ރޮޖާސްގެ ލެސްޓާ އަތުން ޖެރާޑްގެ ވިލާ އަށް މޮޅެއް

Dec 6, 2021, 3:59 AM
ރޭގެ މެޗަށް ފަހު ޖެރާޑް (ކ) އާއި މާޓީނޭޒް އުފާފާޅުކުރަނީ.

ރޭގެ މެޗަށް ފަހު ޖެރާޑް (ކ) އާއި މާޓީނޭޒް އުފާފާޅުކުރަނީ.

ބާމިންހަމް (ޑިސެމްބަރު 6) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސްޓީވެން ޖެރާޑް ކޯޗުކޮށްދޭ އެސްޓަން ވިލާ އިން 2-1 އިން ބްރެންޑަން ރޮޖާސްގެ އިރުޝާދުގެ ދަށުން ކުޅޭ ލެސްޓާ ސިޓީ ބަލިކޮށްފި އެވެ.

މީގެ ކުރިން ސްކޮޓްލެންޑްގެ ލީގުގައި ވަނީ ޖެރާޑް ކޯޗުކޮށްދިން ރޭންޖާސް އާއި ރޮޖާސް ހުރި ސެލްޓިކް ވާދަކޮށްފަ އެވެ. ފުރަތަމަ މެޗުން ރޮޖާސްގެ ސެލްޓިކް 1-0 މޮޅުވިއިރު، ދެ ވަނަ މެޗުން ރޭންޖާސް ކާމިޔާބުކުރީ 1-0 އިންނެވެ. ޕްރިމިއާ ލީގުގައި ޖެރާޑް ވަނީ ފުރަތަމަ ކުރިމަތިލުމުގައި ވިލާ ގޮވައިގެން ފަހަތުން އަރައި ރޮޖާސްގެ ލެސްޓާ 2-1 އިން ބަލިކޮށްފަ އެވެ.

"މިއީ އެސްޓަން ވިލާ އަށް ލިބުނު މޮޅެއް. މިއީ އަހަަންނަށް ވަކި މީހެއް އަތުން ލިބުނު މޮޅެއް ކަމަށް ނުދެކެން،" ރޭގެ މެޗަށް ފަހު ރޮޖާސް އަތުން މޮޅުވުމުން ދެކެނީ ކިހިނެއްތޯ އެހުމުން ޖެރާޑް ބުންޏެވެ.

ރޭ އެސްޓަން ވިލާ ދަނޑުގައި ލީޑުނެގީ ލެސްޓާ އިންނެވެ. ޖޭމީ ވާޑީގެ މަގާމުގައި ލެސްޓާގެ އެންމެ ކުރިއަށް ކުޅެމުން ދިޔަ ޕެޓްސަން ޑަކާ ދިން ބޯޅައަކުން މެޗުގެ 14 ވަނަ މިނިޓްގައި ލެސްޓާ އަށް ލީޑުނަގައިދިނީ ހާވީ ބާންސް އެވެ. ލެސްޓާ އަށް ލީޑު ހިފަހައްޓައިލެވުނީ ތިން މިނިޓް އެވެ. މެޗުގެ 17 ވަނަ މިނިޓްގައި އެސްޓަން ވިލާގެ އެމީ ބުއެންޑީއާ ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ އެޒްރީ ކޮންސާ ފައިގައި ޖެހިފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިލާގެ ޖޭކޮބް ރަމްސޭ ޖެހި ގޯލެއް ރެފްރީ ބަލައިނުގަތެވެ. އެއީ ލެސްޓާގެ ކީޕަރު ކެސްޕާ ޝްމައިކަލަށް ފައުލް ކޮށްފައި ޖެހި ގޯލެއް ކަމަށް ބެލުމަށް ފަހު އެވެ.

ވިލާ މޮޅުވި ގޯލު ޖެހީ ދެ ވަނަ ހާފުގެ ކުރީކޮޅުގަ އެވެ. ދެ ވަނަ ހާފް ފަށައިގެން ނުވަ މިނިޓް ތެރޭ ޖޯން މެކްގިން ދިން ބޯޅައަކުން ކޮންސާ ވަނީ ދެ ވަނަ ގޯލެއް ޖަހައި ވިލާ މޮޅުކޮށްދީފަ އެވެ.

ޖެރާޑް މި ވަނީ ވިލާއާ ހަވާލުވިފަހުން ކޯޗުކޮށްދިން ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފަ އެވެ. ބަލިވީ ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީ އަތުންނެވެ.

ލީގުގައި ދެން ވިލާ އަށް އޮތީ ޖެރާޑް 17 އަހަރު ވަންދެން ކުުޅުނު ލިވަޕޫލް މެޗެވެ. އެ މެޗު ކުޅޭނީ ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox