ރާއްޖޭގެ ޓޫރިޒަމް މާކެޓްގެ އެއްވަނަ ޗައިނާއިން އަނެއްކާވެސް ހޯދަނީ!

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު މިދިޔަ ބުދަ ދުވަހު ރާއްޖެ އައި ޗައިނާގެ ފަތުރުވެރިން -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު މިދިޔަ ބުދަ ދުވަހު ރާއްޖެ އައި ޗައިނާގެ ފަތުރުވެރިން -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ކޮވިޑް-19 ގެ ކުރިން، އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ޗައިނާގެ ޓޫރިސްޓުން އަންނަން ފެށިތާ ހަމަސްވީ އިރު ކުރީގެ މަގާމާ ގާތަށް އެގައުމު ޖެހިލައިފި އެވެ.

ތިން އަހަރު ދުވަސް ވަންދެން ގައުމު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ޗައިނާއިން އެ ގައުމުގެ ބޯޑަރު ހުޅުވާލީ މިއަހަރުގެ ޖެނުއަރީ އަށެއްގަ އެވެ. ބޯޑަރު ހުޅުވާލުމާއިއެކު އެގައުމުން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަންނަން ފެށި އެވެ.

ޗައިނާގެ ބޯޑަރު ހުޅުވާލިތާ ދެ ހަފްތާ ތެރޭގައި އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އައި 10 ގައުމުގެ ތެރޭގައި ޗައިނާ ހިމެނުނެވެ. ޓޫރިޒަމް މިނިސްޓްރީން މިދިޔަ ޖެނުއަރީ 22 ވަނަ ދުވަހު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައި ޗައިނާ އޮތީ ޖުމުލަ 2،239 ފަތުރުވެރިންނާއެކު ނުވަވަނައިގަ އެވެ.

ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އައިސް މިދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި އެގައުމުން ރާއްޖެއަށް އަައި ފަތުރުވެރިންގެ އަދަދު މިހާރު ވަނީ އެއްލައްކައާއި ގާތްކޮށްފަ އެވެ. ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކޮށްފައިވާ "މޯލްޑިވްސް ޓުރިޒަމް އަޕްޑޭޓްސް"އިން ދައްކާ ގޮތުން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައި ޗައިނާ ފަތުރުވެރިންގެ އަދަދަކީ 80،769 އެވެ. މިއީ މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ 7.9 ޕަސެންޓެވެ. އެއާ އެކު ޖެނުއަރީ މަހު އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އައި 10 ގައުމުގެ ލިސްޓުގެ ނުވަވަނައިގައި އޮތް ޗައިނާ، މިހާރު އޮތީ ހަތަރުވަނައިގަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމަކީ އަދިވެސް ރަޝިއާ އެވެ. އެގައުމުން 119،405 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު އެއީ ރާއްޖެ އައި ފަތުރުވެރިންގެ 11.7 ޕަސެންޓެވެ. ދެވަނައިގައި އަވައްޓެރި އިންޑިއާއިން 118،638 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރާތްކޮށްފަ އެވެ.

އިނގިރޭސިވިލާތަކީ މިހާރު ރާއްޖެއަށް ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. އެގައުމުން 85،884 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

މި މަހުގެ 19ގެ ނިޔަލަށް ރާއްޖެ އައި ޖުމުލަ ފަތުރުވެރިންގެ އަދަދަކީ 1،016،719 އެވެ.

ރާއްޖެރާއްޖެއައި ފަތުރުވެރިން -- ފޮޓޯ: އަދަދު
ރާއްޖެރާއްޖެއައި ފަތުރުވެރިން -- ފޮޓޯ: އަދަދު

ރާއްޖެރާއްޖެއައި ފަތުރުވެރިން -- ފޮޓޯ: އަދަދު

ރާއްޖެއަށް ޗައިނާ ފަތުރުވެރިން އަންނަ އަދަދު މި ރޭޓުގައި އިތުރުވަމުންދާއިރު، އަނެއްކާވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު މާކެޓަށް ޗައިނާ ވުމުގެ ފުރުސަތު ބޮޑެވެ.

ކޮވިޑުގެ ކުރިން 2017 އަދި 2018 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި ގައުމަކީ ޗައިނާ އެވެ. ޖެހިގެން އައި 2019 ވަނަ އަހަރު 280،000 އަށްވުރެ ގިނަ ޗައިނާ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

ނަމަވެސް 2020 ވަނަ އަހަރު ކޮވިޑުގެ ސަބަބުން މި އަދަދު ވަނީ 87 އިންސައްތަ ދަށަށް ގޮސްފައިވާއިރު، އެ އަހަރު ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ ގާތްގަނޑަކަށް 35،000 ޗައިނާ ފަތުރުވެރިންނެވެ.

ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި 1،253 ތަނެއް ހިންގަމުންދެ އެވެ. އެއީ 171 ރިސޯޓާއި 908 ގެސްޓްހައުސް އާއި 161 ސަފާރީގެ އިތުރުން 13 ހޮޓަލެވެ. މި ތަންތަނުގައި ފަތުރުވެރިން ބޭނުންކުރަން ހުރި އެނދުގެ އަދަދަކީ 61،116 އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox