ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވުމުން ނުރުހުން ފާޅުކޮށްފި

ރައީސް މުހައްމަދު މުއިއްޒު: އެމަނިކުފާނު ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުނުކުރެއްވުމުން ފާޑުކިޔުން ވަނީ އަމާޒުވެފައި -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު: އެމަނިކުފާނު ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުނުކުރެއްވުމުން ފާޑުކިޔުން ވަނީ އަމާޒުވެފައި -- ފޮޓޯ: ރައީސް އޮފީސް

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ ރައީސް މުހައްމަދު މުއިއްޒު ބައްދަލުކުރައްވާ ގޮތަށް ހަމަޖެއްސުމަށްފަހު، އެންމެ ފަހުވަގުތު އެ ހަފްލާ ކެންސަލްކުރުމުން ބައެއް ދިވެހިން ނުރުހުން ފާޅުކޮށްފި އެވެ. 

ޕާކިސްތާނުގައި ދިރިއުޅޭ 20 ދިވެއްސަކު ސޯޝަލް މީޑިއާގައި ނެރުނު ކުރު ބަޔާނެއްގައި ބުނީ  މުއިއްޒު ކުރެއްވި ދަތުރުގައި ދިވެހިންނާ ބައްދަލުކުރެއްވުމަކީ އެންމެ އިސްކަން ދޭނެ ކަމަށް ނުވިޔަސް، އެ ބައްދަލުވުމަކީ ދެ ހަފްތާ ކުރިން އޮންނާނެ ކަމަށް ބުނެ ދައުވަތު ދިން ބައްދަލުވުމަކަށްވާތީ ތައްޔާރުވި ކަމަށެވެ. 

ނަމަވެސް އެ ބައްދަލުވުން އޮންނާނެކަމުގެ ޔަގީންކަން އެކިފަހަރު މަތިން ދިނުމަށްފަހު ބައްދަލުވުން ނޯންނާނެ ކަމަށް އެންގުމުން އެކަމާ ވަރަށް ބޮޑަށް މާޔޫސްވި ކަމަށް އެ ދިވެހިން ބުންޏެވެ. 

މީގެއިތުރުން މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް ޕާކިސްތާނުގެ ފެޝަން އެންޑް ލައިފްސްޓައިލް މެގަޒިންއަށް އެކްސްކްލޫސިވް އިންޓަވިއުއެއް ދެއްވަން ވަގުތު ލިބިވަޑައިގެންއިރު، ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވަން ވަގުތު ލިބިވަޑައިނުގަތުމުންވެސް އެ ދިވެހިން ނުރުހުން ފާޅުކުރި އެވެ. 

ޕާކިސްތާނުގައި ކިޔަވާ ދިވެހި ދަރިވަރަކު ބުނީ ބައްދަލުވުން ބާއްވާނެކަމުގެ ޔަގީންކަން ޕާކިސްތާނުގައި ހުންނަ ދިވެހި ހައި ކޮމިޝަނުން ދިނުމަށްފަހު، އެއްވެސް ހަބަރެއްވެސް ނުވެ ދިޔަ ކަމަށެވެ. ވީ ގޮތެއްވެސް ސާފުކޮށްނުދީ ދަރިވަރުންނާމެދު ކަންތައް ކުރި ގޮތުން އެ ދަރިވަރު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. 

މީގެކުރިން މުއިއްޒު ބޭރުގެ ގައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުގެ ތެރެއިން ދިވެހިންނާ ބައްދަލުކުރައްވަ އެވެ. ނަމަވެސް ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ އެމަނިކުފާނު ބައްދަލުނުކުރައްވަން ފަހުވަގުތު ނިންމެވި ސަބަބެއް ނޭނގެ އެވެ. 

މިކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އަށް މެސެޖުކުރުމުން ޖަވާބެއް ނުދެއްވަ އެވެ. 

މުއިއްޒުގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ތިން ދުވަހުގެ ދަތުރަށްފަހު އެނބުރި ރާއްޖެ ވަޑައިގަތީ މިއަދު އެވެ. އެމަނިކުފާނު ޕާކިސްތާނަށް ކުރެއްވި ދަތުރުގައި އެ ގައުމާއި ރާއްޖެއާ ދެމެދު 20 އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ. އޭގެއިތުރުން އެ ދަތުރުގެ ތެރެއިން ރާއްޖެ-ޕާކިސްތާން އިންވެސްޓްމަންޓް ފޯރަމެއްވެސް ވަނީ ބާއްވާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox