ސީޒަން ތެރޭގައި ފުޓްސަލް ކުޅުން އިންމަ ދެކޭގޮތު ރަނގަޅެއް ނޫން

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިންމަ ވާހަކަ ދައްކަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިންމަ ވާހަކަ ދައްކަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކުޅުންތެރިން، ސީޒަން ތެރޭގައި ފުޓްސަލް މުބާރާތްތަކުގައި ކުޅުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށާއި އެހެން ނަމަވެސް ކުޅުންތެރިންގެ ވަޒީފާގެ ކަންކަން ހުންނަ ގޮތުން، އެކަން ހުއްޓުވޭނެ ގޮތެއް ވެސް ކޯޗުންނަށް ނޯންނާނެ ކަމަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.

ސަރުކާރު ކުންފުނިތަކާއި އޮފީސްތަކަށް ބާއްވާ ކްލަބް މޯލްޑިވްސްގެ މުބާރާތްތަކުގައި ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުގެ ގިނަ ކުޅުންތެރިންތަކެއް އަންނަނީ ކުޅެމުންނެވެ. އެ ގޮތުން، ޝެޑިއުލް ދިމާވާ ގޮތުން، އެއް ދުވަހެއްގައި ބައެއް ކުޅުންތެރިންނަށް ދެ މުބާރާތުގައި މެޗު ކުޅެން ޖެހޭ ހާލަތު ވެސް އަންނަނީ ކުރިމަތިވަމުންނެވެ.

ދާދި ފަހުން، އޭއެފްސީ ޕްރޯ ލައިސަންސް ހާސިލްކުރި ކޯޗު އިންމަ ބުނީ، އޭނާ ކޯޗުކޮށްދެމުން އަންނަ ސަސް އަށް ވެސް ކުޅުންތެރިން މެނޭޖްކޮށް ރިކަވަރީ އަށް ފޯކަސް ކުރަން ބަލާއިރު، މިއީ އުނދަގޫ ދުވަސްތަކެއް ކަމަށެވެ.

"ޓީމުގެ ގިނަ ޕްލޭޔަރުން، މުހިންމު ޕްލޭޔަރުންނަކީ މުހިންމު ކުންފުނިތަކުގައި ސަރުކާރުގައި ވަޒީފާ އަދާކުރާ ކުޅުންތެރިން. އަޅުގަނޑުމެން އެއްވެސް ހާލަތެއްގައި ހުއްޓުވުމުގެ ބާރެއް ނޯންނާނެ. އަޅުގަނޑުމެން އެ ކުޅުންތެރިން ނުވެސް ހުއްޓުވާނަން، ބުނެފައި އޮންނާނީ، އެ ކުދިން ނިސްބަތްވާ ކުންފުންޏަށް މިނިވަންކަމާ އެކު ކުޅުމުގެ ފުރުސަތު އޮންނާނެއޭ. މެނޭޖްމަންޓުން ވެސް ކޯޗިން ސްޓާފުން ވެސް އެ ހުއްޓުވުމުގެ ވިސްނުން ނުވެސް ގެންގުޅެން،" އިންމަ ބުންޏެެވެ.

"ބައެއް ޕްލޭޔަރުން މެޗަށް އެބަ ގެންނަން މެޗު ފައްޓަން ފަސް ވަރަކަށް މިިނިޓް ވާއިރަށް އެ އަދި އެ ކޮޅުގެ މެޗު ކުޅެފައި. މި ކަހަލަ އުނދަގޫތަކެއް ވެސް އެބަހުރި، އެއް ދުވަހު އެ މީހުން މެޗު ކުޅެފައި، އެ ރޭ އެ މީހުން މެޗު ކުޅެފައި، އަނެއް ދުވަހު ހަވީރު އަޅުގަނޑުމެން މެޗު އެބަ ކުޅުވަން. އެ ހާލަތު ވެސް އެބަހުރި ވެސް އައިސްފައި، އެހެންވެ، މި ބުނަނީ އެ މީހުން (ކުޅުންތެރިން)ގެ ރިކަވަރީ އާއި ކޮންސަންޓްރޭޝަން ނުހިފެހެއްޓިއްޖިއްޔާ އުނދަގޫ އަންނާނެ. އިންޖަރީ އިޝޫ ވެސް އަންނާނެ،"

އިންމަ ބުނީ ސަސް އިން މިހާރު ގެންގުޅޭ ވިސްނުމަކީ އެ ގޮތަށް ފުޓްސަލް މެޗު ކުޅެފައި އަންނަ ކުޅުންތެރިން އެ ގޮތަށް އަވަސް އަރުވާލައިގެން ސަސްގެ މެޗުގައި ބޭނުންނުކޮށް، ކުޅުންތެރިޔާ ރިކަވާކޮށްގެން ކުޅެވޭނެ ހައްލެއް ހޯދުމަށެވެ.

ފުޓްސަލް އަކީ ޓެކްނިކަލީ ބަލާއިރު، ފުޓްބޯޅަ ކުޅުންތެރިންނަށް ފައިދާކުރާނެ ކުޅިވަރެއް ކަމަށް އިންމަ ދެކެ އެވެ. އިންމަ ބުނީ ފުޓްސަލް މުބާރާތްތަކުގައި ކުޅުންތެރިން ކުޅުން އެންމެ ރަނގަޅީ އޮފް ސީޒަން ދުވަސްވަރެއްގައި ކަމަށާއި އޭގެ ފައިދާ އޭރުން ފުޓްބޯޅަ އަށް ވެސް ބޮޑުވާނެ ކަމަށެވެ.

އެކަމަކު، ސީޒަން ތެރޭގައި މި ގޮތަށް އަންނަ ފުޓްސަލް މުބާރާތްތަކުގައި ވަޒީފާ އާއި އެހެނިހެން ސަބަބުތަކާ ހެދި ކުޅުންތެރިން ކުޅުވަން ޖެހޭ ކަމަށާއި އެއީ "އަތްނުފޯރުވޭ ހިސާބެއްގައި" އޮތް ކަމެއް ކަމަށް އިންމަ ބުނެފައިވެ އެވެ.

ސަސް މި ވަގުތު ލީގުގެ ހަތަރެއްގައި އޮތީ ތިން ވަނައިގައި އޮތް ބުރު ސްޕޯޓްސް ކްލަބާ އެއްވަރަށް 12 ޕޮއިންޓް ހޯދައިގެންނެވެ. ފުރަތަމަ ބުރުގައި ސަސް އިން ކުޅޭ ފަހު މެޗުގައި މާދަމާ ހަވީރު ބުރުއާ ބައްދަލުކުރާނެ އެވެ.

އިންމަ ބުނީ މުބާރާތަށް ތައްޔާރުވާން ޖެހުނު ހާލަތާ ބަލާއިރު، އެ ދިމާވި ގޮންޖެހުންތަކުގެ ތެރެއިން ވެސް ކުރެވުނު މަސައްކަތްތަކުން، މިހާރު އެކަށީގެންވާ ހިސާބަކަށް އާދެވިފައިވުމަކީ ސީޒަން ނިމޭއިރަށް ޓާގެޓަށް ވާސިލްވާން ބަލާއިރު ފަސޭހައެއް ކަމަށެވެ.

މާލެ ސަރަަހައްދުގައި ފެތުރެމުން އަންނަ ހުމާއި ރޯގާގެ އަސަރު ސަސްގެ ބައެއް ކުޅުންތެރިންނަށް ކޮށްފައިވާ ކަމަށް އިންމަ ވަނީ ބުނެފަ އެވެ.

"މި ސީޒަނަށް ވެސް ކުރިމަތިލީ ލީގުގެ ރަނގަޅު ހިސާބެއްގައި ޓީމު ބާއްވަން، އެ ގޮތުގެ މަތިން ފުރަތަމަ ބުރު ނިމޭއިރު، ޓާގެޓް، ތިނެއް ހަތަރެއްގައި އޮވެއްޖެނަމަ މި ބުރުގެ ޓާގެޓްގެ އަލީގައި ސީޒަން ނިންމާލުމުގެ ފުރުސަތު ލިބިގެންދާނެ. ޓާގެޓަށް ސީޒަން ނިމެންވާއިރަށް ވާސިލްވެވޭނެ،" ކުރިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވެސް ކޯޗުކޮށްދިން އިންމަ ބުންޏެވެ.

އިންމަ ބުނީ އެކި ގޮންޖެހުންތަކާ ހެދި ސަސްގެ ސީނިއާ ކުޅުންތެރިން ނެތް ދަނޑިވަޅެއްގައި ސަސްގެ ޒުވާން ކުޅުންތެރިން ލައިގެން ކުޅެން ޖެހުނު ހާލަތެއް ވެސް ދިމާވި ކަމަށެވެ. އަދި އެ ގޮތަށް ސީނިއާ ކުޅުންތެރިން ނެތި އައި މެޗުތަކެއްގައި ފުރުސަތު ދެވުނު ޒުވާން ކުޅުންތެރިންނަށް ލިބިގެން ދިޔަ ތަޖުރިބާ އަކީ މުސްތަގުބަލުގައި ސަސް އަށް އޭގެ ފައިދާކުރާނެ ކަމެއް ކަމަށް އިންމަ ގަބޫލުކުރެ އެވެ.

ސަސް އާއި ބުރު ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox