް ނިކުތުމަށެވެ.

އުމުރުން 70 އަހަރުގެ އިމްރާން ވިދާޅުވަނީ ހުރިހާ ދައުވާތަކެއް ވެސް އުފުލީ ސިޔާސީ ބޭނުމަށް ކަމަށެވެ. އެމަނިކުފާނު މަގާމުން ދުރުކުރީ މިދިޔަ އަހަަރު ޕާލަމެންޓުން ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox