އިޒާންގެ ދެ ގޯލާ އެކު އީގަލްސް ކަޓުވާލައި ސަސް ފައިނަލަށް

Jun 27, 2024, 2:01 PM
ަސަސްގެ ފަހު ގޯލު ޖެހުމަށް ފަހު އިޒާން އުފާފާޅުކުރަނީ.--- ފޮޓޯ: ނައުޝަމް ވަހީދު/ އިމޭޖަސް.އެމްވީ

ަސަސްގެ ފަހު ގޯލު ޖެހުމަށް ފަހު އިޒާން އުފާފާޅުކުރަނީ.--- ފޮޓޯ: ނައުޝަމް ވަހީދު/ އިމޭޖަސް.އެމްވީ

މިހާރު ކުރިއަށްދާ އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް އީގަލްސް 3-1 އިން ބަލިކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

ނަވާރަ އަހަރުން ދަށަށް އެންމެ ފަހުން ޔޫތު ޗެމްޕިއަންޝިޕެއް 2022 ވަނަ އަހަރު ބޭއްވިއިރު، ފައިނަލުގައި ސަސް ބަލިކޮށް ތަށި އުފުލާލީ އީގަލްސް އިންނެވެ. އަންނަ އާދިއްތަ ދުވަހު ކުޅޭ ފައިނަލުގައި، ސަސްއާ ދެކޮޅަށް ކުޅޭ ޓީމެއް އެނގޭނީ މިރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗުންނެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފެށުމުގެ ކުރިން ވަނީ މީގެ އެއް ދުވަސް ކުރިން މަރުވި، ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ވައިސް ކެޕްޓަން، މުހައްމަދު އާރިފް (ބަކާ)ގެ ހަނދާނުގައި ސުކޫތެއް ގެެނެސްފަ އެވެ. މެޗު ޝަަރަފްވެރިކޮށްދިނީ، ބަކާއާ އެކު ގައުމީ ޓީމަށް ކުޅުނު ރާއްޖޭގެ އެއް ވަނަ ގޯލްކީޕަރު، އިމްރާން މުހައްމަދު އެވެ.

ސަސް އިން ވަނީ ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ލީޑުނަގައިފަ އެވެ. މި ގޯލު ޖެހީ މެޗުގެ 43 ވަަނަ މިނިޓްގައި މުހައްމަދު އިޒާން އަލީ އެވެ. ސަސްގެ ކޯނަރެއްގައި އޭރިއާބޭރަށް އައި ބޯޅައެއް އެ ޓީމުގެ މުހައްމަދު ހޫދު އަހުމަދު ފޮނުވާލިއިރު، އީގަލްސްގެ ކީޕަރު، ލޫތު އިސްމާއިލް ޖަމީލް އަތުގައި ޖެހިފައި ރީބައުންސް ލިބުނު ވަގުތުގައި އިޒާން ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފުގައި އީގަލްސްގެ ކުޅުންތެރިއަކު އޭރިއާތެރެއިން ބޯޅައިގައި އަތްލުމުން، ރެފްރީ ވަނީ ޕެނަލްޓީއެއް ދީފަ އެވެ. ސަސްގެ ހޫދު ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

އީގަލްސްގެ ދެ ކުޅުންތެރިން ކައިރިން ސަސްގެ އިޒާން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: ނައުޝަމް ވަހީދު/ އަދަދު

މެޗުގެ 78 ވަނަ މިނިޓްގައި އީގަލްސް އިން އެއްވަރުކުރީ މުހައްމަދު އައިމަން ޖެހި ގޯލުންނެވެ. މިއީ ހާފުގެ މެދެެއްހާ ހިސާބުން އީގަލްސްގެ އަހުމަދު އަފްލާޒް އޭރިއާތެރެއަށް މަތިން ފޮނުވާލި ބޯޅައަކަށް އަރަައި، އެއް ފަަހަރުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އައިމަން ޖެހި ލަނޑެކެވެ.

އީގަލްސް އިން ނަތީޖާ ހަމަހަމަކުރިތާ ހަތަރު މިނިޓް ފަހުން ސަސް އިން އަނެއްކާ ވެސް ލީޑުނެގި އެވެ. މިއީ، މެޗުގެ 82 ވަނަ މިނިޓްގައި ހިލޭޖެހުމަކުން ސަސްގެ އަހުމަދު ނަވާފް ފައުޒީ ޖެހި ބޯޅައެއް އީގަލްސްގެ ކީޕަރު ލޫތު އަތުގައި ޖެހިފައި ވެއްޓުނު ވަގުތު، ހަސަން ހައިޝަމް އަހުމަދު ޖެހި ލަނޑެކެވެ.

ނަތީޖާ ހަމަހަަމަ ކުރަން އީގަލްސް އިން ފޮނުވާލި ހަމަލާ ސަސްގެ ކީޕަރު، އަބްދުﷲ ރަޒީފް ވަނީ މަތަކޮށްފަ އެވެ.

ސަސް އަށް ފައިނަލުގެ ޖާގަ ޔަގީންކޮށްދިން ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އިޒާން އެވެ. އިތުރު ވަގުތުގެ ނުވަ ވަނަ މިނިޓްގައި އިޒާން މި ލަނޑު ޖެހީ އީގަލްސްގެ ޑިފެންޑަރުން ހެދި ގޯހެއްގެ ފައިދާނަގައި، އޭރިއާތެރެއިން ލިބުނު ބޯޅައެއް ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox