ރޮޖާސް މި ފަހަރު ސެލްޓިކަށް ދިނީ ތިން އަހަރުގެ ޔަގީންކަން

Jun 24, 2023, 6:25 AM
ރޮޖާސް މި ފަހަރު ސެލްޓިކަށް ދިނީ ތިން އަހަރުގެ ޔަގީންކަން

ގްލާސްގޯ (ޖޫން 24) - ސެލްޓިކާއެކު ހަދާފައިވާ ތިން އަހަރު ދުވަހުގެ އެއްބަސްވުން ހަމަވަންދެން އެ ކްލަބުގައި މަޑުކުރާނެކަމުގެ ގެރެންޓީ އެ ކްލަބަށް ދީފައިވާނެ ކަމަށް ސެލްޓިކްގެ އާ ކޯޗު ބްރެންޑަން ރޮޖާސް ބުނެފިއެވެ.

ކުރިން ސެލްޓިކްގެ ކޯޗުކަމާ ހަވާލުވެ، ރޮޖާސް ވަނީ 2018-2019 ވަނަ އަހަރުގެ ސީޒަންގެ މެދުތެރެއިން ސެލްޓިކްގެ ކޯޗުކަން ދޫކޮށް، ލެސްޓާ ސިޓީގެ ކޯޗުކަމާ ހަވާލުވެފަ އެވެ. އެކަމާ ގުޅިގެން ސެލްޓިކްގެ ސަޕޯޓަރުން ރޮޖާސްއާ މެދު ހިތްހަަމަނުޖެހުނެވެ.

ލެސްޓާގެ ކޯޗުކަމުން މިދިޔަ ސީޒަންގައި ވަކިކުރި ރޮޖާސް އަލުން ސެލްޓިކްއާ ހަވާލުވެ، ސަޕޯޓަރުންނަށް ދިން ޔަގީންކަމަކީ އޭނާގެ މަގާމުން ވަކިނުކުރާހާ ހިނދަކު، އެ ކްލަބާ އެކު ހަދާފައިވާ ކޮންޓުރެކްޓްގެ ނިޔަލަށް އެ ކްލަބުގައި މަޑުކުރާނެ ކަމެވެ.

Advertisement

"އަހަރެން މި ސޮއިކުރީ ތިން އަހަރަށް. އެހެންވީމަ ތިން އަހަރު އަހަރެން މި ކްލަބުގައި މަޑުކުރާނަން. އެކަމަކު އެ މުއްދަތުގައި އަހަރެން މަގާމުން ވަކިކޮށްފިނަމަ އަހަރެން ކުރާނެ ކަމެއް ނެތް،" ރޮޖާސް ބުންޏެވެ.

"ސެލްޓިކްގެ ސަޕޯޓަރެއް އަހަންނަކީ ވެސް. އެެހެންވީމާ އޭރު (ކްލަބު ދޫކޮށްލުމުން) ސަޕޯޓަރުންނަށް ކުރާނެ އަސަރު އަހަންނަށް އެނގޭ. އެކަމާ އަހަރެން ވަރަށް ދެރަވި."

ރޮޖާސް ބުނީ ލެސްޓާގެ ކޯޗުކަމުން ވަކިވުމަށް ފަހު އޭނާ ނިންމައިގެން ހުރީ އަހަރެއްހާ ދުވަހުގެ ބްރޭކެއް ނެގުމަށް ކަމަށެވެ. އެކަމަކު ސެލްޓިން އިން ފުރުސަތު ލިބުމާއެކު، ކްލަބާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު އެނާގެ ހިޔާލު ބަދަލުވީ ކަމަށެވެ.

އުތުރު އަޔަލޭންޑަށް ނިސްބަތްވާ ރޮޖާސް ވަނީ ލެސްޓާ ސިޓީއާއެކު އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ. ރޮޖާސް ،50، ވަނީ އޭގެ ކުރިން ލިވަޕޫލާއި ސްވަންސީ ސިޓީ އަށް ވެސް ކޯޗުކޮަށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox