ވެލެންސިއާ ތާވަލްގެ ފުލުގައި އޮތަސް މާޒިޔާ ނުކުންނާނީ ވަރުގަދަކޮށް: މިލޯ

Jul 29, 2023, 5:11 AM
މާޒިޔާގެ ކޯޗު މިލޯ: ވެލެންސިއާ އޮތް މަގާމު މުހިންމު ނޫން ކަމަށް ވަނީ ބުނެފައި.--- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު

މާޒިޔާގެ ކޯޗު މިލޯ: ވެލެންސިއާ އޮތް މަގާމު މުހިންމު ނޫން ކަމަށް ވަނީ ބުނެފައި.--- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގެ ތާވަލްގެ ފުލުގައި ވެލެންސިއާ އޮތަސް އެ ޓީމާ ދެކޮޅަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ނުކުންނާނީ "ފުލް ސްޓްރެންތު" ގައި ކަމަށް އެ ޓީމުގެ ކޯޗު، ބޮސްނިއާގެ މިލޮމީރް ސެސްލިޖާ (މިލޯ) ބުނެފި އެވެ.

ޕްރިމިއާ ލީގުގައި މިއަދު ހަވީރު މާޒިޔާ އާއި ކުލަބު ވެލެންސިއާ ވާދަކުރާނެ އެވެ. މި މެޗަށް ނުކުންނައިރު މާޒިޔާ އޮތީ ތާވަލްގެ އެއް ވަނައިގަ އެވެ. ވެލެންސިއާ ފުލުގައި އޮތީ މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން މޮޅު ނުވެ ޕޮއިންޓެއް ނުލިބި އެވެ.

މިލޯ ބުނީ ވެލެންސިއާ ލީގުގައި އޮތް ހިސާބަކީ މާޒިޔާ އަށް މުހިންމު ކަމެއް ނޫން ކަމަށާއި، އެ ޓީމުން ކޮންމެ މެޗަކަށް ވެސް ނުކުންނާނީ ވަރުގަދަކޮށް ކަމަށެވެ. އެކި ޓީމްތަކާ ދެކޮޅަށް އެކި ގޮތް ގޮތަށް މާޒިޔާއިން ޓީމް ނުނެރޭނެ ކަމަަށާއި، އޭނާގެ ވިސްނުމަކީ މެޗަކަށް ފަހު މެޗެއް ޓީމަށް ކުރިއެރުން ހޯދައިދިނުން ކަމަށެވެ. އެހެންކަމުން، އެއް ޓީމެއް ކޮންމެ މެޗެއްގައި ވެސް ބޭނުން ކުރުން މުހިންމު ކަމަށް މިލޯ ބުނެފައިވެ އެވެ.

ވެލެންސިއާ މި ވަގުތު ތާވަލްގެ ފުލުގައި އޮތް ނަމަވެސް އެ ޓީމްގައި ތިބި ގިނަ ކުޅުންތެރިންނަކީ ދިވެހި ފުޓްބޯޅައިގެ ކުރިމަގު ކަމަށާއި، އެ ކުޅުންތެރިންނަށް ޒުވާން އުމުރުގައި މި ލިބޭ ކޮންމެ މެޗަކީ ކުރިމަގުގައި ވެލެންސިއާ ވަރުގަދަވާނެ އެއް ސަބަބު ކަމަށް މިލޯ ގަބޫލުކުރެ އެވެ.

"އަހަރުމެން ހުރިހާ ޓީމަކަށް ވެސް އިތުބާރުކުރަން ތާވަލްގެ ކޮންމެ ހިސާބެއްގައި އޮތަސް. އަހަރުމެން ނުކުންނާނީ އެންމެ ފުލް ސްޓްރެންތުގައި. ވަރުގަދަ މެޗުތަކަށް ވަކި ކުޅުންތެރިން އެހެން މެޗުތަކަށް ވަކި ކުޅުންތެރިން އަރުވަންޏާ ޓީމެއްގެ ގޮތުގައި ކުރި ނާރާނެ. ހުރިހާ މެޗަކަށް އެއް އެޕްރޯޗެއް ހުންނަން ޖެހޭނީ." އޭޝިއާގެ ޓީމުތަކުގައި ތަޖުރިބާ ބޮޑު މިލޯ ބުންޏެވެ.

ލީގުގައި މިހާތަނަށް އެންމެ ގޯލެއްވެސް ޖެހިފައި ނުވާ ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗާ ގުޅޭގޮތުން މިލޯ ބުނީ ބައެއް ފަހަރު ފުޓްބޯޅައިގައި ނަތީޖާތަކަށް ބެލުމުގެ ބަދަލުގައި ޓީމްގެ ކުރިއެރުމަށް ވެސް ވިސްނަން ޖެހޭނެ ކަމަށާއި، ފަހަރުގައި ވެލެންސިއާގެ ފޯކަސް މި ވަގުތު ހުރީ އެކަމަށްވުން އެކަށީގެންވާ ކަމަށެވެ. މިލޯ ބުނީ ވެލެންސިއާ އަންނަ ސީޒަންގައި ވަރުގަދަ ޓީމެއްގެ ގޮތުގައި ފެނުމުގެ ފުރުސަތު ބޮޑުކަމަށެވެ.

މިހާތަނަށް މިލޯ މާޒިޔާ އަށް އިރުޝާދުދިން ދެ މެޗުވެސް އެ ޓީމް ވަނީ ކާމިޔާބުކޮށްފަ އެވެ. މި ދެ މެޗުގައި އަށް ގޯލު ޖެހިއިރު ބައިކޮޅަށް ގޯލެއް ވެސް ވަދެފައެއް ނުވެ އެވެ.

ބައިކޮޅަށް ގޯލެއް ވަނަ ނުދީ ނިންމާލާ ކޮންމެ މެޗަކީ މާޒިޔާގެ ކޮންފިޑެންސް އިތުުރުވާނެ ކަމެއް ކަމަށާއި، ޑިފެންސަށް އިސްކަންދިނުން މުހިންމު ކަަމަށް މިލޯ ދެކެ އެވެ. ސަބަބަކީ ކުރިއަށް އޮތް އޭއެފްސީ ކަޕަށް ޓީމް ތައްޔާރުވާއިރު ޑިފެންސް ރަނގަޅުވެއްޖެ ނަމަ އެކަމުގެ ފައިދާ ކުރާނެތީ އެވެ.

"ކްލީންޝީޓަކީ ވަރަށް މުހިންމު އެއްޗެއް. ޓީމްގެ ކޮންފިޑެންސް ރަނގަޅުވާކަމެއް އެއީ. ފުޓްބޯޅައިގައި އެންމެ މުހިންމު ކަމަކީ ޑިފެންސް. އެޓޭކް ކުރެވިދާނެ ކޮންމެ ޓީމަކަށް ވެސް. އެކަމަކު، ރަނގަޅަށް ޑިފެންސް ކުރުން މުހިންމު. މި ގޮތަށް ރަނގަޅު ޑިސިޕްލިންގައި ކުޅެފިއްޔާ، އޭއެފްސީ ކަޕްގައި ކުޅޭއިރު ފައިދާކުރާނެ." މިލޯ ބުންޏެވެ.

މާޒިޔާގެ ކޯޗު ބުނީ މާޒިޔާއާ އެކު ހޭދަވި މަދު ދުވަސްކޮޅުގެ ތެރޭގައި ކުޅުންތެރިންގެ ވިސްނުން ބަދަލުވާކަން ފެންނަމުން އަންނަ ކަމަށާއި، ކުޅުންތެރިންގެ ކިބައިގައި ހުރި ހުނަރުވެރިކަން މިހާރު އިތުރަށް ފެންނަމުން އަންނަ ކަމަށެވެ.

މާޒިޔާ ޓީމްގެ ތެރޭގައި އޮތީ އޭނާ ހިތްހަމަ ޖެހޭ ރަނގަޅު މާހައުލެއް ކަމަށާއި ކުޅުންތެރިން ވެސް ކުރިއެރުން އަންނަކަން ގަބޫލުކުރާކަން ފެންނަކަމަށް މިލޯ ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox