ލެސްޓާގެ ކުޅުންތެރިންނާ ބެހޭގޮތުން ދެއްކި ވާހަކައަކުން ރޮޖާސް ހޫނުފެނަށް!

Feb 8, 2022, 4:51 AM
ލެސްޓާގެ ކުޅުންތެރިންނާ ބެހޭގޮތުން ދެއްކި ވާހަކައަކުން ރޮޖާސް ހޫނުފެނަށް!

ލެސްޓާ (ފެބްރުއަރީ 8) - އެފްއޭ ކަޕްގެ ހަތަރު ވަނަ ބުުރުގައި ދެ ވަނަ ޑިވިޝަނުގެ ނޮޓިންހަމް ފޮރެސްޓް އަތުން ބަލިވި މެޗަށް ފަހު ލެސްޓާ ސިޓީގެ ކޯޗު ބްރެންޑަން ރޮޖާސް އެ ޓީމުގެ ކުޅުންތެރިންނާ ބެހޭގޮތުން ދެއްކި ބައެއް ވާހަކަތަކުގެ ސަބަބުން އޭނާ އަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.

އެފްއޭ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ މި ފަހަރުގެ މުބާރާތުން ކެޓީ ލަދުވެދި ނަތީޖާއަކަށް ފަހު އެވެ. އާދިއްތަ ދުވަހުގެރޭ ކުޅުނު އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގެ މެޗުން ލެސްޓާ ވަނީ ދެ ވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ، ނޮޓިންހަމް އަތުން 4-1 އިން ބަލިވެފަ އެވެ.

އެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރޮޖާސް ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ.

Advertisement

ނޮޓިންހަމް މެޗުގެ ކުރިން އޮތް ލެސްޓާ ޓީމު ބައްދަލުވުމަށް ރޮޖާސް ވަނީ މިދިޔަ ސީޒަނުގައި އެ ޓީމުން ހޯދި އެފްއޭ ކަޕްގެ ރަމްޒީ ތަށްޓެއް ގެންގޮސްފަ އެވެ. އެއީ ލެސްޓާ ކުޅުންތެރިން މޮޓިވޭޓް ކުރުމުގެ ގޮތުން ތަށި ލިބޭނީ މަސައްކަތް ކޮށްގެން ކަން ކިޔައިދިނުމުގެ ބޭނުމުގައި ކުރި ކަމެއް ކަމަށް ރޮޖާސް ވަނީ ބުނެފަ އެވެ. އެކަމަކު، އެކަން އެ ގޮތަށް ޓީމު ބައްދަލުވުމަށް ގޮސްގެން ކަންތައްތަކެއް ކުރިކަމުގެ ފައިދާއެއް ނުފެނި، ބަލިވާން ޖެހުމުގެ ޒިންމާ ރޮޖާސް އެޅުވީ ޓީމުގެ ކުޅުންތެރިންގެ ބޮލުގަ އެވެ. ހާއްސަކޮށް މެޗުގެ ފުރަތަމަ 32 މިނިޓް ތެރޭ ނޮޓިންހަމް އިން ލެސްޓާ ކޮޅަށް ތިން ގޯލު ޖެހުން ރޮޖާސް އަށް "ހަޖަމްކުރަން" އުނދަގޫވި އެވެ.

ރޮޖާސް ބުނީ ނަތީޖާއާ މެދު ސަޕޯޓަރުން ކިބައިން އޭނާ މައާފަށް އެދޭ ކަމަށެވެ. އެކަމަކު، މީގެ ކުޅުންތެރިންގެ ޒިންމާއެއް ވެސް އޮތް ކަން ގަބޫލުކުރަން ޖެހޭ ކަމަށް ރޮޖާސް ވަނީ ބުނެފަ އެވެ.

"ކަމެއް ހާސިލްކުރަން ބޭނުންވެފައި ހުރި މަންޒަރެއް ނުފެނުނު ބައެއް ކުޅުންތެރިންގެ މޫނުމަތިން. ބައެއް ކުޅުންތެރިންގެ ކިބައިން ފެންނަނީ އެހެން ކަހަލަ މަންޒަރުތަކެއް. މި ޓީމުގައި ހުރެގެން ދެން އިތުރު ކާމިޔާބީއެއް ހޯދިދާނެ ކަމަށް ގަބޫލުނުކުރާ ވިސްނުމުގައި ދަނޑުމަތީގައި ތިބޭ ކުޅުންތެރިން ވެސް އެބަތިބި. އެއީ ރަނގަޅު ގޮތެއް ނޫން. މިދިޔަ ސީޒަނުގައި ހޯދި ފަދަ ކާމިޔާބެއް ނުހޯދޭނެ އެންމެ ބޮޑު ސަބަބަކީ ޓޮޕް ވިސްނުން ހުރި ކުޅުންތެރިން މި ޓީމުގައެއް ނެތް. އެ އަށް ވުރެ ވިސްނުން ދަށްކޮށް ފެންނަނީ. އަހަންނަށް ހުރިހާ މަންޒަރެއް ވެސް ފެނޭ،" ކުޅުންތެރިންނަށް ފާޑުކިޔަމުން ރޮޖާސް ބުންޏެވެ.

ކުރިން ސްވަންސީ ސިޓީ އާއި ލިވަޕޫލަށް ޕްރިމިއާ ލީގުގައި ކޯޗުކޮށްދިން އުމުރުން 49 އަހަރުގެ ރޮޖާސްގެ މި ވާހަކަތަކަށް ފަހު ލެސްޓާގެ ބޯޑުގެ ވެސް ހިތްހަމަނުޖެހުންތަކެއް އެބަހުއްޓެވެ. ބޯޑުން ވަނީ ކުޅުންތެރިންނާ ބެހޭގޮތުން ރޮޖާސް ދެއްކި ވާހަކައިގެ ތަފްސީލެއް ދޭން ބުނެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ކުޅުންތެރިންނާ ބެހޭގޮތުން ރޮޖާސް ދެއްކި ވާހަކައިގެ ސަބަބުން އޭނާ އަށް ލެސްޓާގެ ވަޒީފާ ގެއްލުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ފަހަކަށް އައިސް ރޮޖާސް އަށް ވަނީ ލެސްޓާގައި ނަތީޖާ ނެރެން އުނދަގޫވެފަ އެވެ. ލެސްޓާ، މި ވަގުތު އިނގިރޭސި ޕްރިމިއާ ލީގުގެ 10 ވަނައިގައި އޮތްއިރު، އެއީ ގަދަ ހަތަރަކަށް ވުރެ 12 ޕޮއިންޓް ފަހަތުގަ އެވެ. ލީގުގައި ދެން ލެސްޓާ ކުޅޭ މެޗަކީ އަންނަ ބުރާސްފަތި ދުވަހުގެރޭ ރަށުންބޭރުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗެވެ.

ރޮޖާސް އަކީ މި ސީޒަން ފެއްޓުމުގެ ކުރިން ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗަކަށް ގެންދަން އެ ޓީމުން ބޭނުންވި ކޯޗެކެވެ. އަންނަ ސީޒަނަށް މެންޗެސްޓާ ޔުނައިޓެޑުން ދާއިމީ އެއްބަސްވުމެއްގެ ދަށުން ކޯޗެއް ހޯދަން ކުރާ މަސައްކަތުގައި ފާރަލަމުން އަންނަ ކޯޗުންގެ ޝޯޓްލިސްޓުގައި ރޮޖާސްގެ ނަން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox