ފައިވް ނޭޝަންސް ކަޕަކީ ވަރަށް ތާރީހީ މުބާރާތަކަށްވާނެ: އެޑަމް

ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް އެޑަމް ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް އެޑަމް ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މާދަމާ އިން ފެށިގެން މި މަހުގެ 23އާ ހަމައަށް އޮންނަ ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތަކީ ގިނަ ގޮތްގޮތުން ހާއްސަ މުބާރާތެއް ކަމަށް ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް (އެޑަމް) ވިދާޅުވެއްޖެ އެވެ.

ސާކް ސަރަހައްދުގެ ފަސް ގައުމާ އެކު ކުޅޭ ފައިވް ނޭޝަންސް ކަޕްގައި ވާދަކުރަނީ ކޮންމެ ގައުމެއްގެ ވެސް ފިރިހެން ބާސްކެޓްބޯޅަ ޓީމެވެ. މުބާރާތުގައި ވާދަކުރާ ޓީމްތަކަކީ ރާއްޖެ، ނޭޕާލް، ޕާކިސްތާން، ބޫޓާން އަދި ބަންގްލަދޭޝް އެވެ.

މި މުބާރާތަކީ 2017 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސައުތު އޭޝިއަން ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕަށް ފަހު ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމް އަމިއްލަ ގައުމުގައި ކުޅޭ ފުރަތަމަ ބާސްކެޓްބޯޅަ މުބާރާތެވެ.

މި މުބާރާތާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އެޑަމް ވިދާޅުވީ މި މުބާރާތަކީ ގިނަ ގޮތްގޮތުން ހާއްސަ މުބާރާތެއް ކަމަށާއި، ރާއްޖޭގައި އަމިއްލަ ފަސްގަނޑުގައި ދިވެހި ރާއްޖެ އަށް ރަން ވަނަ ހޯދަން ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށެވެ.

މި މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ބަލާއިރު ބައެއް ޓީމުތަކުން ބައިނަލްއަގުވާމީ މެޗެއް މި ކުޅެނީ ގިނަ ދުވަސްތަކަކަށްފަހުގައި ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"މި ފަހަރުގެ މުބާރާތުގެ ހާއްސަކަމަކީ ގާތްގަނޑަކަށް އަށް އަހަރު ފަހުން ޕާކިސްތާން ސަރަހައްދީ ބާސްކެޓް މުބާރާތެއްގައި މިކުޅެނީ. ދެން ހަމައެއާ އެކު އަޅުގަނޑުމެންނާ ވަރަށް ވާދަވެރި ގައުމުތައް ނޭޕާލް، ބޫޓާން އަދި ބަންގްލަދޭޝް މިއީ. ހަމަ ރަނގަޅު ކާމިޔާބަކަށް މި އުއްމީދުކުރެވެނީ" އެޑަމް ވިދާޅުވި އެވެ.

ފައިވް ނޭޝަންސްތަކުގެ ތައްޔާރީތަކާ ގުޅޭގޮތުން އެޑަމް ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އެމްބީއޭ އިން އައީ މި މުބާރާތަށް ތައްޔާރުވަމުން ކަމަށާއި، މުބާރާތް އިއުލާން ނުކުރެވި ލަސްވީ ބައިވެރިވާ ގައުމުތައް ފައިނަލް ނުވާތީ ކަމަށެވެ.

ނަމަވެސް މީގެ ދެ މަސް ކުރިން ގައުމުތައް ފައިނަލްވުމާ އެކު ރަނގަޅު ފެންވަރުގެ މުބާރާތެއް ބޭއްވުމަށް ގިނަ ބަޔަކާ ގުޅިގެން މަސައްކަތްކުރެވުނު ކަމަށް އެޑަމް ވިދާޅުވި އެވެ.

ސައުތު އޭޝިއާގެ ބާސްކެޓްބޯޅަ ފެޑެރޭޝަން (ސާބާ) ރައީސްކަން ވެސް ކުރައްވަމުން އަންނަ އެޑަމް ވިދާޅުވި ގައުމީ ޓިމު އެކުލަވާލައި ބޭރުގެ ތަޖުރިބާކާރު ކޯޗެއްގެ އެހީތެރިކަމާ އެކު ޓީމަށް ބޭނުންވާ ކަންކަން ފާހަގަކޮށް ދިވެހި ކޯޗުންގެ ފެންވަރު މަތިކުރުމަށް ވެސް ގިނަ މަސައްކަތްތަަކެއް ކުރެވުނު ކަމަށެވެ. އޭގެ އިތުރުން، ފައިވް ނޭޝަންސް ކަޕަށް ގައުމީ ޓީމް ތައްޔާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ވެސް ކުރެވުނުކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިމުބާރާތަށް އަޅުގަނޑުމެން ތައްޔާރުވާން ފެށީ ފެބްރުއަރީ މަހުގެ ތެރޭގައި. އަޅުގަނޑުމެންގެ މި ޓީމް އެކުލަވާލުމާއެކު ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ މިވީ ދުވަސްތަކުގައި. ފެބްރުއަރީ މަހު ކޯޗު ޖޮއިންކުރުމާއިއެކު ޓީމްގައި ރަނގަޅު ކުރަން ހުރި ކަންކަން ފާހަގަކޮށް ދިވެހި ކޯޗުންގެ ފެންވަރު މަތިކުރުމަށްވެސް ފުދޭވަރެއްގެ ގިނަ މަސައްކަތްތަކެއް ކުރެވިފައި މިހާރުވަނީ." އެޑަމް ވިދާޅުވި އެވެ.

އެޑަމް ވިދާޅުވީ މި މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކީވެސް ދެން އޮންނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރަން ގައުމުތަކުން ތައްޔާރުކުރާ ޓީމެއްކަމަށާއި، އެހެންކަމުން މިއީ ކުރިމަގަށް ރަނގަޅު ޓީމެއް ބިނާކުރަން ހުރިހާ ގައުމަކަށްވެސް ލިބޭ ރަނގަޅު ފުރުސަތެއްކަމަށެވެ.

މުބާރާތުގެ އޮފިޝަލުންނާ ގުޅޭގޮތުން އެޑަމް ވިދާޅުވީ ސަރަހައްދީ ހަތަރު ރެފްރީއަކާއި ސާކް ސަރަހައްދުން ބޭރުގެ ތިން ރެފްރީއަކާ އެކު ޖުމްލަ ހަތް ރެފްރީން މި މުބާރާތުގައި މެޗުތަކަށް އިންސާފުކުރާނެ ކަމަށެވެ.

ޓޭބަލް އޮފިޝަލުންނަށް ބަލާއިރު މި ވަގުތު ރާއްޖޭގައި ލައިސަންސް އޮފިޝަލުން ތިބުމަކީވެސް ލިބޭ ހިތްހަމަޖެހުމެއްކަން އޭނާ ފާހަގަކުރި އެވެ.

"އަޅުގަނޑުމެން އަސްލު މި ކުރާ މަސައްކަތަކީ އިންޓަނޭޝަނަލީ އަޅުގަނޑުމެންނަށް ދިމާވާ ވަރަށް ގިނަ ގޮންޖެހުންތަކެއްގެ ހައްލު ހޯދަން މި މަސައްކަތްކުރަނީ. ވަރަށް އުއްމީދު ކުރެވޭ ރަނގަޅު ކާމިޔާބެއް ލިބޭނެ ކަމަށް." އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު އަންހެން ބާސްކެޓްބޯޅައިގެ ސާބާ ވިމެންސް ޗެމްޕިއަންޝިޕް މާލޭގައި ހޯސްޓްކުރި އެވެ. އެ މުބާރާތުގައި ފެނުނު ވަރަށް ވުރެ ވަރުގަދަ ސަޕޯޓެއް މި ފަހަރުގެ ފައިވް ނޭޝަންސް ކަޕްގައި ފެންނާނެ ކަމަށް އުންމީދުކުރެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox