ދެވަނަ ކުއާޓާގައި ޓޫރިޒަމް ވިޔަފާރިތައް މަޑުޖެހިއްޖެ: ކުރިއެރީ ހޯލްސޭލް އަދި ރީޓެއިލް އާއި ކޮންސްޓްރަކްޝަން

ތުލުސްދޫގައި ޓޫރިސްޓުންތަކެއް ހިނގާފައި ދަނީ: ޓޫރިޒަމް ވިޔަފާރި ދަށްވީ އޮފް ސީޒަން ދުވަސްވަރަށް ވާތީ -- ފޮޓޯ/މިރާޝް ނާޝިމް

ތުލުސްދޫގައި ޓޫރިސްޓުންތަކެއް ހިނގާފައި ދަނީ: ޓޫރިޒަމް ވިޔަފާރި ދަށްވީ އޮފް ސީޒަން ދުވަސްވަރަށް ވާތީ -- ފޮޓޯ/މިރާޝް ނާޝިމް

ނިމުނު ކުއާޓާގައި ހޯލްސޭލް އަދި ރީޓެއިލް އާއި ކޮންސްޓްރަކްޝަން ދާއިރާގެ ވިޔަފާރި ކުރާ މިންވަރު އިތުރުވިއިރު، ޓޫރިޒަމާއި ދަތުރުފަތުރު އަދި މުވާސަލާތީ ދާއިރާގެ ވިޔަފާރިތައް ކުރިއަރަމުންދާ މިންވަރު މަޑުޖެހިފައިވާ ކަމަށް އެމްއެމްއޭއިން މިއަދު އާންމުކުރި މި އަހަރުގެ ދެ ވަނަ ކުއާޓަލީ ބިޒްނަސް ރިޕޯޓުން ދައްކައިފި އެވެ.

އެމްއެމްއޭގެ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ ކުއާޓަރުގައި އެންމެ ބޮޑަށް އަސަރުކުރީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށެވެ. އެ ދާއިރާގެ 91 ޕަސެންޓު ވިޔަފާރިތަކުން ބުނީ އާމްދަނީ އާއި ރޫމް ރޭޓު ދަށްވެފައިވާ ކަމަށެވެ. އެއާ ގުޅިގެން މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު ވެސް މަދުވެފައިވާ ކަމަށް ޓޫރިޒަމް ވިޔަފާރިތަކުން ރިޕޯޓު ކުރި އެވެ.

ރިޕޯޓަށް ބަލާއިރު، ފަތުރުވެރިކަމުގެ ދާއިރާ ނޫން ދާއިރާތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަދަދު ވަނީ ގިނަވެފަ އެވެ. މުވައްޒަފުންގެ އަދަދު އެންމެ ބޮޑަށް އިތުރުވެފައި ވަނީ ނިމުނު ކުއާޓާގައި އެންމެ އާމްދަނީ ރަނގަޅު ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާގައި ހިމެނޭ ވިޔަފާރިތަކެވެ.

ހޯލްސޭލް އަދި ރީޓެއިލް ދާއިރާގެ ވިޔަފާރިތަކަށް ލިބުނު އެންމެ ބޮޑު ފަސޭހައަކީ ވިޔަފާރި ހިންގުމަށް ގަންނަ ތަކެތީގެ އަގުތައް ދަށަށް ދިޔުމެވެ. މި ދާއިރާގެ 90 ޕަސެންޓަށް ވުރެ ގިނަ ވިޔަފާރިތަކުން ރިޕޯޓުކުރީ ހަރަދުތައް ދަށްވެ، އެ ވިޔަފާރިތަކުން ފޯރުކޮށްދޭ ހިދުމަތުގެ އަގުތައް ވެސް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.

ވިޔަފާރި ހިންގުމަށް ގަންނަ ތަކެތީގެ އަގު ދަށަށް ދިޔަ އަނެއް ދާއިރާއަކީ ޓޫރިޒަމެވެ. އެއާ ހިލާފަށް ހިލާފަށް ކޮންސްޓްރަކްޝަން ވިޔަފާރިތަކާއި ދަތުރުފަތުރާއި މުވާސަލާތީ ހިދުމަތުގެ ދާއިރާގެ ވިޔަފާރިތަކުން ރިޕޯޓުކުރީ އަގުތައް ދަށް ނުވާ ކަމަށެވެ. އެކަމަކު އެ ވިޔަފާރި ހިންގުމަށް ގަންނަ ތަކެތީގެ އަގު އުފުލެމުންދާ މިންވަރު ވަނީ މަޑުޖެހިފައެވެ.

ދެ ވަނަ ކުއާޓާގައި ބައެއް ދާއިރާތަކުގެ ވިޔަފާރި މަޑުޖެހުނު ނަމަވެސް ކުރިއަށް އޮތް ކުއާޓާގައި ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކުން ވެސް ލަފާކުރީ ވިޔަފާރި ކުރި އަރާ މިންވަރު މަތިވެގެންދާނެ ކަމަށެވެ.

އެގޮތުން އަންނަ ކުއާޓާގައި އެންމެ ބޮޑަށް ވިޔަފާރި ކުރާ މިންވަރު އިތުރު ވެގެން ދާނެ ކަމަށް ފާހަގަކޮށްފައި ވަނީ ދަތުރުފަތުރާއި މުވާސަލާތީ ހިދުމަތުގެ ދާއިރާއިންނެވެ. ނަމަވެސް، އަންނަ ކުއާޓާގައި މި ދާއިރާގެ ވިޔަފާރިތަކުންދޭ ހިދުމަތުގެ އަގުތަކާއި ވިޔަފާރި ހިންގުމަށް ގަންނަ ތަކެތީގެ އަގު އުފުލިގެންދާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

ނިމުނު ކުއާޓާގައި އެންމެ ގެއްލުން ބޮޑުވި ޓޫރިޒަމް ވިޔަފާރިތަކުން ވެސް އަންދާޒާ ކުރަނީ އާމްދަނީ އަދި ރިސޯޓް ބުކިންސް އިންޑެކްސް އިތުރުވެ، ދާއިރާ ކުރިއަރާނެ ކަމަށެވެ. އޭގެ މައިގަނޑު ސަބަބަކީ "އޮފް-ޕީކް ސީޒަން" ނިމޭ ދުވަސްވަރަށް ވުމެވެ. އެކަމަކު، އަގުތައް އުފުލޭނެ ކަމަށް ބެލެވޭތީ ވިޔަފާރިތަކުން އަންދާޒާކުރަނީ މާލީ ހާލަތު އިތުރަށް ހީނަރުވާނެ ކަމަށެވެ.

ތިން ވަނަ ކުއާޓާގައި މާލީ ހާލަތު އިތުރަށް ރަނގަޅު ވާނެ ކަމަށް ލަފާކުރީ ހަމައެކަނި ކޮންސްޓްރަކްޝަން ދާއިރާއިންނެވެ. ހޯލްސޭލް އަދި ރީޓެއިލް ދާއިރާގެ ވިޔަފާރިތަކުން އަންދާޒާ ކުރަނީ ވިޔަފާރިތަކުގެ މާލީ ހާލަތު ރަނގަޅުވަމުންދާ މިންވަރު މަޑުޖެހިގެންދާނެ ކަމަށެވެ. ދަތުރުފަތުރާއި މުވާސަލާތީ ހިދުމަތުގެ ވިޔަފާރިތަކުން ލަފާކުރަނީ ކުރިއަށް އޮތް ކުއާޓަރުގައި ވިޔަފާރިތަކުގެ މާލީ ހާލަތު އިތުރަށް ހީނަރު ވެގެން ދާނެ ކަމަށެވެ.

ދެ ވަނަ ކުއާޓާގެ ސާވޭގައި ބައިވެރިވި ހުރިހާ ވިޔަފާރިތަކުން ވެސް ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް ދަތިވެފައިވާކަން ފާހަގަކޮށްފައި ވެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ ފިޔަވައި، އެހެން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކުން ވެސް ލަފާ ކުރަނީ ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް އިތުރަށް ދަތިވެގެން ދާނެ ކަމަށެވެ.

އެމްއެމްއޭއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ރިޕޯޓަށް ކުރި ދިރާސާއަށް ހަތަރު ދާއިރާގައި މަސައްކަތް ކުރާ ބޮޑެތި ކުންފުނިތަކުގެ ތެރެއިން 138 ކުންފުންޏަކުން މައުލޫމާތު ދިނެވެ. އެއީ ފޯމު ފޮނުވި 197 ކުންފުނީގެ 70 ޕަސެންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox