ލަލީގާ ޔޫތު މުބާރާތުން ތިން ވަނަ ހޯދި ސަސް ކާމިޔާބަށްފަހު ގައުމަށް

Jul 17, 2024, 12:19 AM
ސަސްގެ ޓީމު ރޭ އެއާޕޯޓުގައި.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ސަސްގެ ޓީމު ރޭ އެއާޕޯޓުގައި.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މެލޭޝިއާގައި ކުރިއަށްދިޔަ، ލަލީގާ ޔޫތު މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާގެ މުބާރާތުން ތިން ވަނަ ހޯދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކާމިޔާބަށް ފަހު ރޭ އެނބުރި ރާއްޖެ އަތުވެއްޖެ އެވެ.

އޭޝިއާގެ އެކި ގައުމުތަކުގެ ޔޫތު ޓީމުތައް ވާދަކުރި މި މުބާރާތުގެ، 16 އަަހަރުން ދަށުގެ ކެޓަގަރީގެ ސެމީ ފައިނަލަށް ސަސް ދިޔަ އެެވެ. ސެމީގައި ސަސް ބަލިވީ، ތައިލެންޑްގެ ޝިއަންމާއިގެ 16 އަހަރުން ދަށުގެ ޓީމު އަތުން 2-1 އިންނެވެ.

ސަސް އިން ވަނީ ތިން ހޮވަން ކުޅުނު މެޗުގައި މެލޭޝިއާގެ ޕެންގެރާން ފުޓްބޯލް ކްލަބްގެ 16 އަހަރުން ދަށުގެ ޓީމު އަތުން 1-0 އިން މޮޅުވެފަ އެވެ. ޕެންގެރާން އަކީ ލަލީގާ ޔޫތު މުބާރާތުގައި މި ފަހަރު ރާއްޖޭން ވާދަކުރި ދެ ވަނަ ޓީމު، އާ ޖީލަކަށް އަތުން ކުއާޓާ ފައިނަލުގައި މޮޅުވި ޓީމެވެ.

މުބާރާތުގައި ސަސް އިން ހޯދި ކާމިޔާބަށް ފަހު، ރޭ އެނބުރި މާލެ އައިއިރު، އެ ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔުމުގައި، ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އާއިލާތަކުގެ އިތުރުން، ސަސް އެކެޑަމީ ކުދިން ބައިވެރިވި އެވެ.

މެލޭޝިއާގައި ލަލީގާ ޔޫތު މުބާރާތް ކުރިއަށްދިޔައީ، އަށް އަހަރުން ފެށިގެން 21 އަހަރުން ދަށުގެ އުމުރުފުރާ އަށް ކޮންމެ އުމުރުފުރަ އަކަށް ވަކިވަކިންނެވެ. މި މުބާރާތުގައި ރާއްޖޭގެ ދެ ޓީމު ވެސް ވާދަކޮށްފައިވަނީ، 16 އަހަރުން ދަށުގެ ބައިގަ އެވެ.

ސަސް ޓީމު ލީޑުކުރުމުގައި ހަރަކާތްތެރިވީ، ފަރީދު މުހައްމަދު (ފަރިއްޓެ) އެވެ. އަދި އާ ޖީލަކަށް ޓީމުގައި ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރީ، އިސްމާއިލް އާސިފް (ކުޑަހީނާ) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox