ރިޝްމާގެ ލެގަސީ ކުޅިވަރުގައި އަބަދު ދެމިއޮންނާނެ

Oct 1, 2024, 7:53 AM
ރިޝްމާގެ ލެގަސީ ކުޅިވަރުގައި އަބަދު ދެމިއޮންނާނެ

ރާއްޖޭގައި އުފެދުނު އެ ފަދަ ދެ ވަނަ އަށް ނެތް މޮޅު އަންހެން ބާސްކެޓްބޯޅަ ކުޅުންތެރިއެއް ކަމަށްވާ، ފާތިމަތު ރިޝްމާ (ރިޝްޓޯ)، 38، އޭނާގެ ހަޔާތުގެ 22 އަހަރަށް ފަހު، ރަސްމީ ކުޅުމުގެ ކެރިއަރު މި ވަނީ ނިންމާލައިފަ އެވެ. ކާމިޔާބު ބޮޑު ކެރިއަރެއް ނިންމާލިކަން އިއުލާނުކުރިއިރު، ރިޝްމާ ރޮމުން ޝުއޫރުތައް ފާޅުކޮށް، ރޭ ކޯޓުން ފައިބައިގެންދިޔައިރު، ރާއްޖޭގެ ކުޅިވަރު އާއިލާ އިން އަންނަނީ އޭނާ ދިވެހި ކުޅިވަރަށް ކޮށްދިން ހިދުމަތަށް ޝުކުރު އަދާކުރަމުންނެވެ.

ރިޝްމާގެ ފަހު މުބާރާތަކީ، ރޭ މާލޭގައި ނިމުނު ސުޕަ ކަޕް އެވެ. އެ މެޗަށް ފަހު، ރިޓަޔާކުރި ރިޝްމާ، ދެން ކުރިއަށްދިއުމަށް ނިންމާފައި އޮތް ދާއިރާވ އަކީ، ކޯޗިންނެވެ. އޭނާ ވަނީ ކޯޗިން ލައިސަންސް ވެސް ހާސިލްކޮށްފަ އެވެ.

"ޝައުގުވެރިކަމާއި ޕެޝަންއާ އެކު ރިޝްމާ ހާސިލްކޮށްފައިވާ ގިނަ ކަންތައްތަކެއްގެ ސަބަބުން ގިނަ ޒުވާން ކުޅުންތެރިންތަކެއް އިންސްޕަޔާވާނެ. އަހަރެމެން ޔަގީނުން ވެސް ރިޝްމާގެ ކުޅުން މިސްވާނެ. އެކަމަކު، ދެން ކޯޓުން ބޭރުގައި ރިޝްމާ އަދާކުރާ ރޯލުގެ ސަބަބުން މި ކުޅިވަރު އެހެން ލެވަލަށް ގެންދެވޭނެ ކަމުގެ އުންމީދު އެބައޮތް. އަބަދުވެސް ކާމިޔާބަށް އެދެން،" ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް (އެޑަމް) ވިދާޅުވެފައިވެ އެވެ.

ބާސްކެޓްބޯޅައިގެ އިތުުރުން، ހޭންޑްބޯޅަ އާއި ނެޓްބޯޅައިގައި ވެސް ހަރަކާތްތެރިވި ރިޝްމާ އަކީ ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ވެސް ތަފާތު ދެއްކި އެތުލީޓެކެވެ. "ހަވީރު" ނޫހުގެ ހަވީރު އެވޯޑްސް އިން ހޮވި އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަގާމު، ހަތަރު ފަހަރު ހޯދި ރިޝްމާ ވަނީ، ހަވީރު ނޫހުން ހޮވި އެންމެ ފުރަތަމަ ސްޕޯޓްސް ވިމެން އޮފް ދަ އިޔާގެ އެވޯޑް ހޯދައިފަ އެވެ.

"ރިޝްމާގެ ލެގަސީ އަބަދުވެސް ދެމިއޮންނާނެ. އަހަރެމެން ވަރަށް ފަހުރުވެރިކަމާ އެކު ތިޔަ ދަތުރު ދެކެފިން. އަދިވެސް އެއް ފަަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާ،" ރިޝްމާގެ ކެރިއަރުގެ ކާމިޔާބީ އާއި ގައުމު ތަމްސީލްކުރުމުގައި ދެއްކި ނަމޫނާ އަށް އިޝާރާތްކޮށް، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ)، ސޯޝަލް މީޑިއާގައި ލިޔުއްވައިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox