ބާސެލޯނާ އާއި ޔުނައިޓެޑްގެ ވާހަކަތަކަށް ރޮޖާސް ސަމާލުކަމެއް ނުދޭ

Oct 30, 2021, 9:12 AM
ބާސެލޯނާ އާއި ޔުނައިޓެޑްގެ ވާހަކަތަކަށް ރޮޖާސް ސަމާލުކަމެއް ނުދޭ

ލެސްޓާ (އޮކްޓޫބަރު 30) - ބާސެލޯނާ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުގެ މަގާމާއި އޭނާއާ ގުޅުވައިގެން ދައްކާ ވާހަކަތަކާ މެދު ނުވިސްނާ ކަމަށް ލެސްޓާ ސިޓީގެ ކޯޗު ބްރެންޑަން ރޮޖާސް ބުނެފި އެވެ.

ބާސެލޯނާގެ ކޯޗުގެ މަގާމު މިދިޔަ ހަފްތާގައި ހުސްވީ އެ ޓީމުގައި ހުރި ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ވަކިކުރުމުންނެވެ. ބާސެލޯނާ އިން ގެންނަން އެންމެ ބޭނުންވަނީ ގަތަރުގެ އަލް ސާދުގެ ކޯޗަކަށް ހުރި ބާސެލޯނާގެ ކުރީގެ ތަރި ޒަވީ ހެނާންޑޭޒް އެވެ. އެކަމަކު، އަލް ސާދާ އެކު 2022 ވަނަ އަހަރުގެ ނިޔަލަށް ޒަވީ ކޮންޓްރެކްޓްގައި ހުރިއިރު، އެ ކްލަބުން ޒަވީގެ އެއްބަސްވުން އުވާލަން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

މިދިޔަ ހަފްތާގައި ވާދަވެރި ލިވަޕޫލް އަތުން 5-0 އިން އަމިއްލަ ދަނޑުގައި ލަދުވެތި ގޮތަކަށް މެންޗެސްޓާ ޔުނައިޓެޑް ބަލިވުމުން އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ މަގާމުން ވަކިކުރާ ވާހަކަ އަކީ މީޑިއާގައި މި ވަގުތު އެންމެ ވަރުގަދަ އަށް ޓްރެންޑް ވަމުން އަންނަ އެއް ހަބަރެވެ. ޔުނައިޓެޑުން ގެންނަން މަސައްކަތްކުރާ ކޯޗުންގެ ތެރޭގައި ރޮޖާސް ހިމެނެ އެވެ.

Advertisement

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ލެސްޓާގެ ކޯޗު ރޮޖާސްގެ ނަން ޔުނައިޓެޑްގެ އިތުރުން ބާސެލޯނާ އިން ގެންގުޅޭ ކޯޗުންގެ ޝޯޓްލިސްޓުގައި ހިމެނެ އެވެ. އެކަމާ ބެހޭގޮތުން ރޮޖާސްއާ ސުވާލުކުރުމުން އޭނާ ދިނީ ފިނި ޖަވާބެކެވެ.

"ތި ވާހަކަތަކަށް (ބާސެލޯނާ އާއި ޔުނައިޓެޑްގެ ކޯޗުކަމުގެ ވާހަކަ) އެއްވެސް ވަރަކަށް އަހަރެން ނުވިސްނަން. އަހަންނަށް އެނގޭ ލެސްޓާ ސަޕޯޓަރުން ވެސް ތިފަދަ ވާހަކަތައް އިވި އިވި ވަރުބަލިވެފައިކަން ތިބޭނީ. އެއީ މީޑިއާ އިން އަބަދުވެސް ހުންނަނީ އަހަރެން ކޮންމެ ވެސް ކްލަބަކާ ގުޅުވައިގެން. އެކަމަކު، އަހަރެން މި ހުރީ މިތާގައި،" ރޮޖާސް ބުންޏެވެ.

ސައުދީ އަރަބިއްޔާގެ މަހުޖަނުން ނިއުކާސަލް ޔުނައިޓެޑް ގަތުމަށް ފަހު ވެސް ރޮޖާސް ހޯދަން މަސައްކަތް ކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ރޮޖާސް ބުނީ ލެސްޓާ ސިޓީގެ ވަޒީފާ އަކީ އޭނާ ވަރަށް ޝައުގުވެރިވެ ހުރެގެން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.

ޗެލްސީ ރިޒާވް ޓީމުން ކޯޗިން ކެރިއަރު ފެށި ރޮޖާސް ހެޑް ކޯޗެއްގެ ގޮތުގައި ފުރަތަމަ ފެނުނީ ވަޓްފޯޑް ބެންޗުންނެވެ. އޭގެ ފަހުން ރެޑިން އަށް ވެސް ކޯޗުކޮށްދިން ރޮޖާސް ވަނީ 2010 ވަނަ އަހަރު ވޭލްސްގެ ސްވަންސީ ސިޓީ އަށް ކޯޗުކޮށްދޭން ފަށައި އެ ޓީމު އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓް ކޮށްދީފަ އެވެ.

ސްވަންސީގައި ރޮޖާސް ކުރި މަސައްކަތް ކަމުގޮސްގެން އިނގިރޭސި ގަދަބާރު ލިވަޕޫލުން ރޮޖާސް ކޯޗަކަށް ގެންދިޔައީ 2012 ވަނަ އަހަރު އެވެ.

ލިވަޕޫލާ އެކު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރުމާ ގާތަށް ދިޔަ ރޮޖާސް 2015 ވަނަ އަހަރު އެ ޓީމުގެ ކޯޗުކަމުން ވަކިކުރީ ޔާގެން ކްލޮޕާ ޓީމު ހަވާލުކުރާށެެވެ. ރޮޖާސް އޭގެ ފަހުން މަސައްކަތް ކުރީ ސްކޮޓްލެންޑްގެ ސެލްޓިކްގަ އެވެ.

ސެލްޓިކް ދޫކޮށް މިހާރުގެ ކްލަބް، ލެސްޓާއާ ހަވާލުވީ 2019 ވަނަ އަހަރު އެވެ. ރޮޖާސް ވަނީ މިދިޔަ ސީޒަނުގެ އެފްއޭ ކަޕްގެ ފައިނަލުގައި ޗެލްސީ ބަލިކޮށް ލެސްޓާ އަށް ޗެމްޕިއަންކަން ހޯދައިދީފަ އެވެ. އަދި މި ސީޒަން ފެށުމުގެ ގޮތުން ކުޅުނު އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުން ލެސްޓާ މޮޅުވީ މެންޗެސްޓާ ސިޓީ އަތުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox