ބަންގްލަދޭޝް އަތުން މޮޅުވެ ޒުވާން ބާސްކެޓްބޯޅަ ޓީމަށް ތިން ވަނަ

Jul 13, 2024, 2:11 PM
ބަންގްލަދޭޝްއާ ދެކޮޅަށް މިއަދު ކުޅުނު މެޗުގެ ތެރެއިން ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ސްރީލަންކާ ބާސްކެޓްބޯލް ފެޑެރޭޝަން

ބަންގްލަދޭޝްއާ ދެކޮޅަށް މިއަދު ކުޅުނު މެޗުގެ ތެރެއިން ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ސްރީލަންކާ ބާސްކެޓްބޯލް ފެޑެރޭޝަން

ސްރީ ލަންކާގައި ކުރިއަށްދާ ފީބާ 18 އަހަރުން ދަށުގެ މުބާރާތުގެ ސައުތު އޭޝިއަން (ސާބާ) ކޮލިފައިންގެ ތިން ވަނަ ހޮވާ މެޗުން މިއަދު ބަންގްލަދޭޝް އަތުން ރާއްޖެ 59-57 އިން މޮޅުވެއްޖެ އެވެ.

ޖުމްލަ އެކު، ހަތަރު ޓީމު ވާދަކުރި މުބާރާތުން ރާއްޖެ ދިޔައީ ތިން ވަނަ އަށެވެ. ލީގު ބުރުގައި ވެސް ރާއްޖޭން ވަނީ ބަންގްލަދޭޝް އަތުން މޮޅުވެފަ އެވެ. އެ ފަހަރު ކާމިޔާބު ހޯދީ، 66-55 އިންނެވެ. އެއީ، ބައިނަލްއަގުވާމީ ލެވަލްގައި، 18 އަހަރުން ދަށުގެ ޓީމުން ހޯދި ފުރަތަމަ މޮޅެވެ.

ތިން ވަނަ ހޮވާ މެޗުގައި، މިއަދު މެޗުގެ ފުރަތަމަ ދެ ކުއާޓަރު ނިމުނުއިރު، ރާއްޖެ އޮތީ، 28-22 އިން ކުރީގަ އެވެ. ފަހު ކުއާޓަރުތަކުގައި ވެސް ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ރާއްޖޭން ވަނީ ފަހު ވަގުތާ ހަމައަށް ހިތްވަރުކޮށް، ސްކޯ ހިފަހައްޓައި، 59-57 އިން މޮޅުވެފަ އެވެ.

ރާއްޖޭގެ ޒުވާން ޓީމުން މި މުުބާރާތުގައި ކުޅެފައިވަނީ، ސީނިއާ ޓީމުގައި ވެސް މަސައްކަތްކުރަމުން އަންނަ ކޯޗު، ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެެއް ބާސްކެޓްބޯޅަ ކުޅުންތެރިޔާ، މުހައްމަދު ޒިލާލް (ޒިލާ)ގެ ކޯޗުކަމުގަ އެވެ.

ފީބާ 18 އަހަރުން ދަށުގެ ސާބާ ކޮލިފައިންގައި، ރާއްޖޭން ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އިންޑިއާ އަތުން ރާއްޖެ ބަލިވީ، 117-44 އިންނެވެ. އަދި ސްރީ ލަންކާ އަތުން ބަލިވީ، 102-76 އިންނެވެ.

މުބާރާތުގެ ޗެމްޕިއަންކަން އިންޑިއާ އިން ހޯދީ މިރޭގެ ފައިނަލުގައި، ސްރީ ލަންކާ އަތުން 87-62 އިން މޮޅުވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox