ބާސްކެޓް ލެޖެންޑް ރިޝްމާ ކުޅުން ހުއްޓާލައިފި

ބާސްކެޓް ލެޖެންޑް ރިޝްމާ ކުޅުން ހުއްޓާލައިފި

ރާއްޖޭގެ އަންހެން ބާސްކެޓްބޯލް ލެޖެންޑް ފާތިމަތު ރިޝްމާ (ރިޝްޓޯ) ކުޅުން ހުއްޓާލައިފި އެވެ.

ރިޝްމާ ވަނީ ރާއްޖޭގެ އެންމެ މަތީ ފަންތީގައި 20 އަށް ވުރެ ގިނަ އަހަރު ބާސްކެޓްބޯޅައިގައި ހަރަކާތްތެރިވެފަ އެވެ. ރާއްޖޭގެ އެންމެ މޮޅު އަންހެން ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ވެސް ގިނަ ފަހަރުތަކެއްގެ މަތިން ވަނީ ހޯދައިފަ އެވެ.

ރޭ މާލޭގައި ނިމުނު ސުޕަ ކަޕް މުބާރާތުގެ ފައިނަލުން ލަންކާގެ އީގަލްސް އަތުން ރާއްޖޭގެ ކުއީންސް ބާސްކެޓް ބޯލް ކުލަބް ބަލިވި މެޗަކީ ރިޝްމާ ބާސްކެޓް ކޯޓުގައި ކުޅުންތެރިއެއްގެ ގޮތުގައި ފެނުނު ފަހު މެޗެވެ.

ގައުމީ ޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދި ރިޝްމާ ވަނީ ގައުމީ ޓީމާއެކު ރާއްޖޭގައި މިދިޔަ އަހަރު ކުރިއަށްދިޔަ ޝާބާ ޗެމްޕިއަންޝިޕުގައި ރިހި މެޑަލް ވެސް ހޯދައިފަ އެވެ.

ރިޓަޔާކުރިކަން އިއުލާނުކުރަމުން، ރިޝްމާ ބުނީ، އެންމެ ފުރަތަމަ ވެސް ޝުކުރުއަދާ ކުރަން ބޭނުންވަނީ މަންމަ އަށް ކަމަށެވެ. އެ ގޮތުން، އެންމެ ކުޑައިރުން ފެށިގެން ކުޅެން ދިޔުމަށް ހިތްވަރުދީ، ބާސްކެޓް ކުޅެން ފުރުސަތު ތަނަވަސްކޮށްދިނީ މަންމަ ކަމަށް ރިޝްމާ ބުނެފައިވެ އެވެ.

"އަބަދުވެސް އެނގޭ މި ދުވަސް އަންނަނާނެކަން. އެކަމަކު ބޭނުންވަނީ އަބަދުވެސް ބާސްކެޓް ކުޅެން. ރުޅިއަޔަސް ދެރަވިޔަސް މި ބޯޅަ އަށް ހުރިހާ "ފީލިންގްސް އެއް އައިވުޑް ޝެއާ" ރިޝްމާ ބުންޏެވެ.

ރިޝްމާ ބުނީ މިހާރުގެ ޖެނެރޭޝަން އިން ބާސްކެޓް ކުޅެމުން އަންނާތީ ވަރަށް އުފާވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ބާސްކެޓް އިތުރު ހަރުފަތަކަށް މިހާރުގެ ކުޅުންތެރިން ގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ރިޝްމާ ބުނެފައިވެ އެވެ.

ރާއްޖޭގެ އެންމެ މޮޅު ބާސްކެޓް ބޯލް ކުޅުންތެރިޔާގެ މަގާމު ގިނަ ފަހަރުތަކެއްގައި ހޯދި ރިޝްމާ އަކީ ކޯޓުގައި އަޒުމު ވަރުގަދަ ކުޅުންތެރިން ގޮވައިގެން މަސައްކަތް ކުރަން އެނގޭ ވަރުގަދަ ލީޑަރެކެވެ.

ރިޝްމާ ބާސްކެޓް ކުޅުން ހުއްޓާލިއިރު, މީގެ ކުރިން ރިޝްމާގެ ފިރިމީހާ މުހައްމަދު ޒިލާލް (ޒިލާ) ވެސް ވަނީ ބާސްކެޓް ކުޅުން ހުއްޓާލައިފަ އެވެ. ބާސްކެޓް ކުޅުން ހުއްޓާލި ނަމަވެސް ޒިލާ އަންނަނީ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ. ގައުމީ ޓީމުގެ ހެޑް ކޯޗުގެ ޒިންމާ ވެސް ވަނީ އަދާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox