ނެރޭނީ އެއް ކެންޑިޑޭޓު، އެ ކެންޑިޑޭޓަކަށް ވާންޖެހޭނީ އަޅުގަނޑު!

އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު

އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު

ހަމަ އެ ކުނޫޒެވެ. އެތަނުގައި އިދިކޮޅު ސިޔާސީ ޕާޓީތަކުން 2018 ގައި ބޭއްވި ބައްދަލުވުމެއް ބޭއްވީ އިދިކޮޅު ކެންޑިޑޭޓު ކަނޑައެޅުމަށާއި ސަރުކާރުގައި ސިޔާސީ ޕާޓީތަކުން ހިއްސާވާނޭ ނިސްބަތް ކަނޑައެޅުމަށެވެ. އޭރު އިދިކޮޅު ގިނަ ލީޑަރުން ޖަލުގައި ތިބުމުން ރިޔާސީ ކެންޑިޑޭޓުކަން ކަނޑައެޅުމުގައި ޕާޓީތަކުގެ މެދުގައި މާބޮޑު ވާދަވެރިކަމެއްވެސް ނެތެވެ. އެ ބައްދަލުވުމަށް ފެށުނުއިރު ވެސް ހުރިހާ ޕާޓީތަކުންވެސް ތިބީ އެއް ކެންޑިޑޭޓަކު ނެރުމަށާއި އެ ކެންޑިޑޭޓު ނިސްބަތްވާނީ އެމްޑީޕީއަށް ކަމަށް އެއްބަސްވެގެންނެވެ. ބައްދަލުވުން ނިމުނީ ހީކުރި ގޮތަށް ކަންވެގެންނެވެ. މާބޮޑު ހިޔާލު ތަފާތުވުމެއް ދެބަސްވުމެއް ދެކޮޅުވެރިކަމެއް ނެތި އޮމާންކަމާއެކުގަ އެވެ. އޭގެ ފަހުން ބޭއްވުނު ބައްދަލުވުންތަކުގައި ސަރުކާރުގައި ޕާޓީތަކުގެ ހިއްސާ އޮންނާނޭ ގޮތްވެސް ކަނޑައެޅި ނިމިއްޖެ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް ދާއިރު އެ މަންޒަރު މުޅިން ތަފާތެވެ. ކުރީގެ ރައީސް ޔާމީން ފިޔަވައި، ސިޔާސީ ގޮތުން ބުރަދަނެއް ހުރި ހުރިހާ ލީޑަރުން ތިބީ މިނިވަންކޮށެވެ. އެކަމަކު އޭގެ ތެރެއިން ވަކި މިވެނި ލީޑަރަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކޮށް، އެމަނިކުފާނު ބަލިކޮށްލެވޭ ވަރުގެ ތާއީދެއް އެކަންޏަށް ހޯދޭނޭ ވަރުގެ ލީޑަރެއްކަމަށް އެ ބޭފުޅުންނަކަށް ފެނިވަޑައެއް ނުގަންނަވަ އެވެ. ވާހަކަ ދެކެވޭ ގިނަ މީހުންގެ ޝުއޫރުތައް ވެސް ހުރީ އެހެންނެވެ. އެކަމުގެ އެންމެ ބޮޑު ދަލީލަކީ، ރައީސް ސޯލިހާ ވާދަކުރާނޭ އެއް ކެންޑިޑޭޓަކު ނެރުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން އިސްވެ މަޝްވަރާ ފެށުމެވެ.

އެއް ކެންޑިޑޭޓަކު ނެރެވިއްޖެނަމަ ކާމިޔާބުވުމުގެ ފުރުސަތު ބޮޑު

ހުރިހާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަކީ މިހާތަނަށްވެސް ކާމިޔާބުކަމަށް ސާބިތުވެފައި އޮތް މުޖައްރިބު ފަންޑިތައެކެވެ. މި ގާނޫނު އަސާސީގެ ދަށުން ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިހާބުގައި ނަޝީދަށް ކާމިޔާބު ލިބިވަޑައިގަތީ ހުރިހާ ޕާޓީތަކުން ތާއީދުކުރި ކެންޑިޑޭޓުކަމަށް ވެވަޑައިގަތުމުން ދެވަނަ ބުރުންނެވެ. ޔާމީނަށް 2013 ކާމިޔާބުކުރެވުނީ ހަމަ އެ ފޯމިއުލާއިންނެވެ. މިހާރުގެ ރައީސަށް 2018 ގައި ޔާމީން ބަލިކުރެވުނީ އެ މުޖައްރިބު ފަންޑިތައިގެ ބާރުގަ އެވެ.

މިފަހަރުވެސް ރައީސް ސޯލިހާ ދެކޮޅަށް ހުރިހައި ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރެފިނަމަ އެ ކެންޑިޑޭޓަކަށް ކާމިޔާބު ވުމުގެ ފުރުސަތު ނުހަނު ބޮޑެވެ. އެ ފުރުސަތު ދޭން އިދިކޮޅުގެ އުފެދެން މިއުޅޭ ކޯލިޝަނުން އެއްބަސްވާ ކެންޑިޑޭޓަކީ ނަސީބުވެރި ކެންޑިޑޭޓަކަށް ވާނެ އެވެ.

ކަނޑައަޅަން ޖެހެނީ ކެންޑިޑޭޓެއް ނޫން، ސަރުކާރު އޮންނާނޭ ގޮތް

އިދިކޮޅު އިއްތިހާދެއް އުފައްދައިގެން، ކެންޑިޑޭޓަކު ނެރޭ ވާހަކަ ދެއްކީމާ، ހަގީގަތުގައި އެ ދައްކަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސަރުކާރެއް އުފައްދާ ވާހަކަ އެވެ. އެ ސަރުކާރުގައި ކޮންމެ ޕާޓީއަކަށް އޮންނާނީ ކިހާ ހިއްސާއެއްތޯއާއި، ކޮން ޕާޓީއަކަށް ކޮން މިނިސްޓްރީއެއްތޯ މިއީ އެ އެއްބަސްވުމުގައި ކަނޑައެޅެންޖެހޭ ކަންކަމެވެ. ގުޅެން މިއުޅެނީ އަލަށް އުފެދުނު ޑިމޮކްރެޓްސްއާއި ޖޭޕީއާއި ޕީޕީއެމް-ޕީއެންސީ އެވެ. ދެން އެ މަންޒަރަށް ވަދެދާނެ ޕާޓީއަކީ އުވިނުއުވި އޮތް އެމްއާރުއެމް އެވެ. މިއިން ކޮންމެ ޕާޓީއަކުންވެސް އެ އެއްބަސްވުމަށް ވަންނާނީ އެއްބަސްވުމުގައި އެޕާޓީއެއްގެ ދައުރާއި ހިއްސާ ކަށަވަރުވެގެންނެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އަންނަ އާދީއްތަ ދުވަހު ހުޅުވާލާއިރު އޭގެ 14 ދުވަސް ފަހުން އެ ފުރުސަތު ބަންދުވާނެ އެވެ. މާ ގިނަ ވަގުތެއް ނެތެވެ. ރިޔާސީ ކެންޑިޑޭޓުކަން ދޭނޭ ޕާޓީއަކާއި ނާއިބު ރަނިންގމޭޓުކަން ދޭނޭ ޕާޓީއަކާއި، ކޮންމެ ޕާޓީއަކަށް މިނިސްޓްރީތަކާއި، ސިޔާސީ މަގާމު ބަހާނޭ ގޮތުގެ އިންސައްތައަކަށް އެއްބަސްވުމަކީ ފަސޭހަ ކަމެއް ނޫނެވެ. ގުޅޭއިރު ގުޅިގެން އުޅޭނޭ ގޮތެއްވެސް ދުރާލާ އެކަށައެޅިފައި އޮންނަންޖެހެ އެވެ. އުފެދޭން އުޅޭ ކޯލިޝަންގެ ޕާޓީތަކުގެ ވިސްނުން އުޑާބިމާހައި ތަފާތެވެ. ސަރުކާރު ހިންގޭނީ އެ ސަރުކާރުގައި ހިމެނޭ ޕާޓީތަކުން އެއްބަސްވާ އަސާސީ އުސޫލުތަކެއް ހުރެގެންނެވެ. މި ޕާޓީތަކުގެ މެދުގައި އެ ރޫހު ނެތްއިރު ޕާޓީތަކުގެ އަސާސީ ފަލްސަފާވެސް ތަފާތެވެ. އެހެންވީމާ، މި ޕާޓީތައް ހިމެނޭ ސަރުކާރެއް ހިންގުމަކީ ގޮންޖެހުން ބޮޑު ކަމަކަށް ވާނެ އެވެ.

ކެންޑިޑޭޓު ކަނޑައެޅުމުގެ ފުރުސަތު ލިބެންވީ ކޮން ޕާޓީއަކަށް؟

އިދިކޮޅުގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަން އެވެ. ދެނަމެއް ކިޔަސް އެއް ޕާޓީ އެކެވެ. ސިޔާސީ މަސައްކަތުގައި މި ފަސް އަހަރު ދުވަހު އެންމެ ބޮޑު ގުރުބާނީއެއް ވީ ބަޔަކީ ޕީޕީއެމް-ޕީއެންސީ އެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒުކުރަމުން ދާތީ މިފަހަރުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަކަށް އަދި ނެތެވެ. ޝަރީއަތްތައް ހިނގަމުންދާ ގޮތަށް ބަލާއިރު އެފުރުސަތު ލިބިދާނޭ ކަމަކަށްވެސް ނުފެނެ އެވެ. އެހެން ވިޔަސް އެ ޕާޓީގެ ތެރެއިން ދެއްކޭނޭ ކިތަންމެ ރިޔާސީ ކެންޑިޑޭޓުން އެބަ ތިއްބެވެ. އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅި، އެއް ކެންޑިޑޭޓަކު ނެރޭނަމަ އެ ކެންޑިޑޭޓަކަށް ވާންޖެހޭނީ ޕީޕީއެމް-ޕީއެންސީ ގެ ކެންޑިޑޭޓެއް ކަމަށް އެ ބޭފުޅުން މި ސަބަބުތަކަށްޓަކައި ވަކާލާތުކުރައްވާނެ އެވެ. އަދި އުފެދޭ ސަރުކާރުގެ އެންމެ ބޮޑު ހިއްސާއެއް ވެސް އޮންނަންވާނީ އެޕާޓީއަށްކަމަށް އެޕާޓީން ދެކޭނެ އެވެ.

ކާނަލް ނާޒިމު އުފެއްދެވި އެމްއެންޕީ އަކީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ މީހުން ގުޅުނު ސިޔާސީ ޕާޓީ ކަމަށް ވާނެ އެވެ. އެއީ އެ ޕާޓީއަށް އޮތް ތާއީދުގެ ރަމްޒެކެވެ. މީގެ ކުރިން ނާޒިމްގެ ހިދުމަތުގެ ފެންވަރު ދައްކާލުމަށް ލިބިވަޑައިގަތީ ހަނި ފުރުސަތެކެވެ. ޑިފެންސް މިނިސްޓަރުކަމުގައި މާގިނަ ދުވަހެއް ނުވަނީސް މުޅީން ދޮގު ބުހުތާނު ތުހުމަތެއްގައި ހައްޔަރުކުރެވި މަގާމު ގެއްލުވާލެވުނެވެ. ޖަލުގައި ކިތަންމެ ދުވަހެއް ހޭދަކުރައްވަން ޖެހިވަޑައިގަތެވެ. ރައީސް ޔާމީނަށް ވާގިވެރިވުން ޝަރުތުކޮށް ޖަލުން ދޫކޮށްލުމުގެ ކިތަންމެ ހުށަހެޅުމެއް ލިބިވަޑައިގަތަސް، ނާޒިމު އިހުތިޔާރު ކުރެއްވީ ޖަލުގައި އޮންނެވުމެވެ. ރައްޔިތުންގެ ހައްގުގަ އެވެ. ނާޒިމުގެ އެ ގުރުބާނީއާއި، އެމްއެންޕީއާ ގުޅެމުންދާ ޒުވާނުންގެ ނިސްބަތަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެވަޑައިގަތުމުގެ ފުރުސަތު ނާޒިމު ދޫކޮށްލެއްވުމަކީ އެމްއެންޕީ ރުހޭ ކަމަކަށް ނުވާނެ އެވެ. އެ އަސާސްގެ މައްޗަށް، ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓަކީ ނާޒިމުކަމަށް ވާންޖެހޭ ކަމަށް އެ ޕާޓީން ވަކާލާތުކުރާނެ އެވެ.

ގާސިމް އިބްރާހީމްއާ ނުލައި އެއްވެސް ބަޔަކަށް މިހާތަނަކަށް ރިޔާސީ ރޭސް ކާމިޔާބު ކުރެވިފައި ނުވެ އެވެ. ގާސިމް އަކީ ރާއްޖޭގެ 'ކިންގ މޭކަރ' ކަމަށް ވިދާޅުނުވާ ސިޔާސީ ދުލެއް ރާއްޖެއަކު ނެތެވެ. އަމިއްލަ ފުޅު ވިޔަފާރިތަކުން ހޯއްދެވި މުއްސަނދިކަމުގެ ތެރެއިން ވަކިވަކި ފަރުދުންނާއި ޖަމާއަތަށް ކުރައްވަމުން ގެންދަވާ ދީލަތި ހަރަދުތަކުން ގާސިމްއަށް ޝުކުރުން ފުރިފައިވާ ހިތްތައް މަދެއް ނޫނެވެ. ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގާސިމްގެ އެހީ ލިބިފައިތިބި މީހުންނާއި، ގާސިމުގެ ސިޔާސީ ގާބިލުކަން ދެކެތިބި އެންމެންނަކީ ގާސިމަށް ކަށަވަރު ވޯޓުތަކެވެ. ކޮންމެ ރިޔާސީ އިންތިހާބެއްގައިވެސް ކާމިޔާބު ނުވަނީ ކުޑަ ފަރަގަކުންނެވެ. ގުޅިފައިވާ އިއްތިހާދެއް ހަދައި، އެ އިއްތިހާދުގެ ކެންޑިޑޭޓަކަށް ވެވަޑައިގެންފިނަމަ، ގާސިމްގެ މާލީ އަދި ސިޔާސީ ގާބިލުކަމުގެ ބާރުން އެންމެ ބުރަކުން ވެރިކަމަށް ވަޑައިގެންނެވުމުގެ ފުރުސަތު ކިތަންމެހައިވެސް ތަނަވަހެވެ. މިހެން އޮތް ކަމެއްގައި ގާސިމް ފަހަތަށް ޖެހިވަޑައިގެން އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކަށް ފުރުސަތު ދެއްވުމަކީ ޖޭޕީވެސް އަދި ގާސިމުވެސް ރުހޭނޭ ގޮތެއް ނޫނެވެ. އެހެންވީމާ، އެންމެ ގާބިލު ކެންޑިޑޭޓަކަށް ގާސިމު ކަމަށްވާތީ، ގުޅިފައިވާ އިއްތިހާދުގެ ކެންޑިޑޭޓަކަށް ގާސިމަށް ރުހުމަށް ހުރިހާ ޕާޓީތަކަށް އޭނާ ބާރު އަޅުއްވާނެ އެވެ.

އުފަންވިތާ އަދި މަސްދުވަސް ނުފުރޭ ޑިމޮކްރެޓްސްއަކީ ވެސް ރިޔާސީ ރޭހުގެ ކުރިން ޖާގަލިބެންޖެހޭކަމަށް ވަކާލާތުކުރާ ޕާޓީއެކެވެ. އެ ޕާޓީގެ ހަގީގީ ލީޑަރު، ރައީސް ނަޝީދު ރިޔާސީ ރޭހަށް ޝައުގުވެރިކަން ނެތްކަމަށް ވިދާޅުވެ އެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާމެދު ވެސް އެމަނިކުފާނު އެހެން ވިދާޅުވި އެވެ. ފަހު ވަގުތު 'ވަރަށް ގިނަ ބޭފުޅުންގެ އެދިވަޑައިގަތުމަށް' އެކަމާވެސް ހަވާލުވެވަޑައިގެންނެވި އެވެ. ނާ އެމަނިކުފާނު ރިޔާސީ ރޭހަށް ނުކުންނެވުމަށްވެސް ނުލާހިކު ގިނަ ބޭފުޅުން އެދިވަޑައިގަންނަވާނެ އެވެ. އެހެންވީމާ މިފަހަރުވެސް ވާނޭ ގޮތެއް އެނގޭނީ އެގޮތެއް ވީމަ އެވެ.

ނަޝީދު ރިޔާސީ ރޭހުގައި ވާދަ ނުކުރެއްވިޔަސް، އެ ޕާޓީގައިވެސް ކެންޑިޑޭޓުން މަދެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ވިޔަފާރިވެރިންނެވެ. އަނެއްކޮޅުން ކޮންމެ ކެންޑިޑޭޓަކު ނެރުނަސް ކެމްޕޭން ޕޯސްޓަރުގައި ޖަހާނީ ނަޝީދުގެ ފޮޓޯފުޅެވެ. ވިއްކާ ނަމަކަށް ވާނީ ނަޝީދެވެ. އެހެންވީމާ އެއީ މަދެކަ ބައިވަރެއް ވޯޓެއް ނޫނެވެ. މިހާތަނަށްވެސް ރިޔާސީ އިންތިހާބެއްގައި ވަކި ކެންޑިޑޭޓަކަށް އެންމެ ކާމިޔާބު ނަމަކީ ނަޝީދެވެ. އެހެންވީމާ، ނަޝީދު ދައްކާ ކެންޑިޑޭޓަކު އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓަކަށް ހެދުމުގެ ފައިދާ ބޮޑުކަން އިދިކޮޅު ކޯލިޝަނަށް ވިސްނުވަދޭން ޑިމޮކްރެޓްސް މަސައްކަތް ކުރާނެ އެވެ.

މިހާތަނަށް އައިއިރު، މި އުފެދެން އުޅޭ ކޯލިޝަނަށް އިހުސާސު ކުރެވި ގަބޫލުކުރެވިފައި އޮތް ހަގީގަތަކީ ހުރިހާ އެންމެން ގުޅިގެން އެއް ކެންޑިޑޭޓަކު ނެރެގެން މެނުވީ ސަރުކާރު ބަލިކުރެވެން ނެތްކަމެވެ. އެކަމަކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ލިބެންޖެހޭނީ ތިމަންނާއަށް ނުވަތަ ތިމަންނާ ދައްކާ ކެންޑިޑޭޓަކަށް ކަމަށް ވަކާލާތު ނުކުރައްވާ ބޭފުޅަކު ނެތެވެ. އެންމެ ރަނގަޅު ކެންޑިޑޭޓަކީ ތިމަންނާކަމަށް ކުރާ ދައުވާ ދޫކޮށްލައިފިނަމަ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ކަށަވަރުކޮށް ހަވާލުވުމަށް އޮތް ފުރުސަތު ގެއްލުނީ އެވެ. އެހެންނަމަވެސް ޔަގީނުންވެސް ކޮންމެވެސް އެއްބަޔަކު ފަހަތަށް ޖެހިގެން މެނުވީ އެއް ކެންޑިޑޭޓަކު ނުދެއްކޭނެ އެވެ. އަދި ސަރުކާރުގެ ކުޑަ ހިއްސާއަކަށް އެއްބަޔަކު ރުހި ދީލާލައިގެން މެނުވީ ސަރުކާރު އޮންނާނޭ ގޮތުގެ އެއްބަސްވުމަކަށްވެސް ނާދެވޭނެ އެވެ،

ކޮމެންޓް

ފަހުގެ ޚަބަރު

މާލެއިން ވޮޝިންޓަނަށް؛ 'ވިޔާނުދާ' ނޫސްވެރިންގެ އަސަރާއި ނަތީޖާ

އެމެރިކާގެ ރައީސް ޓްރަމްޕް ވަކި ނޫސްވެރިންތަކެއް ވައިޓް ހައުސްއަށް ވަނުން މަނާކުރުމުން، އެކަށީގެންވާ އިޖުރާއާތެއް ނެތި އެފަދަ ނިންމުންތައް ނުނިންމޭނެ ކަމަށް އެ ގައުމުގެ ކޯޓުން ވަނީ ކަނޑައަޅާފައެވެ. ހަމައެފަދައިން، ރާއްޖޭގެ ރައީސް އޮފީހުން ވެސް "އަދަދު" ނޫހުގެ ނޫސްވެރިން ބައްދަލުވުންތަކަށް ވަނުން މަނާކޮށްފައިވަނީ، ރައީސް މުއިއްޒާ ކުރިމަތިކުރި އުނދަގޫ ސުވާލަކާ ގުޅިގެން އެއްވެސް ލިޔުމެއް ނުވަތަ ޖަވާބެއް ދިނުމަކާ ނުލައެވެ.

ދިވެހިރާއްޖޭގައި އޮތީ އިސްލާމީ ޓޫރިޒަމެއް؛ ސަބަބުތައް މިއޮތީ!

ދިވެހި ޓޫރިޒަމް ދާއިރާ އިޝްތިހާރު ކުރަން ތިބި މީހުން އެއީ ލާދީނީ ކާފަރު ޓޫރިޒަމެއްކަމަށް ސިފަކުރަމުންދާނަމަ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ މުސްލިމުންނަށް އެދެވެނީ ކޮން ކަހަލަ މެސެޖެއްހެއްޔެވެ؟ އެމީހުންނަށް އެކަންޏެއް ނޫނެވެ. ދީނީ ހަރުކަށި ވިސްނުމުގެ އަހުލުވެރިންނަށް ވެސް އެދެވެނީ ކޮން ކަހަލަ ދައުވަތެއްހެއްޔެވެ؟

ރަދުން ކޮންޓްރޯލް ކުރެއްވި ސިއްރުވެރި ބޮޓޭނިކަލް ވިޔަފާރި

ތާވައްކާށި ނުވަތަ ކަނޑުކާށީގެ ވިޔަފާރިއަކީ ތާރީޚީގޮތުން ދިވެހި ރަދުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން ހިންގި ސިއްރުވެރި މޮނޮޕޮލީއެކެވެ. ސީޝެލްސްގެ ރަށްތަކުން އޮޔާލައިގެން ރާއްޖެއަށް ލައްވާ މި ކާށިތަކަކީ ހަމައެކަނި ރަދުންނަށް ޚާއްޞަ އެއްޗެއްގެ ގޮތުގައި އޭރު އޮތީ ކަނޑައަޅާފައެވެ. މި ކާށީގެ ސައިންޓިފިކް ނަން ރާއްޖެއަށް ނިސްބަތްވަނީ، އެ ދުވަސްވަރު ދިވެހިރާއްޖެ މެދުވެރިކޮށް މި ތަކެތި ދުނިޔޭގެ ބާޒާރަށް ތައާރަފުވެފައިވާތީއެވެ.

ރިސޯޓުތަކުގެ ކުލީގެ މުއްދަތު ދިގުވުމާއި ގައުމުގެ މުސްތަގުބަލު

ދިވެހިރާއްޖޭގެ ރިސޯޓުތަކުން އިންވެސްޓަރުންނަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ރަށްތައް ކުއްޔަށްދޭ މުއްދަތު 99 އަހަރަށް އިތުރުކޮށްފައިވަނީ ގައުމީ މަސްލަހަތަށްވުރެ ބޮޑަށް ސަރުކާރުތަކުގެ ވަގުތީ މާލީ ބޭނުންތައް ފުއްދުމަށެވެ. މިގޮތަށް މުއްދަތު އިތުރުކުރުމާއި ޖޫރިމަނާތައް މާފުކުރުމުގެ ސަބަބުން، ދައުލަތަށް ލިބެންޖެހޭ ދެމެހެއްޓެނިވި އިގުތިސާދީ މަންފާ ނުލިބި ގައުމުގެ މާލިއްޔާއަށް ބޮޑެތި ގެއްލުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.

ޒުވާނުންނާއި ޒަމާނީ މަސައްކަތުގެ މާހައުލު

ދިވެހި ޒުވާނުން މަސައްކަތްތަކާ ދުރުވަނީ ކަންނެތްކަމުން ކަމަށް ބުނާ ބުނުމަކީ ހަގީގީ ދިރާސާއެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއް ނޫނެވެ. ޒުވާނުން ވަޒީފާއަށް ނުކުތުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދިރިއުޅުމުގެ ހަރަދުތަކާ ނުބައްދަލު ދަށް އުޖޫރައާއި، މަސައްކަތުގެ މާހައުލުގައި ހައްގުވާ ރައްކާތެރިކަމާއި އިނާޔަތްތައް ނެތުމެވެ. އެހެންކަމުން، ވަޒީފާގެ ބާޒާރުން ދިވެހިން އެކަހެރިވާ ސަބަބުތައް ދެނެގަތުމަށް އިލްމީ ދިރާސާތަކެއް ކުރުން މުހިންމެވެ.

އެގާރަސަތޭކަ ނަވާރަ މީހުންގެ އެއްބަސްވުމާ ދެކޮޅު، 1120 ވަނަ މީހާ

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ރައީސް ޑރ. މުއިއްޒު ކަނޑައެޅުމަށް، އެ ޕާޓީގެ ކޮންގްރެސްގެ 1،119 މަންދޫބުން އިއްތިފާގުން ވަނީ ނިންމާފައެވެ. އެއްވެސް މީހެއްގެ އިއުތިރާޒެއް ނެތި މި ނިންމުން ނިންމި ނަމަވެސް، މިއީ ސިޔާސީ ގޮތުން ފުންކޮށް ވިސްނާލަންޖެހޭ ފަދަ ތަފާތު ނަތީޖާއެކެވެ.

އަހަރެމެން ދިވެހިންނާ ހެދި ކިހާ ބަޔަކު އިސްލާމްވެދާނެބާ؟

މުސްލިމުން އިސްލާމްދީން އުގެނި ދަސްކުރީ މާތް ނަބިއްޔާ މުހައްމަދުގެފާނުގެ އަރިހުންނެވެ. މުސްލިމުން އިތުރު އެކަލޭގެފާނުގެ އަރިހުން ދަސްކުރި އަމަލީ އިސްލާމްދީން އިސްލާމީ އުންމަތް އޭގެ ކުރިބޯއްޓަށް އަރާފައި ދުޝްމަނުންގެ އަތުން ބަލިވެ ބަގުދާދު ފުނޑި ސުންނާފަތިވީއިރުވެސް މުސްލިމުންގެ މެދުގައި ދިރިދިރި އޮތެވެ. މީގެ އެތައް މިސާލެއް ތާރީހުން ފެނެ އެވެ.

Newsletter

Get the latest news delivered straight to your inbox