ގައުމީ އެއާލައިނެއްގެ ދަރަޖަ ލިބިފައިވާ ކަމަށް ބުނެވުމުން ބިއޮންޑުން މައާފަށް އެދިއްޖެ

ގައުމީ އެއާލައިނެއްގެ ދަރަޖަ ލިބިފައިވާ ކަމަށް ބުނެވުމުން ބިއޮންޑުން މައާފަށް އެދިއްޖެ

ބިއޮންޑަށް ގައުމީ އެއާލައިނުގެ ދަރަޖަ ލިބިފައި ނުވާ ކަމަށާއި އެފަދަ މަޝްވަރާއެެއް އެއްވެސް އިދާރަކާއެކު ކޮށްފައި ނުވާނެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

‎އެ އެއާލައިނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ބިއޮންޑުގެ ހައިސިއްޔަތާ ގުޅުވައިގެން ސީއެންއެން ގެ އިންޓަވިއުގައި ދެކެވުނު ވާހަކަތަކަށް މައާފަށް އެދޭކަމަށެވެ.

‎ބިއޮންޑު އެއާލައިނަކީ ލަގްޒަރީ ޓޫރިޒަމް މާކެޓަށް އަމާޒުކޮށްގެން، އެންމެ މަތީ ފަންތީގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ މަގުސަދުގައި ފަށާފައިވާ މަސައްކަތެކެވެ. އެ އެއާލައިނުގެ އެއް ހިއްސާދާރު، ޔޫއޭއީގެ އަރަބެކްސްއަކީ އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން އުފައްދާފައިވާ އިންވެސްޓްމަންޓް ކުންފުންޏެކެވެ.

Advertisement

‎ބިއޮންޑުގެ ދަތުރުތައް މިއަހަރުގެ ތެރޭގައި ޗައިނާ، ޔޫއޭއީ، ސައުދީ އަރަބިއާ، ޔޫރަޕް ފަދަ މަންޒިލްތަކަށް ފެށުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

"މި އެއާލައިނުގެ ހައިސިއްޔަތާ ގުޅޭ ގޮތުން ފެތުރިފައިވާ ހަގީގަތެއް ނެތް ވާހަކަތަކަށް ބިއޮންޑުގެ މެނޭޖުމަންޓުން މައާފަށް އެދެން،" ބަޔާނުގައި ބުނެފައިވެ އެވެ.

‎އެ ނޫސް ބަޔާނުގައި ވަނީ ރާއްޖޭގެ އިގުތިސާދު ހަރުދަނާ ކުރުމަށާއި ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރާއި ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ އިތުރުން ކަމާގުޅުންހުރި އެހެން ފަރާތްތަކާ އެކު ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

‎ރާއްޖޭގެ ފުރަތަމަ ގައުމީ އެއާލައިނަކީ އެއާ މޯލްޑިވްސް އެވެ. ނަމަވެސް 2000 ވަނަ އަހަރު އެ ކުންފުނި ބަނގުރޫޓުވުމާ ގުޅިގެން ހަމަ އެ އަހަރު، އައިލެންޑު އޭވިއޭޝަނުގެ ނަމުގައި ސަރުކާރުގެ 100 ޕަސެންތު ހިއްސާ އޮންނަ އާ އެއާލައިނެއް އުފައްދައި ގައުމީ ފްލެގް ކެރިއާގެ ޒިންމާ އެ ކުންފުންޏާ މަތި ކުރީ އެވެ.

‎އެ އެއާލައިނުގެ ނަން، މޯލްޑިވިއަންއަށް ބަދަލު ކުރީ 2008 ގަ އެވެ. މި އަހަރަށް ގައުމީ އެއާލައިނުގެ ގޮތުގައި މޯލްޑިވިއަނުން ދަތުރު ކުރަމުންދާތާ 23 އަހަރު ފުރޭނެ އެވެ.

މޯލްޑިވިއަންގެ ފަހުން ވެސް ދިވެހި އެކި އެއާލައިންތައް އުފައްދައި ދަތުރު ކޮށްފައިވެ އެވެ. އެހެންނަމަވެސް އެއިން އެއްވެސް ކުންފުންޏަކަށް ރާއްޖޭގެ ގައުމީ އެއާލައިނުގެލަގަު ދީފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox