ހުލާސާކޮށް އިއްޔެ: ރިޔާސަތު ބެލެހެއްޓެވުމަށް ނަޝީދު އުޒުރުވެރިވެވަޑައިގަތުން

Jun 12, 2023, 12:56 AM
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: މަޖިލީހުގެ އިދާރާ

އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ގަރާރާމެދު ގޮތެއް ނިންމުމުގެ ކުރިން އެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާއަށް އިއްޔެ އެންގެވި އެވެ.

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަކި ކުރަން އެ މަޖިލީހުން މާދަމާ ބާއްވަން ލާޒިމު ޖަލްސާގެ ރިޔާސަތު ބަލަހައްޓަންޖެހެނީ ގަވާއިދުގައިވާ ގޮތުން އެ މަޖިލީހުގެ ރައީސެވެ.

"އެ މައްސަލައަށް ވަކި ގޮތެއް ނިމުމާ ހަމައަށް މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް އަޅުގަނޑު އުޒުރުވެރިވަން. މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ހ. ގެ ދަށުން އަޅުގަނޑަށް މި އިހުތިޔާރު ލިބޭކަމުގައި އަޅުގަނޑު ދެކެން،" އަމީން އާންމު ފާތިމަތު ނިޔުޝާއަށް ކުރީގެ ރައީސް ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ ނައިބު ރައީސް ރިޔާސަތު ބެލެހެއްޓުން އުޒުރުވެރިވެއްޖެ ހާލަތެއްގައި، ރިޔާސަތު ބަލަހައްޓާނެ މެމްބަރުން ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ށ. ގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް ކަނޑައަޅަންވާނެ ކަމަށެވެ.

ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ށ. ގައި ބުނަނީ "ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ އެ މަޖިލީހުގެ ރައީސް" ކަމަށާއި "މަޖިލީހުގެ ރައީސް ހާޒިރު ނުވާ ނަމަ ރިޔާސަތު ބަލަހައްޓާނީ ނައިބު ރައީސް" ކަމަށާއި "ރައީސް އާއއި ނައިބު ރައީސް ހާޒިރު ނުވާ ނަމަ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅާނީ" ކަމަށެވެ.

ރިޔާސަތު ބެލެހެއްޓެވުމުން ނަޝީދު ދުރުވެވަޑައިގެންނެވި ނަމަވެސް ގަވާއިދު ތަންދޭ މިންވަރަކުން "މަޖިލީހުގެ އެންމެހައި ކަންކަން ހިންގުމުގައި އަޅުގަނޑު ދެމިހުންނާނެ" ކަމަށެވެ. އޭގެ އިތުރުން، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހިނގަމުންދާއިރު އަމީން އާންމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަށް ހުރަސް އެޅޭނެ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ޔަގީންކަން ނަޝީދު ވަނީ އެ ސިޓީގައި އަރުވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއް ވަގުތެއްގައި މަޖިލީހަށް ވައްދާފައި އޮތުމުން މަޖިލިސް ހުއްޓިފައިވާ ކަމަށް އިދިކޮޅު މެމްބަރުން ދެކެ އެވެ. އެގޮތުން، ރައީސް ވަކި ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ ނޯޓިސް ލިބިފައިވާތީ، ގަވާއިދުގައި އެގޮތަށް ބަޔާން ކުރި ނަމަވެސް ނަޝީދަށް އެ ޖަލްސާގައި ރިޔާސަތުގައި ނީންދެވޭނެ ކަމަށް އެ މެމްބަރުން ދެކެ އެވެ.

ނަމަވެސް ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ދެކެނީ ނަޝީދަށް ރިޔާސަތުގައި ނުއިންނެވޭނީ މައްސަލައިގެ ނޯޓިސް ހަމަވުމުންނެވެ. އެހަންކަމުން، އީވާގެ މައްސަލައިގައި ނަޝީދަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް އެ މެމްބަރުން ބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ނައިބު ރައީސް އީވާ ވަކި ކުރަން ހުށަހަޅާފައި އޮތް ގަރާރު މާދަމާ އިއްވަން ޖެހުނު ނަމަވެސް އަދިވެސް އެ މައްސަލަ އެޖެންޑާކޮށްފައެއް ނުވެ އެވެ. އެއީ އެ ޖަލްސާގެ އިންތިޒާމުތައް އާންމު ކޮމެޓީން ކަނޑައަޅަންޖެހޭއިރު އެ ކޮމެޓީ އެކުލަވާލެވިފައި ނުވާތީ އެވެ.

ވެރިކަން ހިންގާ އެމްޑީޕީގެ މެމްބަރުންތަކެއް އެ ޕާޓީން ވަކިވުމުން ކޮމެޓީތަކުގެ ހަމަ ބަދަލުވެފައިވާ ކަމަށް ބުނެ އަމީން އާންމު ވަނީ އީވާގެ މައްސަލަ އެޖެންޑާ ނުކުރެވޭނެ ކަމަށް އަންގައިފަ އެވެ. ނަމަވެސް އެމްޑީޕީން ބުނަނީ ދާއިމީ ކޮމެޓީތައް އަބަދުވެސް ދެމި އޮންނާނެ ކަމަށާއި ކޮމެޓީތަކަށް ގޮވާލުމަކީ އަމީން އާންމުގެ މަސްއޫލިއްޔަތެއް ކަމަށެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ މަސައްކަތް ނުފެށި ލަސްވާ މައްސަލަ މަޖިލީހުގެ ތެރެއިން ހައްލުވޭތޯ އެމްޑީޕީން ބަލާނީ ވަކިވަރަކަށް ކަމަށެވެ. އެކަން ފާހަގަ ކުރައްވައި އޭނާ އިތުރަށް ވިދާޅުވީ،

"އެއަށް ހައްލެއް ނުހޯދޭ ނަމަ އަޅުގަނޑުމެންނަށް އަދި ހަމަ ގާނޫނީ ފޮތުގެ ތެރޭން އަދި އެޅޭނެ އެހެނިހެން ފިޔަވަޅުތައް ވެސް އެބަހުރި. ސުޕްރީމްކޯޓަކީ ވެސް ހަމަ އޮތް އޮޕްޝަނެއް. ޕާސަނަލީ އަޅުގަނޑަކަށް އެހާ ކޮމްފޮޓަބުލް އެއް ނޫން ތިން ބާރު މިހެން ވަކިވެފައި އޮންނަ އިރު މަޖިލީހުގެ މަސައްކަތްތައް ތަރުތީބުނުކުރެވިގެން، ގަވައިދަށް ބަދަލު ނުގެނެވިގެން ސުޕްރީމްކޯޓަށް ދާން ޖެހުން އެއީ އަޅުގަނޑު ޕާސަނަލީ އެހާ ހިތާވާ ކަމެއްނޫން. އެހެން ނަމަވެސް ކުރަން ޖެހިއްޖެއްޔާ އަޅުގަނޑަށް ޔަގީން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން އެކަން ވެސް ކުރާނަން،"

ދުވަހުގެ ފޮޓޯ

ތޭރަ އަހަރު ދަށުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކަލާފާނު ސްކޫލުގެ ދަރިވަރުން ތައްޓާއެކު އުފާފާޅުކުރަނީ. -- ފޮޓޯ: އަބްދުﷲ އިޔާން
ތޭރަ އަހަރު ދަށުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކަލާފާނު ސްކޫލުގެ ދަރިވަރުން ތައްޓާއެކު އުފާފާޅުކުރަނީ. -- ފޮޓޯ: އަބްދުﷲ އިޔާން

ތޭރަ އަހަރު ދަށުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކަލާފާނު ސްކޫލުގެ ދަރިވަރުން ތައްޓާއެކު އުފާފާޅުކުރަނީ. -- ފޮޓޯ: އަބްދުﷲ އިޔާން

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox