ލޮސް އެންޖެލިސް، އެމެރިކާ (މޭ 31) - ހޮލީވުޑްގެ އެކްޓަރު އަލް ޕަޗީނޯގެ އުމުރުން 83 އަހަރުގައި ހަތަރު ވަނަަ ދަރިއަކު ލިބެން ގާތްވެފައިވާ ކަމަށް އެމެރިކާގެ ނޫސްތަކުން ބުނެފި އެވެ.
އަލް ޕަޗީނޯގެ ބައިވެރިޔާ އުމުރުން 29 އަހަރުގެ ނޫރް އަލްފައްލާހް މިހާރު އިނީ ބަލިވެ ކަމަށާއި ބަނޑަށް އަށް މަސް ކަމަށް ޓީއެމްޒީ ނޫހުން ބުންޏެވެ.
އެކަމާ ގުޅޭ ގޮތުން އަލް ޕަޗީނޯ ވަކި އެއްޗެއް ނުބުނެ އެވެ.
"ދަ ގޮޑް ފާދާ"، "ސްކާފޭސް" އަދި އޮސްކާ ލިބުނު "ސެންޓް އޮފް އަ ވުމަން" ފަދަ ފިލްމުތަކުން ފެނުނު އަލް ޕަޗީނޯގެ ތިން ދަރިން މިހާރު ބޮޑުވެފައި އެބަ ތިއްބެވެ.
އެކްޓަރު ރޮބަޓް ޑެ ނީރޯ ވެސް ދާދި ފަހުން ބުނީ އުމުރުން 79 އަހަރުގައި އޭނާއަށް ހަތް ވަނަ ދަރިއަކު ލިބިފައިވާ ކަމަށެވެ.











