ފައިނަލުގައި ސަސް އިން ވިސްނާނީ ޓީސީން ކުޅޭ ގޭމަށް: އާފިއު

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާފިއު ވާހަކަ ދައްކަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާފިއު ވާހަކަ ދައްކަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގެ ފައިނަލުގައި މިރޭ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ނުކުންނައިރު, އެ ޓީމުން ތައްޔާރުވާނީ ޓީސީގެ ޓެކްޓިކަލް ގޭމަށް ވިސްނައިގެން ކަމަށް ސަސްގެ ކޯޗު އާފިއު މުހައްމަދު ބުނެފި އެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވެސް މި ދެ ޓީމު ބައްދަލުކޮށްފައިވާއިރު, އެ މެޗު ނިމުނީ 1-1 ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ.

ފައިނަލް މެޗުގެ ކުރިން ގައުމީ ފުޓުބޯޅަ ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން، "އަދަދު" އިން ކުރި ސުވާލަކަށް، ސަސްގެ ކޯޗު އާފިއު ބުނީ މި މެޗަށް ނުކުންނައިރު, މި ދެ ޓީމަކީ ދާދި ހަމަހަމަ ދެ ޓީމު ކަމަށެވެ. އެކަމަކު, ފިޒިކަލް ގޭމަކަށް ބަލަންޏާ ސަސް އަށްވުރެ އެޑުވާންޓޭޖު ބޮޑީ, ޓީސީ އަށް ކަމަށް އާފިއު ވަނީ ފާހަގަކޮށްފަ އެވެ.

"ދެ ޓީމަށް ބަލަންޏާ އެ މީހުންނަށް އެބަހުރި ކަންނޭނގެ އެޑުވާންޓޭޖުތަކެއް. އެއީ އެ މީހުންގެ ހަށިގަނޑަށް ބެލިކަމުގައި ވިޔަސް ސަސް އަށް ވުރެ އެޑުވާންޓޭޖު ބޮޑު ކޮށް މި ފެންނަނީ. އެކަމަކު މި ދެ ޓީމަކީ ހަމަހަމަ ދެ ޓީމު." އާފިއު ބުންޏެވެ.

ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗަކީ މުޅިން ތަފާތު މެޗެއް ކަމަށް އާފިއު ވަނީ ބުނެފަ އެވެ.

އޭނާ ބުނީ އެ މެޗާ ފައިނަލް މެޗާ ހާސްބައި ތަފާތު ވާނެ ކަމަށެވެ. ފައިނަލް މެޗަށް ނުކުންނަން ޖެހޭނީ ފައިނަލަށް ތައްޔާރުވާ ގޮތަށް ތައްޔާރުވެގެން ކަމަށް އާފިއު ގަބޫލުކުރެ އެވެ.

"ގްރޫޕް ސްޓޭޖު މެޗާ މި މެޗާ ތަފާތު ވާނެ. މިއީ ފައިނަލެއް. ސަސް އިން ނުކުންނާނީ ޓީސީގެ ޓެކްޓިކަލް ގޭމަށް ވިސްނައިގެން." އާފިއު ބުންޏެވެ.

ސަސް އިން މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕަށް ޓީމެއް އެކުލަވާލުމަށް ފަހު، މުބާރާތަށް ޓީމުގެ މަސައްކަތް ހަވާލުކުރީ އާފިއުއާ އެވެ. އާފިއު ބުނީ، އިތުރު ކުޅުންތެރިންތަކެއް ޓީމަށް ގެނެސްގެން މިހާތަނަށް ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށާއި ފައިނަލުގައި ވެސް ކާމިޔާބު ހޯދަން ބޭނުންވާ ކަމަށެެވެ.

ޔޫތު ޗެމްޕިއަންޝިޕް ފައިނަލުގައި ސަސް އިން ޓީސީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ 21:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox