ދުނިޔޭގައި ކުރިއަރަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކޭޝިއަރެއް ސޭލްސްމަނެއް ނެތި ހިންގާ އެސްޓީއޯގެ ސްމާޓް ޝޮޕް މާދަމާ ހުޅުވަން ތައްޔާރުވެއްޖެ އެވެ.
ރާއްޖޭގެ ފުރަތަމަ ސްމާޓް ޝޮޕް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭ ގޮތުން މައުލޫމާތު ދެމުން އެ ކުންފުނީގެ މީޑީއާ އޮފިޝަލަކު ވަނީ އެސްޓީއޯ ސްމާޓް ޝޮޕްގެ މާދަމާ ފިހާރަ ހުޅުވާނެ ކަން ކަށަވަރުކޮށްދީފަ އެވެ.
އެސްޓީއޯއިން ކުރިން މައުލޫމާތު ދީފައިވާ ގޮތުގައި މި ފިހާރައިގައި ކަސްޓަމަރުން ހޭދަކުރަންޖެހޭ ވަގުތު ހާސްބައި ކުޑަކޮށްލަދިނުމާ އެކު ފައިސާގެ މުއާމަލާތްތައް ކުރުމުގައި އަރާ އޮޅުންތައް ވެސް އެއްކޮށް ނައްތާލެވޭނެ އެވެ.
އެސްޓީއޯ ސްމާޓް ޝޮޕް
- ވިޔަފާރި ކުރެވޭނީ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް
- އެޕުގައި ބޭންކު ކާޑު ރަޖިސްޓާކޮށް ލޮގިން ވާން ޖެހޭނެ
- މުއާމަލާތްތައް ކުރަން ބޭނުން ކުރަނީ ކާޑުތަކުގައި ހިމެނޭ "ޓޯކަނައިޒޭޝަން" ފީޗާ
މި ފިހާރަ ހުންނަނީ ހުޅުމާލޭ ފޭސް ވަންގެ ފިހާރަ ބަރިތަކުގައި، ކުރިން އެސްޓީއޯ ފިހާރަ ހިންގި ތަނުގަ އެވެ.










