ޓާފަކީ ހައްލެއް ނޫން، ދަނޑު ގިނަވުން މުހިންމު: މާޒިޔާ ކޯޗު މިލޯ

Jul 14, 2023, 10:37 AM
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މާޒިޔާގެ ކޯޗު މިލޯ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މާޒިޔާގެ ކޯޗު މިލޯ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ދިވެހި ފުޓްބޯޅަ ކުރިއަރުވަން ބަލާއިރު ގިނަ ދަނޑުތަކެއް މުހިންމު ކަމަށާއި، ޓާފް ދަނޑުގައި ޕްރެކްޓިސްކޮށްގެން ކުޅުމަށް ވުރެން، ވަކިން ހާއްސަކޮށް ވިނަ ދަނޑުތަކެއްގައި ކުޅެގެން ތައްޔާރުވުންތައް ކުރިއަށް ގެންދިއުން މުހިންމު ކަމަށް މާޒިޔާގެ ކޯޗު ބޮސްނިއާގެ މިލޮމީރް ސެސްލިޖާ (މިލޯ) ބުނެފި އެވެ.

މާޒިޔާގެ ކޯޗުކަމާ ހަވާލުވިތާ ހަފްތާއެއް ފަހުން މިރޭ މިލޯ، އެ ޓީމު ގޮވައިގެން ފުރަތަމަ މެޗަށް ނުކުންނާނެ އެވެ. ކޯޗު މިލޯއާ އެކު ފަސް ދުވަހުގެ ޕްރެކްޓިސް އަށް ފަހު ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް މިރޭ މާޒިޔާ ކުޅޭނެ އެވެ.

ރާއްޖޭގައި މިހާތަނަށް އޭނާގެ ތަޖުރިބާއާ ގުޅޭގޮތުން ކޯޗު މިލޯ ބުނީ ރާއްޖެ އަކީ މެހުމާންދާރީ އަދާކުރުމުގައި ނަމޫނާ ގައުމެއް ކަމަށެވެ. ޓީމާ އެކު މި ހޭދަވީ މަދު ދުވަސްކޮޅު އުފާވެރި ހިތްހަމަޖެހޭ ދުވަސްތަކެއް ހޭދަވި ކަމަށް އޭނާ ބުންޏެވެ.

މާޒިޔާއާ އެކު އޭނާ ކުރާ ފުރަތަމަ ތަޖުރިބާއާ ގުޅޭގޮތުން މިލޯ ބުނީ ޓީސީ އަކީ ސަމާލުވާން ޖެހޭ ވަރުގެ ޓީމެއް ކަމަށާއި، ވަކިން ހާއްސަކޮށް އެ ޓީމަކީ ކައުންޓާ އެޓޭކުގައި ނުރައްކާ ޓީމެއް ކަމަށެވެ.

"ޓީސީގެ ބައެއް މެޗުތައް ބަލައިފިން. އެ ޓީމުގެ ވަރުގަދަ ކަންކަން ފާހަގަކޮށްފިން. ކީޕަރު (ސުޖަން) ވެސް ރަނގަޅު އެ ޓީމު. ކައުންޓާ އެޓޭކުގައި ނުރައްކާ ޓިމެއް އެއީ. އެހެން ވަރަށް ވިސްނަން ޖެހޭނެ. ބައި ގޯލަކުން ވެސް މެޗު ގެއްލިދާނެ. އެހެންވީމަ އަހަރުމެން ރަނގަޅަށް ތައްޔާރުވާނެ" އޭނާ ބުންޏެވެ.

މިލޯ ބުނީ މި މެޗުގައި އޭނާ ބޭނުންވަނީ ޓީމުން އެޓޭކިން ގޭމެއް ކުޅެން ކަމަށެވެ. ކުޅުންތެރިންގެ މޮޅުވާން ބޭނުންވާ މިންވަރު ފެނިފައި އޭނާ ހުރީ ހިތްހަމަޖެހިގެން ކަމަށާއި، ޓީމު ތެރޭ ވަރަށް އެކުވެރިކަން ވެސް އޭނާ ފާހަގަކުރި އެވެ.

"އަހަރެން ބޭނުންވަނީ ކުޅުންތެރިން މެންޓަލީ މި މެޗަށް ތައްޔާރުވާން. ކުޅުންތެރިން ކުޅުމުގެ ތެރެއިން އިސްނަގަން އަހަރެން ބޭނުމީ. އެގްރެސިވްކޮށް ކުޅެން. އެކަކު އަނެކަކާ ވާހަކަދައްކައިގެން ކުޅެންވީ. މޮޅުވާން ބޭނުންވާ މީހުންގެ ސިފަތައް ކުޅުންތެރިންގެ ފަރާތުން މެޗުގައި ފެންނަން ބޭނުމީ." ބޮސްނިއާ އަށް އުފަން މިލޯ ބުންޏެވެ.

އޭޝިއާގައި ކުޅުމާއި ކޯޗިންގެ ތަޖުރިބާ ވެސް ހާސިލްކޮށްފައިވާ މިލޯ ވަނީ ޓާފް ދަނޑުގައި ކުޅުމަކީ ކުޅުންތެރިންނަށް އޭގެ ނުރައްކާވާ ކަމެއްކަން ހާމަކޮށްފަ އެވެ. އެ ގޮތުން ޓާފް ދަނޑުގައި ވަރުގަދައަށް ކުޅުމުން ފައިގެ އެކި މަސްތަކަށް އަނިޔާވުމުގެ ފުރުސަތު ބޮޑުކަން އޭނާ ހާމަކުރި އެވެ.

"ޓާފްގައި ކުޅެފައި ވިނަ ދަނޑުގައި ކުޅުމުގައި ތަފާތެއް ހުރޭ. އެކަމަކަށް ވިސްނައިގެން ޕްރެކްޓިސް ކުރަން ޖެހޭނީ. އަނެއްކޮޅުން ފުލް ޕިޗު އެބަ ބޭނުންވޭ. އަހަރުމެން ޕްރެކްޓިސް މި ކުރީ ވިލިނގިލީގައި. 30 މިނެޓު ގެއްލުނަސް އަހަންނަށް ފުލްދަނޑެއްގައި ކުރެވޭ ޕްރެކްޓިސް ވަރަށް މުހިންމު." އޭނާ ބުންޏެވެ.

ދިވެހި ފުޓްބޯޅައިގެ ކުރިއެރުމަށް ކުރެވޭނީ ކޮންކަމެއްތޯ އެހުމުން އޭނާ ބުނީ އެންމެ މުހިންމު ކަމަކީ ގިނަ ދަނޑުތަކެއް އެޅުން ކަމަށެވެ. އެ ގޮތުން ޓީމްތައް ފުލް ދަނޑެއްގައި ޕްރެކްޓިސް ކުރަން ގިނަ ދަނޑުތަކެއް އެޅުން މުހިންމު ކަމަށާއި، އެ ގޮތުން ޓީމްތައް ފުލް ދަނޑެއްގައި ޕްރެކްޓިސްކޮށް ގިނަ ބަޔަކު ކުޅޭނެ ވަސީލަތްތައް ހުރުން މުހިންމު ކަމަށްވެސް އޭނާ ބުންޏެވެ.

"ދިވެހި ފުޓްބޯޅަ ކުރިއަރުވަން ވަރަށް މުހިންމު ކަމެއް ގިނަ ދަނޑުތަކެއް އެޅުން. އަހަރެން އަޑު އެހިން އިތުރު ދަނޑެއް އަޅާވާހަކަ. ވިނަ ދަނޑުގައި މެޗު ކުޅެން ވިނަ ދަނޑުގައި ޕްރެކްޓިސް ކުރުންވެސް މުހިންމު. ދަނޑިތައް ގިނަވި ވަރަކަށް ބޭނުންވާ ގޮތަށް ގިނަ ޕްރެކްޓިސް ކުރެވޭނެ. ގިނަ މީހުން ކުޅޭނެ. މިއީ އެންމެ މުހިންމު ކަމަކީ." މިލޯ ބުންޏެވެ.

މާޒިޔާ އާއި ޓީސީ ކުޅޭ މެޗު އޮންނާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox