ސާބާ މުބާރާތުގައި ރާއްޖޭގެ ކުރިއެރުން ފެނުނީ ބުރަ މަސައްކަތުން

Feb 25, 2025, 5:38 AM
ސާބާ މުބާރާތުގައި ރާއްޖޭގެ ކުރިއެރުން ފެނުނީ ބުރަ މަސައްކަތުން

އިންޑިއާގެ ނިއު ދިއްލީގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ކުރިއެރުން ފެނިގެންދިޔަ އެންމެ ބޮޑު ސަބަަބަކީ ތައްޔާރުވާން ކުރި ބުރަ މަސައްކަތް ކަމަށް ޓީމުގެ އެސިސްޓަންޓް ކޯޗު، ގުރައިޝް އަފްރާހު (ގުރޭ) ބުނެފި އެވެ.

މި ފަހަރުގެ މުބާރާތަށް ރާއްޖޭން ގައުމީ ޓީމުގެ ކޯޗަކަށް، ސާބިއާގެ ވްލަޑިމީރް ސްވެޖިޗް ގެނައި ނަމަވެސް، އޭނާ ޓީމާ ހަވާލުވީ މުބާރާތަށް ވަރަށް ކުޑަދުވަސްކޮޅަކަށްވެފައި އޮއްވައި، ކަމަށްވުމުން، ޓީމު ލީޑުކުރުމުގައި އިސް ރޯލެއް އަދާކުރީ އެސިސްޓަންޓް ކޯޗު، ގުރޭ އެވެ.

އަންހެން ބާސްކެޓްބޯޅަ ޓީމާ އެކު، ގިނަ އަހަރުތަކެއް މަސައްކަތްކޮށްފައިވާ ގުރޭ، މިދިޔަ ތިން ވަރަކަށް މަސް ދުވަސް ތެރޭ ރަނގަޅު ޕްލޭންތަކެއް ހަދައިގެން ވަނީ ޓީމު ރަނގަޅަށް ބިލްޑް ކުރުމަށް މަސައްކަތްކޮށްފަ އެވެ.

ތިން ގައުމުގެ މެދުގައި މި ފަހަރުގެ ސާބާ ވިމެންސް ޗެމްޕިއަންޝިޕް ކުރިއަށްދާއިރު، ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، ނޭޕާލް އަތުން މޮޅުވީ، 53-46 އިންނެވެ. މިއީ، ސާބާ މުބާރާތްތަކުގެ ރަނަރަޕަށް މިދިޔަ ދެ ފަހަރު ވެސް ދިޔަ ނޭޕާލް އަތުން ރާއްޖޭން ހޯދި ދެ ވަނަ މޮޅެވެ. ފުރަތަމަ މޮޅަކީ، 2022 ވަނަ އަހަރު މާލޭގައި ބޭއްވި މުބާރާތުން، 51-47 އިންނެވެ.

އިއްޔެގެ މެޗާއި މި ފަަހަރުގެ މުބާރާތާ ބެހޭގޮތުން ވާހަކަ ދައްކަމުން ގުރޭ ބުނީ، އިދިކޮޅަށް ނުކުންނަ ޓީމުތަކާއި ރާއްޖެ ތީމުގެ ސްޓްރެންތާއި ޓީމުގެ ރަނގަޅުކުރަން ހުރި ކަންކަމަށް ބަލައި ކުރެވުނު މަސައްކަތުގެ ނަތީޖާ ފުރަތަމަ މެޗުން ފެނިގެންދިޔަ ކަމަށެވެ.

"އެކަން އެ ފެނުނީ، މި މެޗުގެ ތިން ވަނަ ކުއާޓަރުގައި އަހަރެމެން ލީޑުގައި އޮއްވައި ނޭޕާލުން ނަތީޖާ އަނބުރާލައި ލީޑެއް ނެގި ހިސާބުން. އަހަރެމެން އަލުން ހިތްވަރު ދައްކައި، މެޗުން މި މޮޅުވީ، މިއީ ކުރިއެރުމަކީ،" މިދިޔަ އަހަރު ހަންގޭރީގެ ޔުނިވާސިޓީ އޮފް ސްޕޯޓްސް ސައިންސް އިން އިންޓަނޭޝަނަލް ކޯޗިން ކޯސް ފުރިހަމަކުރި ގުރޭ ބުންޏެވެ.

ރާއްޖޭން ނޭޕާލް އަތުން ހޯދި މޮޅާ އެކު، ފައިނަލުގެ ޖާގައެއް ވަނީ ލިބިފަ އެވެ. އެކަމަކު، ފައިނަލުގެ ކުރިން، ރާއްޖޭން މިއަދު ލީގު ބުރުގައި އިންޑިއާއާ ދެކޮޅަށް ކުޅޭނެ އެވެ. ފައިނަލުގައި ވެސް ބުދަ ދުވަހު ރާއްޖޭން ކުޅޭނީ އިންޑިއާއާ އެވެ.

ގުރޭ ބުނީ، ފައިނަލުގެ ކުރިން ދެ ޓީމު ބައްދަލުކުރަން ޖެހުމުން ދެ ޓީމަށް ވެސް މި މެޗުގެ ފައިދާ ނެގޭނެ ގޮތްތަކެއް ހުންނާނެ ކަމަށެވެ. އެ ގޮތުން، ރާއްޖޭން ވެސް އިންޑިއާ ކުޅޭ ސްޓައިލް ދެނެގަންނަން މަސައްކަތް ކުރާ ގޮތަށް، އިންޑިއާ އިން ވެސް ރާއްޖޭގެ ކަންކަމަށް ބަލާނެ ކަމަށް ގުރޭ ފާހަގަކުރި އެވެ.

"ހަގީގަތުގައި ދެ ޓީމަށް ވެސް މީގެ ފައިދާނެގިދާނެ. ދެ ޓީމުން ވެސް މި މެޗުގައި ފޮރުވާނެ ކަންތައްތަކެއް ހުންނާނެ ފައިނަލް މެޗަށް، ދެން، އަހަރެމެން ނުކުންނާނީ ރަނގަޅު ގޭމެއް ކުޅެ، މި ޓީމު ޑިވެލޮޕްކުރަން. މީގެ ތިބި ޒުވާން ކުޅުންތެރިންނަށް ކޮންމެ މެޗަކީ، ވެސް ޕްލަސް އެއް ގޮތަށް ފެންނަނީ،" ގުރޭ ބުންޏެވެ.

މިއީ، ރާއްޖޭން މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ބޭއްވި ސާބާގެ ދެ މުބާރާތުގައި ވެސް ރާއްޖެ އަށް ލިބުނީ ތިން ވަނަ އެވެ. އެއީ، 2016 ވަަނަ އަހަރާއި 2022 ވަނަ އަހަރު އެވެ. ތިން ގައުމުގެ މެދުގައި މި ފަހަރުގެ ސާބާ ވިމެންސް ޗެމްޕިއަންޝިޕް ކުޅެން ޖެހުނީ، މި މުބާރާތުގެ ކުރީ ދެ ފަހަރުގެ ޗެމްޕިއަން، ސްރީ ލަންކާ އިން މުބާރާތް ފަށަން މަހެއްހާ ދުވަހަށް ވެފައި އޮއްވައި، ނަން ނެގުމުންނެވެ. ވަގުތު ކުޑަތަންވެފައި އޮއްވައި، މުބާރާތުން ނަން ނެގުމުން ސާބާ އިން ވަނީ ލަންކާ އަށް ފިޔަވަޅު އަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox