ބިއޮންޑުގެ މާލޭ އޮފީސް ހުޅުވައިފި

May 18, 2023, 12:13 PM
ބިއޮންޑުގެ އޮފީސް ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު އާއި ސިމްޑީ ގްރޫޕުގެ ސީއީއޯ މަރިޔަމް ޝަކީލާ އަދި ބިއޮންޑުގެ ސީއީއޯ ޓެރޯ ޓަސްކިލާ ހުޅުވައި ދެއްވުމުގެ ގޮތުން ރެބަން ފަށް ކަނޑާލަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބިއޮންޑުގެ އޮފީސް ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު އާއި ސިމްޑީ ގްރޫޕުގެ ސީއީއޯ މަރިޔަމް ޝަކީލާ އަދި ބިއޮންޑުގެ ސީއީއޯ ޓެރޯ ޓަސްކިލާ ހުޅުވައި ދެއްވުމުގެ ގޮތުން ރެބަން ފަށް ކަނޑާލަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގެ ސިމްޑީ ގްރޫޕާއި ޔޫއޭއީގެ އަރަބެކްސް ގުޅިގެން އުފައްދާފައިވާ ފުރަތަމަ ލަގްޒަރީ އެއާލައިން، "ބިއޮންޑް"ގެ މާލޭ އޮފީސް މިއަދު ހުޅުވައިފި އެވެ.

ހ. ސަންރޭ، ތިން ވަނަ ފަންގިފިލާގައި ހުންނަ ބިއޮންޑުގެ އޮފީސް ހުޅުވައި ދެއްވީ ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު އާއި ސިމްޑީ ގްރޫޕުގެ ސީއީއޯ މަރިޔަމް ޝަކީލާ އަދި ބިއޮންޑުގެ ސީއީއޯ ޓެރޯ ޓަސްކިލާ އެވެ.

އެ ރަސްމިއްޔާތުގައި ޒުހައިރު ވިދާޅުވީ ބިއޮންޑަކީ ފަހުރިވެރިވާ ފަދަ އިންވެސްޓްމެންޓެއް ކަމަށާއި ވަރަށް އަވަހާ ބިއޮންޑުގެ އުދުހުންތައް ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އާ އެއާލައިނެއްގެ އެންމެ މުހިންމު މަސައްކަތަކީ އަދި އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވާނީ އެއާލައިންގެ އޮޕަރޭޝަން ރަނގަޅަށް އޮމާންކޮށް ކުރިއަށް ގެންގޮސް ދެމެހެއްޓުން ކަމަށް އޭނާ ވިދާޅުވި އެވެ.

އާ އިންވެސްޓުމެންޓުތަކަށް މަރުހަބާ ކިޔާ ކަމަށާއި ވައިގެދަތުރުފަތުރުގެ ވިޔަފާރި ތަރައްގީކޮށް، ރާއްޖޭގެ އެތެރޭގެ އުދުހުންތަކާއި ރާއްޖެ އަށް އަންނަ ފްލައިޓުތައް އިތުރު ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށް ޒުހައިރު ވިދާޅުވި އެވެ.

ބިއޮންޑުގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަކީލާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ބިއޮންޑުގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަކީލާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ބިއޮންޑުގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަކީލާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސިމްޑީ ގްރޫޕުގެ ސީއީއޯ، އަދި ކުރީގެ މިނިސްޓަރު މަރިޔަމް ޝަކީލާ ވިދާޅުވީ އެ ކުންފުންޏަކީ ޓޫރިޒަމް ދާއިރާއާ ވަރަށް ގާތް ގުޅުމެއް އޮތް ކުންފުންޏެއް ކަމަށާއި އަދި ސިމްޑީގެ ވެރިޔާ އިބްރާހިމް މުހައްމަދު ދީދީ އަކީ ބިއޮންޑު ގެނައުމުގައި އެންމެ ބޮޑު ހިއްސާ އޮތް ފަރާތް ކަމަށެވެ. މިފަދަ ލަގްޒަރީ އެއާލައިނެއް ރާއްޖެއަށް ތައާރަފު ކުރެވުމަކީ ދިވެއްސެއްގެ ހައިިސިއްޔަތުން ފަހުރުވެރިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބިއޮންޑު ކާމިޔާބާ ހަމައަށް ދެވުމުން ރާއްޖޭގެ އިގުތިސޯދަށް ބޮޑު ބަދަލުތަކެއް އަންނާނެ. ކުރިއެރުން ފެންނާނެ. ޓޫރިޒަމަށް ވެސް އެހާމަ ބޮޑު ކުރިއެރުން އަންނާނެ،" އޭނާ ވިދާޅުވި އެވެ.

މި ޕްރޮޖެކްޓު ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނީ މިނިސްޓްރީތަކާއި ގުޅުން ހުރި އެހެން އޮފީސްތަކުގެ އެއްބާރުލުމުގެ ސަބަބުން ކަމަށް ޝަކީލާ ފާހަގަ ކުރެއްވެވި އެވެ.

ބިއޮންޑުގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބިއޮންޑާއި ސިމްޑީގެ ިއިސްވެރިން އަދި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ އިސް ވެރިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ބިއޮންޑުގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބިއޮންޑާއި ސިމްޑީގެ ިއިސްވެރިން އަދި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ އިސް ވެރިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ބިއޮންޑުގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބިއޮންޑާއި ސިމްޑީގެ ިއިސްވެރިން އަދި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ އިސް ވެރިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ބިއޮންޑް އެއާލައިނަކީ ލަގްޒަރީ ޓޫރިޒަމް މާކެޓަށް އަމާޒުކޮށްގެން، އެންމެ މަތީ ފަންތީގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ މަގުސަދުގައި ފަށާފައިވާ މަސައްކަތެކެވެ. އަރަބެކްސްކަކީ އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން އުފައްދާފައިވާ އިންވެސްޓްމަންޓް ކުންފުންޏެކެވެ.

ބިއޮންޑުގެ ދަތުރުތައް މިއަހަރުގެ ތެރޭގައި ޗައިނާ، ޔޫއޭއީ، ސައުދީ އަރަބިއާ، ޔޫރަޕް ފަދަ މަންޒިލްތަކަށް ފަށާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox